Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހޯރަ

ހޯރަ – ކަނޑުމަތީގައި ނުތެމި އުޅެންޖެހޭ އާދަޔާ ޚިލާފު ދޫންޏެއް

ފާއިތުވި 10 އަހަރުގެ ތެރޭގައި އެންމެ ގިނައިން ރާއްޖެއަށް ހޯރަ އެރީ މި އަހަރު

އައިޝަތު ފަރާ އަލީ
އައިޝަތު ފަރާ އަލީ | 29 ޖެނުއަރީ 2021 | ހުކުރު 08:56
އައްޑޫކަނޑުގައި ހޯރައެއް ފުޅަނގި ޝިކާރަ ކުރަނީ

އައްޑޫކަނޑުގައި ހޯރައެއް ފުޅަނގި ޝިކާރަ ކުރަނީ

މިދުވަސްވަރަކީ ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ގިނަ އަދަދަކަށް ހޯރަ ފެންނަ ދުވަސްވަރެކެވެ. ހުޅަނގު މޫސުން ނިމެން އުޅެނިކޮށް، ފުވައްމުލައް އަދި އައްޑޫ މަތިން ހޯރަ އުދުހޭތަން ފެނިގެން ދިއުންވީ، ދޫންޏަށް ޝައުގުވެރިވާ ފަރާތްތަކަށް އައި އީދަކަށެވެ. އަދި އަލަށް މިމަންޒަރު ފެނުނު މިހާރުގެ ކުދިންނަށް، މިކަންވީ ރާއްޖޭގެ ދިރުންތަކާއި ވެށީގެ މުއްސަނދިކަމާއި އަދި މޫސުމީ ދިރުންތަކާއި ގުޅޭ މުހިންމު އިލްމީ ފިލާވަޅަކަށެވެ.

މިއީ މިފާއިތުވެދިޔަ 10 އަހަރުތެރޭގައި އެންމެ ގިނަ އަދަދަކަށް ހޯރަ އެރި އަހަރުކަމަށް ދެކުނުގެ ރަށްތަކުން މައުލޫމާތު ލިބިފައިވެއެވެ. ދެ މޫސުން ބެދުނު ހިސާބުގައި، މި ޖަނަވަރީ މަހުގެ މެދަކާ ޖެހެންދެން ހޯރައިގެ އުދުހުންތަކުން އެތައް ބަޔަކު ފޫހިފިލުވައިދިނެވެ.

ހޯރައިގެ ޝައުގު ގުޅިފައިވަނީ އެސޮރުމެންގެ މައިގަނޑު ކާނާ ކަމުގައިވާ ފުޅަންގަށެވެ. މިގޮތުން ފުވައްމުލައް އަދި އައްޑޫގެ ކަނޑުގެ ސަރަހައްދުގައި ފުޅަނގި (ހުޅައްމަސް) ތިޔާގިވާ ވަރަކަށް، ރަށްމަތިން އުދުހޭ ހޯރަ ގިނަވެއެވެ. ކަންނެލި އައިން އައިސް ފަހައިގަތުމުން، ފުޅަނގިތައް ފެނުން މައްޗަށް އުދުހި ގަންނަ ވަގުތު، ހުށިޔާރުކަމާއެކު ހޯރަތައް އައިސް ކޮއްޖަހާ ފުޅަނގި ދިރުވާލައެވެ. ހޯރައިގެ ގަދަފަދަ ތުންގަނޑުން ރެކެން ހަދައިގެން ގޮސް ފުޅަނގިތައް ގޮނޑުދޮށަށް ލަނގުވަނީވެސް މަދެއްކޮށް ނޫނެވެ. އޭރުން ހޯރައިގެ ކިބައިން ސަލާމަތްވެއެވެ. އެކަމަކު ފުޅަނގި އަރާ ދުވަސް ވަރަށް ފާރަލާ ގޮނޑުދޮށުގައި ބައިހަދައިފައި ތިބޭ އެކި އުމުރުގެ އިންސާނުންގެ އަތްދަށުވެ އެސޮރުމެންގެ ދުވަސް ދެއެވެ. މިއަހަރު، ފުވައްމުލަކު ގޮނޑުދޮށަށް ގިނަ އަދަދަކަށް ފުޅަނގި އެރުންވީ އެރަށުގެ ކުދިބޮޑު އެންމެންނަށް ބޮޑު އިވެންޓަކަށެވެ.

ހޯރަ އަކީ ދިވެހިންނަށް އާ ދޫންޏަކަށް ނުވާނެއެވެ. ހާއްސަކޮށް، މަސްވެރިންނާއި ދަތުރުވެރިންނަށް، މަސްއައިނަށް އަރާ ހޯރަ އަކީ އާންމު ދޫންޏެކެވެ. އަނެއް ކޮޅުން ކަނޑު މައްޗަށް ފަރިތަނޫން ދިވެހިންނަށް ވެސް ރަށްމަތިން، ފަރިކަމާއެކު ހޯރައަޅަމުންދާ ކަޅުކުލައިގެ މި ބިޔަ ދޫންޏަކީ ވަރަށް އަޅައިގަންނަ ޝައުގުވެރިކަން ދަމައިގަންނަ ދޫންޏެކެވެ.

ހޯރަ (ފްރިގޭޓް ބާރޑް) އާއި މާހޯރަ (ގްރޭޓަރ ފްރިގޭޓް ބަރޑް) އަކީ ކަނޑު މަތީ ދޫންޏެވެ. ކަނޑުމަތީ ދޫންޏަކީ އާއްމު ގޮތެއްގައި ކަނޑުން ކާނާ ހޯދައިގެން ކަނޑުމަތީގައި އެސޮރޮމެންގެ މުޅި ދުވަސް ހޭދަކުރާ ދޫންޏެވެ. ކަނޑުމަތީ ދޫންޏަކީ ތަބީއީގޮތުން ފެނުގައި އުޅެން ހޭނި، ފަރިތަވެފައިވާ ހަށިގަނޑު އުފެދުމުގައިވެސް ތެމުނަސް އެއްވެސް އަސަރެއް ނުކުރާނެ ގޮތައް ޚާއްސަ ސިފަތަކެއް ލިބިފައިވާ ދޫންޏެވެ. ފެންމަތީގައި ޖައްސާލައިގެން ތިބެގެންނާއި ފީނައިގެން ކާނާ ހޯދުމަކީ ކަނޑުމަތީ ދޫންޏަށް ލިބިފައިވާ އާދަޔާ ޚިލާފު ހުނަރެވެ.

ނަމަވެސް، ހޯރަ އަކީ މިއާއި ހިލާފް ދޫންޏެކެވެ. އެސޮރުމެންގެ ގައިގައި ހުންނަ ފަތަކީ ކަނޑުމަތީ އެހެން ދޫންޏާއި ހިލާފަށް "ވޯޓަރޕްރޫފް" އެއްޗެއްނޫނެވެ. ހޯރައެއް ފެނުގައި ޖެހުމާއެކު، އެސޮރުގެ ފަތްތައް ފޯވެއެވެ. ބަރުހެލިވެއެވެ. ނަތީޖާއެއްގެ ގޮތުން، ހޯރައެއް ތެމިއްޖެނަމަ، އުދުއްސައި ގަނެވޭނެ ގޮތެއް ނުވެ އެސޮރޮ ވަނީ މަރެވެ. އެހެންކަމުން ހޯރައަކީ ކަނޑުމަތީ ދޫނިތަކުގެ ތެރެއިން ފެނުގައި ނުޖެހި، ނުތެމި ކަނޑުމަތީގައި ދުވާލު ހަތަރުދަމު އުދުހި ކާނާ ހޯދައިގެން އެޅުންޖެހޭ ދޫންޏެކެވެ. އެހެންކަމުން ހޯރައިގެ މައިގަނޑު ކާނާއަކަށް ވެފައި އޮންނަނީވެސް ކަނޑު މަތިން ފުމެ އުދުހި އުޅޭ ޒާތުގެ މަހެވެ. ހޯރައަށް ލިބިފައިވާ ހުށިޔާރު ކަމާއެކު މިބާވަތުގެ މަހެއް ފެނުން މައްޗަށް ހިއްލާލުމާއެކު ހޯރައިގެ ޝިކާރައަކަށްވެ ނިމެއެވެ. ބައެއް ފަހަރު އެހެން ދޫނީގެ ތުންގަނޑުގައި އޮންނަ މަސް ޖަހައިގަނެގެންވެސް ކާނާ ހޯދަފާނެއެވެ.

މާކަނޑުގައި އުޅޭއިރު، ބައެއް ދުވަސްވަރު ކަނާ ހޯދުކަމީ ފަސޭހަކަމަކަށް ނުވާނެއެވެ. އުފެދުމުގައި، ނުކައި ގިނަދުވަހު ކަނޑުމަތީގައި އުޅުމުގެ ގާބިލްކަން ހޯރައަށް ލިބިފައިވެއެވެ. ހޯރައަކީ އެސޮރުގެ ބިޔަ ސައިޒަށް ބަލާއިރު ވަރަށް ލުއި ދޫންޏެކެވެ. ހޯރައެއްގެ ފިޔަގަނޑު ފަތުރާލުމުން ދެ މީޓަރުގެ ފުޅާމިންހުރެއެވެ. ނަމަވެސް ބަރުދަނުގައި ހުންނަނީ ކިލޯއެއްގެ މިންވަރެވެ. ހަށިގަނޑުގެ ލުއިކަމާ ފިޔަގަނޑުގެ ބޮޑު ކަމުގެ ސަބަބުން މާ ބޮޑު ހަރަކާތްތަކެއް ނުގެނެސް ހިކިފަސްތަނެއްގައި ނުޖައްސާ ދެ މަހެއްހާ ދުވަހު އުދުހިފައި މިދޫނި އުޅެއެވެ. ދޫނި ސޫފާސޫފި އުދުހެމުންދާއިރު ފިޔަނުޖަހައި ފިޔަ ދަމައިލައިގެން އޮވެ ފަރާތް ފަރާތަށް ދިއުމަށް ހޯރައެޅުން ދިވެހިން ކިޔަނީ ހޯރައިގެ އާދަޔާ ޚިލާފު އުދުހުން ސިފަ ކުރުމުގެ ގޮތުންނެވެ.

ހޯރަ އަރާ ރަށްރަށަށް ބަލާއިރު، ޅޮސްގަހަށް ޚާއްސަ ޝައުގެއް މިދޫނީގެ ކިބައިގައި ހުންނަކަން ފާހަގަވެއެވެ. ގިނަ އަދަދަކަށް ހޯރަ ނިދަން އަރާ ކަމަށް ފާހަގަވެފައިވާ ބ އަތޮޅު އޮޅުގިރި އާއި ގއ. ހިތާދޫ އަކީ ބިޔަ ޅޮސް ހުންނަކަން ފާހަގަވެފައިވާ ދެރަށެވެ.

ކާށިދޫ ކަނޑުގައި ވަޒަންވެރިވެގެން އުޅޭ ހޯރަ ނިދަންއަރަނީ ބ. އޮޅުގިރިއަށެވެ. އަދި ހުވަދޫ ކަނޑާއި އައްޑޫ ކަނޑުގައި އުޅޭ ހޯރަ ނިދަން އަރަނީ ގއ. ހިތާދޫއަށެވެ. އިރޮއޮއްސޭ ވަގުތު މި ދެރަށުގެ ރަށްމަތީގައި އުޑުމަތި ބައްދާފައި ހޯރަ ތިބޭ މަންޒަރަކީ ވަރަށްވެސް ހިތްގައިމު މަންޒަރަކެވެ.

ރާއްޖޭގައި ވަޒަންވެރިވެގެން އުޅުނަސް، ހޯރައަކީ އެއްވެސް އިރެއްގައި ރާއްޖޭގައި ވިހައި އާލާވާކަމަށް ރެކޯޑްކުރެވިފައިވާ ދޫންޏެއްނޫނެވެ. އެސޮރުމެންގެ އުމުރުން ބައެއް ރާއްޖޭގައި ހޭދަކުރުމަށް ފަހު، ބިސްއަޅަން ދަނީ އެހެން ގައުމުތަކަށެވެ. ހޯދުންތަކުން އެނގޭ ގޮތުގައި ވިހާ މޫސުމުގައި ހޯރަ އަޅަނީ އެންމެ ބިހެކެވެ. ބިސް އަޅަނީވެސް ދެ އަހަރުން އެއް އަހަރެވެ. ދަރި ބޮޑު ކުރުމުގައި އަންހެން ދޫންޏާއި ފިރިހެން ދޫނި ބައިވެރިވެ ހިއްސާވެއެވެ.

ބިސް އަޅާ މާހައުލާއި ކާނާ ހޯދުމަށް އުޅޭ މާހައުލު ތަފާތުކަން އެނެގެނީ 2002 ވަނަ އަހަރު، ކުރެވުނު ދިރާސާއަކުން، އެފްރިކާ ބައްރުން ހޯރަ އަދި މާ ހޯރަ، ކަނޑު ހުރަސްކޮށް ދިގު ރާސްތާ ދަތުރެއްކޮށް، ރާއްޖެ އައިކަން ހޯދިފައިވާތީއެވެ. އެފްރިކާ ބައްރާއި މަޑަގަސްކަރާއި ދެމެދު އޮންނަ މޮޒަމްބީކް ޗެނަލްގައި ވާ ޔޫރޮޕާ އައިލެންޑްގައި ބިސް އަޅައިގެން އުޅުނު ހޯރަތަކުގައި ސެޓްލައިޓް ޓްރާންސްމިޓަރ ހަރުކޮށްގެން، ދޮޅު މަސް ދުވަސް ވަންދެން، މިސޮރުމެންގެ ހަރަކާތްތައް ބެލިއިރު އެތަނުން ހޯރައެއް ވަނީ، އެއްވެސް ތަނެއްގައު ނުޖައްސާ، 13 ދުވަހުގެ ތެރޭގައި 5354 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށް، ގއ. ހިތާދޫ އަށް ދަތުރުކޮށްފައެވެ. ދިރާސާއިން އެނގުނު ގޮތުގައި ކޮންމެ ދުވަހަކުވެސް އެސަރަހައްދުގެ ކަނޑުތަކަށް ކާނާ ހޯދަން އުދުހި އުޅުމަށްފަހު އެނބުރި ކޮންމެ ރެއަކުވެސް ނިދަން އެރީ ހިތާދޫއަށެވެ.

ހޯރަ އަކީ އޭގެ އުޅުމާއި ގުޅުމުގައި އާދަޔާ ޚިލާފު އެތައް ސިފަތަކެއް ލިބިފައިވާ ރާއްޖޭގެ މާހައުލުގެ މުހިންމު ބައިވެރިއެކެވެ. އެހެން ކަމުން ހޯރަ އާއި މާހޯރަ ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު 4/93 ގެ ދަށުން ހިމާޔަތްކުރެވިފައެވެ. އެއާއެކު ރާއްޖޭގައި ވަޒަންވެރިވެގެން އުޅޭ ހޯރައިގެ އާބާދީ ދަމަހައްޓާ އާލާ ކުރުމުގެ ގޮތުން، އެސޮރުމެން ނިދަންއަރާ ބ. އޮޅުގިރި އާއި ގއ. ހިތާދޫ ވަނީ ތިމާވެށި ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2021

ޕާވރީ ހޯރަހީހޭ.. މީސްމީޑިއާގައި ޕާކިސްތާނާއި އިންޑިއާވެސް ގުޅުވާލައިފި

02 މާރިޗު 2021
ޕާވރީ ހޯރަހީހޭ.. މީސްމީޑިއާގައި ޕާކިސްތާނާއި އިންޑިއާވެސް ގުޅުވާލައިފި
29 އޯގަސްޓު 2020

ހޯރަފުށީ އެއަރޕޯޓް ރަންވޭގައި ތާރު އަޅަން ފަށައިފި، ރައްޔިތުން ފަރިވަޅު ކެއްކުމުގައި!

29 އޯގަސްޓު 2020
ހޯރަފުށީ އެއަރޕޯޓް ރަންވޭގައި ތާރު އަޅަން ފަށައިފި، ރައްޔިތުން ފަރިވަޅު ކެއްކުމުގައި!
30 މާރިޗު 2020

އިންޑިޔާ ފުލުހެއް ކޮރޯނާވައިރަސް ސިފަކޮށްދޭ އާދަޔާ ޚިލާފު ހެލްމެޓާއެކު

30 މާރިޗު 2020
އިންޑިޔާ ފުލުހެއް ކޮރޯނާވައިރަސް ސިފަކޮށްދޭ އާދަޔާ ޚިލާފު ހެލްމެޓާއެކު
05 ޑިސެމްބަރު 2018

ހޯރަ އިއްބެ ދޫކޮށްލުން: މައްސަލައަކަށް ވާންވީ ކީއްވެ؟

05 ޑިސެމްބަރު 2018
ހޯރަ އިއްބެ ދޫކޮށްލުން: މައްސަލައަކަށް ވާންވީ ކީއްވެ؟
08 ނޮވެމްބަރު 2018

ގޮނޑުދޮށުން ފެނުނު އާދަޔާ ހިލާފު "މޫދު އަލުވި"!

08 ނޮވެމްބަރު 2018
ގޮނޑުދޮށުން ފެނުނު އާދަޔާ ހިލާފު "މޫދު އަލުވި"!
24 އެޕްރީލު 2018

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

24 އެޕްރީލު 2018
ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
13 ޑިސެމްބަރު 2017

ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!

13 ޑިސެމްބަރު 2017
ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!
11 ނޮވެމްބަރު 2017

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު