Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ރުފިޔާއަށް ޚާއްޞަ ނިޝާން

ދިވެހި ރުފިޔާއަށް ޚާއްޞަ ނިޝާނެއް ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލައިފި

އެންމެ މޮޅު ހުށަހެޅުމަކަށް 20000ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 25 ޖެނުއަރީ 2021 | ހޯމަ 04:02
ދިވެހި ރުފިޔާގެ ނޫޓުތަކެއް

ދިވެހި ރުފިޔާގެ ނޫޓުތަކެއް

ދިވެހި ރުފިޔާއަށް ޚާއްސަޞަ ނިޝާނެއް ފަރުމާކުރުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތީރިޓީ، އެމް.އެމް.އޭ.އިން ހުޅުވާލައިފިއެވެ.

އެމް.އެމް.އޭ.އިން ކުރި ޓުވީޓެއްގައި ވަނީ ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައެވެ. އެމް.އެމް.އޭ.އިން ވަނީ ގިނަ ގައުމުތަކުގައި އެ ގައުމެއްގެ ފައިސާއަށް ޚާއްޞަކޮށްގެން ނިޝާނެއް ބޭނުންކުރާކަން ފާހަގަކޮށްފައެވެ. މި ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެއްކަމުގައިވާއިރު، ދިވެހިރާއްޖޭގައި ވެސް މި ފަދަ ނިޝާނެއް ހެދުމަށް އެމް.އެމް.އޭ.އިން ނިންމާފައިވާތީ، މި ނިޝާން ފަރުމާކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލާފައިވާކަން ވަނީ ހާމަކޮށްފައެވެ. އެމް.އެމް.އޭ.އިން ވިދާޅުވީ މިމުބާރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20000ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

Advertisement - newsAdvertisement

އެމް.އެމް.އޭ.އިން ވަނީ ޑިޒައިން ހުށަހެޅުމުގައި ގެންގުޅެން ޖެހޭ އުޞޫލުތައް ވެސް ތަފްސީލުކޮށްދީފައެވެ. އެގޮތުން ޑިޒައިން ހުށަހަޅަންވާނީ A4 ސައިޒް ކަރުދާހެއްގައި ކަޅާއި ހުދުލުކުލައިންކަމަށް ވަނީ ބުނެފައެވެ. ޑިޒައިންއާއި އެ ޑިޒައިނުން ދިވެހި ރުފިޔާ ރަމްޒުކޮށްދީފައިވާ ގޮތުގެ ކޮންސެޕްޓް ވެސް ހުށަހަޅަންވާނެއެވެ. ހުށަހަޅާ ޑިޒައިންތަކުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭންވާނެކަމަށް އެމް.އެމް.އޭ.އިން ވަނީ ބުނެފައެވެ. ފަރުމާކުރާ ނިޝާނަކީ ކަނާތުން ވައަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށް ވާންޖެހެއެވެ. ލިޔުމުގައި ނިޝާން ޖަހާނީ ހިސާބު އަދަދުގެ ކުރީގައެވެ. ހުށަހަޅާ ޑިޒައިނަކީ ޑިޒައިން ހުށަހަޅާ ފަރާތުގެ އަމިއްލަ މަސައްކަތަކަށް ވާންވާނެއެވެ. އަދި ހުށަހަޅާ ޑިޒައިނަކީ ނުވަތަ އޭގެން އެއްވެސް ބަޔަކީ އެހެން ފަރާތެއްގެ މަސައްކަތަކުން ހުއްދަ ނުހޯދާ ނަކަލުކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެކަމަށް އެމް.އެމް.އޭ.އިން ވަނީ އަންގާފައެވެ.

މި މަސައްކަތް ކުރުމަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލެވެ. އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ގުޅިގެން އެއް ޕްރޮޕޯސަލެއް ހުށަހެޅިދާނެކަމަށް ވެސް އެމް.އެމް.އޭ.އިން ވަނީ ބުނެފައެވެ. މި ޕްރޮޕޯސަލް އެމް.އެމް.އޭ.ގެ ރިސެޕްޝަނަށް ނުވަތަ މެއިލްގެ ޒަރީޢާއިން ފޮނުވުމަށް އެމް.އެމް.އޭ.އިން ވަނީ އެދިފައެވެ. ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ފެބްރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 1400ކަމަށް އެމް.އެމް.އޭ.އިން ބުނެއެވެ.

ޕްރޮޕޯސަލްތައް އިންސާފުކުރުމުގައި ފަނޑިޔާރުން ބަލާނެ ބައެއް ކަންތައްތަކުގެތެރޭގައި ފަރުމާކޮށްފައިވާ ޑިޒައިނުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭ މިންވަރާއި، ތަފާތު ފޮންޓްތަކާއި ފޮންޓް ސްޓައިލްތަކާ އެކު ނިޝާން ބޭނުންކުރުމަށް އެކަށީގެންވާ މިންވަރާއި ނަންބަރުތަކާއި ލިޔުމުގައި ބޭނުންކުރާ އެހެނިހެން ކެރެކްޓަރތަކާ އެކު ބޭނުންކުރުމަށް އެކަށީގެންވާ މިންވަރުގެ އިތުރުން އެހެން ޤައުމުތަކުގެ ފައިސާގެ ނިޝާންތަކުގައި ބޭނުންކޮށްފައިވާ ހަމަތަކަށް ފެތޭ މިންވަރު ހިމެނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު