Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުނިޔޭގެ ކޮވިޑް-19 ގެ ހާލަތު

މުޅި ދުނިޔެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 މިލިއަނަށްވުރެ މައްޗަށް

25 ޖެނުއަރީ 2021 | ހޯމަ 22:03

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 100,149,216 އަށް އަރާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 25 ޖެނުއަރީ 2021 | ހޯމަ 22:03
ބޮޑެތި ގިނަ ގައުމުތަކަކުން ވަނީ މިހާރު ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައި

ބޮޑެތި ގިނަ ގައުމުތަކަކުން ވަނީ މިހާރު ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައި

މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ވޯލްޑޮމީޓަރސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 100,149,216 (ސަތޭކަ މިލިއަން އެއް ލައްކަ ސާޅީސް ނުވަ ހާސް ދުވިސައްތަ ސޯޅަ) އަށް އަރާފައެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 72,093,245 (ހަތްދިހަ ދެ މިލިއަން ނުވަދިހަ ތިން ހާސް ދުވިސައްތަ ސާޅީސް ފަސް) މީހުން ބަލިން ރަނގަޅުވެފައިވާ އިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 25,907,906 (ފަންސަވީސް މިލިއަން ނުވަ ލައްކަ ހަތް ހާސް ނުވަ ސަތޭކަ ހަ) މީހުންނެވެ.

މިހާތަނަށް 2,146,191 (ދެ މިލިއަން އެއް ލައްކަ ސާޅީސް ހަ ހާސް ސަތޭކަ ނުވަދިހަ އެއް) މީހުން ވަނީ ކޮވިޑް-19 އަށް ފަރުވާހޯދަމުންދަނިކޮށް މަރުވެފައެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާއިން ޕޮޒިޓިވްވެފައިވާ އިރު، އެގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 25,797,583 އަރާފައެވެ. އަދި އިންޑިއާއިން 10,677,710 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ބްރެޒިލް އިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 8,850,135 މީހުންނެވެ.

މީގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރިފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ރަޝިއާއިންނެވެ. އެގައުމުން 3,738,690 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ފްރާންސްއިން 3,057,857 މީހުން ޕޮޒިޓިވްވެފައިވާ އިރު، އިނގިރޭސިވިލާތުން ޕޮޒިޓިވްވެފައި ވަނީ 3,669,658 މީހުންނެވެ.

އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑް-19 އަށް 10 ގައުމުގެތެރޭގައި ތުރުކީ، އިޓަލީ، ސްޕެއިން އަދި އާޖެންޓީނާ ވެސް ހިމެނެއެވެ. މި ގައުމުތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިލިއަނަކަށްވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް-19 އާއި އެކު 2021 ވަނަ އަހަރު ފަށާފައިވާއިރު، ގިނަ ގައުމުތަކަކުން ދަނީ މިހާރު ވެކްސިން ޖެހުމުގެ ކަންތައްކުރަމުންނެވެ. ގިނަ އަދަދެއްގެ ކުންފުނިތަކަކުން ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާއިރު، ވެކްސިންގެ ރޭހުގައި އެންމެ ކުރީގައި އުޅޭ ވެކްސިންތަކަކީ އެމެރިކާގެ ފައިޒަރ އަދި ޖަރުމަނުގެ ބައޯއެންޓެކް ގެ ކޮވިޑް-19 ވެކްސިނާއި އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޑް-19 ވެކްސިނެވެ.

މީގެ އިތުރުން ޗައިނާގެ ސިނޮފަރމް، ރަޝިއާގެ ގަލަމެޔާ އިންސްޓިޓިއުޓް އަދި އެމެރިކާގެ މޮޑާނާ ކުންފުނިން އުފައްދާ ވެކްސިންތަކަކީވެސް ފާހަގަކޮށްލެވޭ ވެކްސިންތަކެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
24 މެއި 2017

މުޅިގައުމުގައި މާޝަލް ލޯ ތަންފީޒުކުރުމަށް ޑުޓާޓޭ ބައްލަވަނީ

24 މެއި 2017
މުޅިގައުމުގައި މާޝަލް ލޯ ތަންފީޒުކުރުމަށް ޑުޓާޓޭ ބައްލަވަނީ
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް