Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތައް

ރާއްޖެއައި ފަތުރުވެރިންގެ 23.2 އިންސައްތަ ހިއްސާކުރަނީ ރަޝިއާއިން

ރަޝިއާއިން ރާއްޖެ އައިސްފައި ވަނީ 17,671 ފަތުރުވެރިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2021 | ބުދަ 17:06
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި

އަހަރުގެ މިހާތަނަށް ރާއްޖެއައިސްފައިވާ ފަތުރުވެރިންގެ 23.2 އިންސައްތަ ހިއްސާކުރަނީ ރަޝިއާގެ ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 26 ޖެނުއަރީގެ ނިޔަލަށް 17,671 ފަތުރުވެރިން ވަނީ ރަޝިއާއިން ރާއްޖެ އައިސްފައެވެ.

Advertisement - businessAdvertisement

މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރެއިން، އިންޑިއާއިން އައި 15,509 ފަތުރުވެރިން ހިއްސާކުރަނީ 20.4 އިންސައްތައެވެ. އަދި ޔޫކްރެއިން ރާއްޖެއައި 6,216 ފަތުރުވެރިން 8.2 އިންސައްތަ ހިއްސާކުރާއިރު، ކަޒަކިސްތާނުން އައި 3,730 ފަތުރުވެރިން ހިއްސާކުރަނީ 4.9 އިންސައްތައެވެ. ފްރާންސުން ރާއްޖެއައި 3,094 ފަތުރުވެރިން ހިއްސާ ކުރަނީ 4.1 އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރުމޭނިއާއިން ރާއްޖެއައި 2,890 ފަތުރުވެރިން ހިއްސާކުރަނީ 3.8 އިންސައްތައެވެ. ޖަރުމަނުން 3.6 އިންސައްތަ ހިއްސާކުރާއިރު، އެގައުމުން ރާއްޖެ އައިސްފައި ވަނީ 2,722 ފަތުރުވެރިންނެވެ. އިނގިރޭސިވިލާތުން އައި 2,242 ފަތުރުވެރިން 2.9 އިންސައްތަ ހިއްސާކުރާއިރު، އެމެރިކާއިން އައި 1,629 ފަތުރުވެރިން ހިއްސާކުރަނީ 2.1 އިންސައްތައެވެ. އަދި ޔޫކްރެއިނުން 1.9 އިންސައްތަ ހިއްސާކުރާއިރު، އެގައުމުން ރާއްޖެ އައިސްފައި ވަނީ 1,475 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައި ވީނަަމަވެސް އަހަރުގެ ފުރަތަމަ 26 ދުވަހު ރާއްޖެއަށް 76,057 ފަތުރުވެރިން ވަނީ އައިސްފައެވެ. ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖުކޮށް 2,925 ގައި އުޅޭއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ އެވްރެޖުކޮށް 9.3 ދުވަހެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަަނަ ދުވަހުން 26 ވަނަ ދުވަހަށް 150,385 ފަތުރުވެރިން ވަނީ ރާއްޖެއައިސްފައެވެ. މިއީ މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ 76،057 ފަތުުރުވެރިންނާއި އަޅާބަލާއިރު، 49.5 އިންސައްތަ އިތުރު އަދަދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭއަށް މިދިޔަ މަހު އިމްޕޯޓު ކުރެވުނު މުދަލުގެ އަގު ވަނީ 16 އިންސައްތަ އިތުރުވެފައި!

ރާއްޖޭއަށް މިދިޔަ މަހު އިމްޕޯޓު ކުރެވުނު މުދަލުގެ އަގު ވަނީ 16 އިންސައްތަ އިތުރުވެފައި!

21 މެއި 2018
އަމާނާތަކާފުލް އިން ހިއްސާގެ ފައިދާގެ ގޮތުގައި 10 އިންސައްތަ ބެހުމަށް ނިންމައިފި

އަމާނާތަކާފުލް އިން ހިއްސާގެ ފައިދާގެ ގޮތުގައި 10 އިންސައްތަ ބެހުމަށް ނިންމައިފި

07 މެއި 2018
ފާއިތުވި ހަފްތާގައި ދަނޑުވެރިކަމުގެ ބާވަތްތަކުގެ 71 އިންސައްތަ މާލެ ގެނެސްފައި ވަނީ އއ. އަތޮޅާއި ކ. އަތޮޅުން

ފާއިތުވި ހަފްތާގައި ދަނޑުވެރިކަމުގެ ބާވަތްތަކުގެ 71 އިންސައްތަ މާލެ ގެނެސްފައި ވަނީ އއ. އަތޮޅާއި ކ. އަތޮޅުން

24 އެޕްރީލު 2018
ޓްރެވަލް އެޑްވައިޒަރީތަކާ އެކު ފަތުރުވެރިންގެ މިސްރާބު އެހެން މަންޒިލްތަކަށް

ޓްރެވަލް އެޑްވައިޒަރީތަކާ އެކު ފަތުރުވެރިންގެ މިސްރާބު އެހެން މަންޒިލްތަކަށް

14 ފެބުރުއަރީ 2018
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

25 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު