Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިޒާމްބެ ޓީސީއާ ހަވާލުވުން

ނިޒާމްބެ އަލުން އަނބުރާ ޓީސީއަށް

ނިޒާމްބެ ޓީސީއާ ހަވާލުވީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2021 | ހުކުރު 16:58
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމާ ހަވާލުވި މުޙައްމަދު ނިޒާމް (ނިޒާމްބެ)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމާ ހަވާލުވި މުޙައްމަދު ނިޒާމް (ނިޒާމްބެ)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމާ އެ ޓީމުގެ ކުރީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވެއްޖެއެވެ.

ޓީސީގެ ކޯޗުގެ މަގާމާ ނިޒާމްބެ ހަވާލުވީ އެ ޓީމުގެ ކޯޗުގެ މަގާމުން މިދިޔަ ބުދަ ދުވަހު މުޙައްމަދު ޝާޒްލީ (ޝާޒް) އިސްތިއުފާދިނުމާ ގުޅިގެންނެވެ. ޓީސީގެ ކޯޗުގެ މަގާމުން ޝާޒްލީ އިސްތިއުފާދިންއިރު، އޭނާ ޓީސީގެ ކޯޗުގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި މި ސީޒަނުގައި ޒުވާން ސްކޮޑަކާއެކު ލީގާ ކުރިމަތިލި ޓީސީން ވަނީ ޝާޒްލީގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާފައެވެ.

އެކަމަކު ކުއްލި ގޮތަކަށް ޝާޒްލީ އިސްތިއުފާދިނިމުން، ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ހުކުރު ދުވަހު ނިޒާމްބެ ޓީސީއާ ހަވާލުވެފައިވާ ކަމަށް އެ ކުލަބުން ވަނީ މައުލޫމާތުދީފައެވެ.

ނިޒާމްބެ އަލުން އަނބުރާ ޓީސީއާ ގުޅުނުއިރު، މީގެ ކުރިން ދެވަނަ ޑިވިޝަނުގައި އޮތް ޓީސީ، 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނީވެސް ނިޒާމްބެއެވެ. އެއަށްފަހު ވިދިވިދިގެން ތިން އަހަރު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ނިޒާމްބެ އާއެކު ޓީސީން ހޯދިއިރު، 2018 ވަނަ އަހަރު އެ ޓީމުން ވަނީ މުޅިން އަލަށް ނިޒާމްބެ އާއެކު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

އަދި މީގެ ކުރިން ދެ ފަހަރަކު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވާ ނިޒާމްބެ އާއެކު ޓީސީން ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ގޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ. އަދި ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީން ދެ ފަހަރަކު އެފްއޭ ކަޕުގެ ދެވަނަ ހޯދިއިރު، ޕްރެޒިޑެންޓްސް ކަޕުގެ ދެވަނަ އެއް ފަހަރު ވަނީ ހޯދާފައެވެ.

ނިޒާމްބެ ޓީސީއާ ހަވާލުވިއިރު، އޭނާ އެންމެ ފަހުން އިރުޝާދުދީފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ނިޒާމްބެ ވަނީ ކުއްލި ގޮތަކަށް އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފައެވެ.

އެއަށްފަހު އަލުން އަނބުރާ ނިޒާމްބެ ޓީސީއާ ގުޅުނުއިރު، އެ ޓީމު އޮތީ ދިވެހި ޕްރިމިއާ ލީގުގެ ފަސްވަނައިގައި ކުޅުނު އަށް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ނިޒާމްބެ އާއެކު ޓީސީން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު ނުކުންނާނީ ކުލަބު ވެލެންސިއާއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު