Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަޒީރާ ސައްލާގެ ފުރަތަމަ މަޝްވަރާ

ޖަޒީރާ ސައްލާ- ކޮވިޑާ ގުޅޭ ވާހަކަތައް އެހުމުގެ ފުރުސަތު ހުޅުވާލައިފި

މިއީ ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ހުޅުވާލާ ފުރުޞަތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖެނުއަރީ 2021 | ހޯމަ 14:08
ޖަޒީރާ ސައްލާގެ ފުރަތަމަ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒްގެ އިތުރުން އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީޤް

ޖަޒީރާ ސައްލާގެ ފުރަތަމަ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒްގެ އިތުރުން އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީޤް

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް "ޖަޒީރާ ސައްލާ" ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ މައުޟޫއަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޙަރަކާތަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކަށް ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް އަދި ޝުޢޫރުތައް ޙިއްޞާކުރުމަށް ފުރުޞަތުދިނުމުގެ ގޮތުން ބާއްވާ ޙަރަކާތެކެވެ. އެގޮތުން މި ޙަރަކާތާބެހޭ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ހޯމަ ދުވަހު ސަރުކާރުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ، ޖަޒީރާ ސައްލާގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިފަހަރުގެ މައުޟޫއަކީ "ކޮވިޑް އިޖާބައާ ގުޅޭ މަޝްވަރާތައް" ކަމަށްވެސް ސަރުކާރުން ހާމަ ކޮށްފައިވެއެވެ.

މި މަޢުޟޫއާއި ގުޅޭގޮތުން ކުރަން ބޭނުންވާ ސުވާލެއް އޮތްނަމަ، 27 ޖެނުވަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިން ސުވާލު ކުރުމަށް ވަނީ އެދިފައެވެ. ޓްވިޓަރ މެދުވެރިކޮށް ސުވާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެކަމަށް ޚާއްސަ ހޭޝްޓެގް (JazeeraSalla#) ބޭނުން ކުރުމަށްވެސް ވަނީ އެދިފައެވެ.

މި މައުޟޫއަށް ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު އަޒީޒްގެ އިތުރުން، ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހުވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ތަފާތު އެކި ފަހަރު މަތިން ރައްޔިތުންނާ ބައްދަލުކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްވެރިކަމަށް ވަޑައިގެން ވަނީ "ޖަޒީރާ ހޮޅުއަށި" ނަމުގައި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި މަޝްވަރާ ފޯރަމުތައް ބާއްވަން ފަށްޓަވާފައެވެ. މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން އެކި މުއައްސަސާތައް ޒިންމާދާރުކުރުވުމަށްޓަކައި މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން މުޖުތަމަޢުގައި ޒުވާނުންނަށް ކުރިމަތިވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް "ޒުވާނުންގެ ހޮޅުއަށީ"ގެ ނަމުގައިވެސް ޚާއްޞަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. ކޮވިޑް-19ގެ ސަބަބުން ބައްދަލުވުންތައް ބޭއްވުން ހުއްޓުމަކަށް އައުމުން މި ސިލްސިލާ މެދުކެނޑިފައިވާއިރު، އައު ނަމެއްގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް "ޖަޒީރާ ސައްލާ" ބާއްވަން ނިންމުމުން މިކަމަށް ތަޢުރީފްކޮށް ސޯޝަލް މީޑިއާގައި ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު