Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރު

ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލަ: މިހާރު އަދުހަމް ބޭނުވަނީ އިޢުތިރާފުގެ އެއްބަސްވުމާއެކު ކުރިއަށްދާން

އަދުހަމް ވަނީ ކުށަށް އިޢުތިރާފްވުމުން ލިބޭ އަދަބު ލުއިވާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2021 | ހޯމަ 08:13
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަދުހަމުގެ އަޑުއެހުމުގެ ތެރެއިން: އަދުހަމްގެ ގާނޫނީ ވަކީލު ވާހަކަ ދައްކަވަނީ

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަދުހަމުގެ އަޑުއެހުމުގެ ތެރެއިން: އަދުހަމްގެ ގާނޫނީ ވަކީލު ވާހަކަ ދައްކަވަނީ

ޓެކްސީ ޑްރައިވަރު، ޤާސިމް ހަސަން (59އ) މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21އ), މިހާރު ބޭނުންވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއެކު ވެފައިވާ ކުށަށް އިޢުތިރާފުވުމުގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން ކަމަށް އޭނާ ބުނެފިއެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމްގެ ފަރާތުން ވަކާލާތު ކުރެއްވި ގާނޫނީ ވަކީލު ވިދާޅުވީ، އަދުހަމް ބޭނުންވަނީ، ޕީޖީއާއެކު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމާއެކު ކުރިއަށް ގޮސް، އަދަބު ލުއިވާނެ ގޮތަކަށްކަމަށާއި، އަދި އެ އެއްބަސްވުމަށް އަދުހަމް އިންކާރުކުރި އަޑުއެހުމުގައި އޭނާ ދެއްކި ވާހަކަތަކާ ގުޅުންހުރި ވާހަކަތަކެއް ދައްކަން މި އަޑުއެހުމުގައި އަދުހަމް ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

އިބްތިދާޢީ ފުރަތަމަ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވުމަށްފަހު، ދެވަނަ އަޑުއެހުމުގައި އަދުހަމް ވަނީ ކުށަށް އިންކާރުކޮށްފައެވެ. އަދި ކުށަށް އިޢުތިރާފުވީ، ފުލުހުން އޭނާއަށް މަޖުބޫރުކުރުމުން ކަމަށް ވެސް އަދުހަމް ކުރިން ބުނެފައިވެއެވެ.

ގާޒީ ވިދާޅުވީ، ކުށަށް އިޢުތިރާފުވުމަށްފަހު، އަދުހަމް ވަނީ އެ އިޢުތިރާފު އަނބުރާ ގެއްގޮސްފައި ކަމަށާއި، އެހެންކަމުން އެކަމާ ގުޅޭ ގޮތުން ދެން އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެވެންނެތް ކަމަށެވެ. އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ ގާނޫނީ ވަކީލަށް އެއްޗެއް ވިދާޅުވާން ފުރުސަތު ދެއްވުމުން، ވަކީލު ވިދާޅުވީ، ދައުލަތުން ބޭނުންވަނީ، އަދުހަމާއެކު ކުރިންވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ބާޠިލްކޮށް، ޝަރީޢަތުން ގޮތެއް ނިންމުމަށް ކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ، ޕީޖީއާއެކު އަދުހަމް ކުރިންވެފައިވާ އިޢުތިރާފުގެ އެއްބަސްވުން، އިޢުތިރާފު އަނބުރާ ގެންގޮސްފައިވާތީ، އެ އެއްބަސްވުމެއް މިހާރު ނެތްކަމަށެވެ. އަދި މި މައްސަލައަކީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއްކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. އަދި ދެ ފަރާތަށް ވެސް ހެކި ހުށަހެޅުމާއި ޝަރީޢަތުގެ ކުރިން ހުށަހަޅަންބޭނުންވާ ތަކެތި ހުށަހެޅުމުގެ ފުރުސަތު ގާޒީ ވަނީ ދެއްވާފައެވެ.

ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވުމުން ދައުލަތުން ވަނީ ހަދުހަމްގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅާފަ އެވެ. ނަމަވެސް އަދުހަމްގެ ފަރާތުން ދިފާޢުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ، ޝަރީޢަތުގެ ކުރިން ހުށަހަޅަން ބޭނުންވާ އެއްޗެއް އޮތްނަމަ، އަންނަ ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ކުރިން ކޯޓަށް ހުށަހެޅުއްވުމަށާއި ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ރައްދެއް އޮތްނަމަ، ފެބްރުއަރީ 18 ވަނަ ދުވަހުގެ ކުރިން ކޯޓަށް ހުށަހެޅުއްވުމަށް ދެފަރާތަށް ވެސް ފުރުސަތު ދެއްވާކަމަށެވެ.

ގާޒީ ވިދާޅުވީ، ދެން މި މައްސަލާގައި ކުރިއަށްދާނީ، ޝަރީޢަތުގެ އަޑުއެހުންތައް ކަމަށާއި، ދެން އަޑުއެހުމެއް ބޭއްވޭނީ، ފެބްރުއަރީ 18 ވަނަ ދުވަހުގެ ފަހުން ކަމަށެވެ.

މިދިއަ ހަފުތާގެ ބުރާސްފަތި މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު، އެ އަޑުއެހުމުގައި އަދުހަމް ވަނީ އޭނާގެ ފަރާތުން ބަޔާނެއް ދޭން ބޭނުންވާކަމަށް ބުނެފައެވެ. އެހެންކަމުން ގާޒީ ވަނީ އެދުވަހުގެ އަޑުއެހުމުގައި ހޯމަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވޭނެކަން އިޢުލާން ކުރައްވާފައެވެ.

ޤާސިމްގެ މަރުގެ މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އިބްތިދާޢީ އަޑުއެހުމުގައި އަދުހަމް ވަނީ ޤާސިމް މަރާލިކަމަށް އެއްބަސްވެ، ކުށަށް އިޢުތިރާފުވެފައެވެ. އެހެންނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވި އަވަސް ނިޔާގެ ޝަރީޢަތުގެ އަޑުއެހުގައި އަދުހަމް ވަނީ، ކުރިން ވެފައިވާ އިޢުތިރާފު އަނބުރާ ގެންގޮސް، ދަޢުވާއަށް އިންކާރު ކޮށްފައެވެ.

އެހެންކަމުން އަވަސް ނިޔާގެ ޝަރީޢަތުގެ މަރުހަލާ އެހިސާބުން އެވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޖިނާޢީ އެހެން މައްސަލަތައް ވެސް ކުރިއަށްދާގޮތަށް އިބްތިދާޢީ އަޑުއެހުންތަކަށްފަހު، ޝަރީޢަތުގެ އަޑު އަޑުއެހުންތަކެވެ.

ޤާސިމް މަރާލާފައި މަގުމަތީ އޮއްވައި ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ފުލުހުން ބުނެފައިވާގޮތުން، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި، ފޭރުމާއި، މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ. އެގޮތުން ޤާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމުގެ ގޮތުން ފޭރުމަށް މަސައްކަތްކުރިކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު