Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަނޑުވެރިކަން ކުރިއެރުވުން

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ޚާއްސަ ގާނޫނެއް އޮންނަން ޖެހޭ: މިނިސްޓްރީ

ދަނޑުވެރިންނަށް ގާނޫނީ ބާރުވެރިކަން ދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2021 | ބުދަ 18:44
ފަޅޯ ދަނޑެއް، ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރާ ކަމަށް މިނިސްޓްރީން ބުނޭ

ފަޅޯ ދަނޑެއް، ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރާ ކަމަށް މިނިސްޓްރީން ބުނޭ

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ޚާއްސަ ގާނޫނެއް އޮންނަން ޖެހޭކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ދަނޑުވެރިކަން ކުރިއެރުވުމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޝަބާއު ވިދާޅުވީ ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރި ނަމަވެސް ރާއްޖޭގައި ދަނޑުވެރިކަމުގެ ގާނޫނެއް ނެތް ކަމަށެވެ. ޝަބާއު ވިދާޅުވީ މަސްވެރިކަމާއި އެއްގޮތަށް ދަނޑުވެރިކަމުގައިވެސް ގާނޫނެއް އޮންނަން ޖެހޭ ކަމަށާއި، ދަނޑުވެރިންނަށް ގާނޫނީ ބާރުވެރިކަން ދޭން ޖެހޭ ކަމަށެވެ. އަދި ގާނޫނުގެ ތެރެއިން ދަނޑުވެރިކަން ކުރިއެރުވަން ކުރެވޭނެ މަސައްކަތްތައް ފާހަގަކުރެވެން ޖެހޭކަމަށް ޝަބާއު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގާނޫނުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ޝަބާއު ވިދާޅުވީ މިނިސްޓްރީގެ ފަރާތުން އާއްމު ގާނޫނެއް ފަރުމާ ކުރެވި އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، ކުރިއަށް އޮތްތާނގައި ދަނޑުވެރިކަމުގެ ގާނޫނާއި ދަނޑުވެރިކަން ރެގިއުލޭޓް ކުރާނެ ކަމަށެވެ. އަދި މިހާރު ވެސް ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރާ އުސޫލުތަކަށް ޚާއްސަ ގައިޑްލައިންތައް އެކުލަވާލައި ރަށްރަށަށް ފޮނުވަމުންދާކަން ޝަބާއު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝަބާއު ވިދާޅުވީ ދަނޑުވެރިކަން ކުރިއަރައިގެން ދިޔަ ނަމަވެސް މަސްވެރިކަމާއި ޓޫރިޒަމް ފެޔަށް ޖެހިގެން ނުދާނެ ކަމަށާއި، ޚާއްސަ ސަމާލުކަމެއް ދަނޑުވެރިކަމަށް މިހާރު ދޭން ޖެހޭ ކަމަށެވެ.

އެގޮތުން ދަނޑުވެރިކަމަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ގިނަ އިންވެސްޓަރުން ހޯދަން ޖެހޭކަމަށް ޝަބާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ޓޫރިޒަމް ދާއިރާއަށް ބަރޯސާނުވެ އެހެނިހެން ރަނގަޅު މަރކެޓްތަކެއްވެސް ހޯދަން ޖެހޭ ކަމަށެވެ.

ދަނޑުވެރިކަމާއި ބެހޭ ޚާއްސަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ޝަބާއު ވިދާޅުވީ މިއަހަރު ފުރަތަމަ ތަމްރީން ޕްރޮގްރާމް ރ.އަތޮޅު ދުވާފަރުގައި ކުރިއަށްދާ ކަމަށެވެ. ޚާއްސަކޮށް ސްކޫލު ކުދިން މިސިނާއަތަށް ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު