Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިިމާވެއްޓަށް ގެއްލުންވާ ޖަރީމާތައް

ތިިމާވެއްޓަށް ގެއްލުންވާގޮތަށް ޖަރީމާތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ޖަމުޢިއްޔާތަކުން ގޮވާލައިފި

25 ޖެނުއަރީ 2021 | ހޯމަ 03:39

ޖަރީމާތަކަށް އަރައިގަންނަ ފަރާތްތައް ޒިންމާދާރުނުކުރެވޭކަން ވަނީ ފާހަގަކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 25 ޖެނުއަރީ 2021 | ހޯމަ 03:39
މައްސަލަ ކުށްވެރިކޮށް ނޫސްބަޔާން ނެރުނު ޖަމުޢިއްޔާތައް

މައްސަލަ ކުށްވެރިކޮށް ނޫސްބަޔާން ނެރުނު ޖަމުޢިއްޔާތައް

ތިިމާވެއްޓަށް ގެއްލުންވާގޮތަށް ޖަރީމާތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ޖަމުޢިއްޔާތަކުން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ 11 ޖަމުޢިއްޔާއަކުން ވަނީ ގުޅިފައިވާ ނޫސްބަޔާނެއް ނެރެފައެވެ.

މި ނޫސްބަޔާނުގައި ވަނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުގެ އެންމެ ބޮޑު ޝިކާރައަކަށްވެ، އެކަމުގެ ސަބަބުން އިޔާދަނުކުރެވިދާނޭ ފަދަ ބޮޑެތި އަސަރުތައް ތަޙައްމަލުކުރަންމުންދާ އަދި ކުރަންޖެހޭ ފަދަ ނާޒުކު ތިމާވެއްޓެއްލިބިފައިވާ ގައުމެއްކަން ފާހަގަކޮށްފައެވެ. ގައުމުގެ އެންމެ ބޮޑު ރައުސްމާލަކީ ގައުމުގެ ގުދުރަތީ ވަސީލަތްތައް ކަމުގައިވާއިރު، މި ވަސީލަތްތަކަށް އެކިއެކި ގޮތްގޮތުން ގެއްލުން ދީ ތިމާވެށީގެ ބޮޑެތިކުށްތަކާއި ޖަރީމާތައް ހުއްޓުވުމަށް އެންމެ އެކަށޭނަ މަސައްކަތް ނުކުރެވޭކަން މި ޖަމުޢިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. މިގޮތަށް ކަންތައް ކުރުމުން ތިމާވެއްޓަށް އަގުނުކުރެވޭ ބޮޑެތި ގެއްލުން ލިބޭނެފަދަ ޖަރީމާތައް ހިންގުމަށް ހިތްވަރުލިބޭކަން ކަންބޮޑުވުމާއެކު ވަނީ ފާހަގަކޮށްފައެވެ.

މި ބަޔާނުގައި ވަނީ ކ. ހިންމަފުށީ ކައިރީގައިވާ ފިނޮޅެއް ހަލާކުކޮށްލުމަށް ކުރި މަސައްކަތް ހާމަކަން ބޮޑުގޮތެއްގައި، ފުރިހަމަ އަދި އަވަސް ތަހުގީގެއްކޮށް ކުށްވެރިވާފަރާތްތަކަށް ފިޔަވަޅުއެޅުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވައިލާފައެވެ. މި ބަޔާނުގައި ވަނީ މި މައްސަލައިގެ އިތުރުން ވެސް ޖަމުޢިއްޔާތަކަށް ތިމާވެށީގެ ދާއިރާއިން ފާހަގަކުރެވޭ އެހެނިހެން މައްސަލަތަކާ މެދު ވެސް ޝުޢޫރު ފާޅުކޮށްފައެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެކަމަށް ބުނުމާއި، ރާއްޖޭގައި މިޔަރު ހިމާޔަތްކުރެވިފައިވާ ވީނަމަވެސް މި ޖެނުއަރީ މަހު 480 ކިލޯއަށްވުރެ ގިނަ މިޔަރުގެ އުރަހަ ރާއްޖެއިން ބޭރުކުރުމަށް ކުރި މަސައްކަތް ވެސް މި ޖަމުޢިއްޔާތަކުން ވަނީ ފާހަގަކޮށް އެކަންކަން ކުށްވެރިކޮށްފައެވެ.

ތިމާވެށީގެ ބޮޑެތިކުށްތަކާއި ޖަރީމާތަކަކީ ބައިނަލްއަޤުވާމީ ފެންވަރެއްގައި ބަލައިގަނެ، އެފަދަ ކުށްތައްކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ރާއްޖޭގެ ފަރާތުން ވަކާލާތުކުރާކަމުގައިވާއިރު، "އީކޯ ސައިޑް" އަކީ "ޖެނޮސައިޑް" ތަކާއި އެއްވަރުގެ ބައިނަލްއަޤުވާމީ ޖިނާޢީ ކުށެއްގެ ގޮތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ބަލައިގަތުމަށް އެދި، 03 ޑިސެމްބަރު 2019 ގައި ބޭއްވި، 'އެސެމްބްލީ އޮފް ސްޓޭޓް ޕާޓީސް ޓު ދަ ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް' ގެ 18 ވަނަ ބައްދަލުވުމުގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގެ މުގައްރިރު ހުށަހެޅި ހުށަހަޅުން މިޖަމުޢިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 22ވަނަ މާއްދާއިން ބާރުލިބި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި، އަދި އެހެންވެސް ގާނޫނުތަކުންނާއި ގަވާއިދުތަކުން މަނާކޮށްފައިވާ ކަމަކަށްވީނަމަވެސް، މިފަދަ ޖަރީމާތަކަށް އަރައިގަންނަ ފަރާތްތައް ޒިންމާދާރުކުރުމާއި މި ފަދަ ފަރާތްތަކަށް ގާނޫނުން ކަނޑައަޅާފައިވާ އަދަބު ނުދެވޭކަން މި ޖަމުޢިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރަށް ވުރެ ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، ނިޒާމުގެ ތެރޭގައި ހުރި އުނިކަންކަން ނައްތާލުމަށްޓަކައި ތިމާވެއްޓާ ގުޅުންހުރި، މިހާރުވެސް އެކުލަވާލައި ފާސްކުރުމުގެ މަގުމަތީގައިވާ ގާނޫނުތައް ކަމަށްވާ، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލާއި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ފަދަ ބިލުތަކަށް އިތުރު ސަމާލުކަމެއްދީގެން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖަމުޢިއްޔާތަކުން ވަނީ ގޮވައިލާފައެވެ. މީގެއިތުރުން ފުރިހަމަ ބާރު މި ސަރުކާރުން އީ.ޕީ.އޭ.އަށް ދީފައިވާއިރު، އީ.ޕީ.އޭ.ގެ މަސައްކަތް މުސްތަޤިއްލުކަންމަތީ ކުރުމަށް ވަނީ ގޮވައިލާފައެވެ.

މި ނޫސްބަޔާން ނެރެފައިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް، ބިލީފް، ސޭވް ހުވަދޫ، ދަ މޯލްޑިވްސް، އީކޯ ކެއަރ މޯލްޑިވްސް، ސޭވް އަވަރ ވޭސްވްސް މޯލްޑިވްސް، ނަލަ ފެހި މީދޫ، ލޭންޑް ސީ މޯލްޑިވްސް، ސޭވް މޯލްޑިވްސް އަދި ހަވަދޫ އެއިޑް ގުޅިގެންނެވެ.

ކ. ހިންމަފުށީ ކައިރީގައިވާ ފިނޮޅެއް ހަލާކުކޮށްލުމަށް ކުރިއަށްގެންދިޔަ އަމަލު ކުށްވެރިކޮށް ދިވެހި ޖަމުޢިއްޔާތަކުން ބަޔާންނެރެފައިވާއިރު، އެންމެ ހަރުކަށި ފިޔަވަޅު އަޅައިދެއްވުމަށް ހިންމަފުށީ ކައުންސިލުން ވެސް ވަނީ އެދިފައެވެ. ކ. ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕޮޓިކްއާއި އެހެން މުވައްޒަފުންތަކެއް އަރައި އެ ފިނޮޅުގައި ކޯރު ކެނޑި މައްސަލައިގައި، ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފައެވެ. ފިނޮޅުގެ މިލްކު ވެރިކަން ރިސޯޓުގައި ނޯންނަ އިރު، އެ ރިސޯޓުން މިގޮތަށް އަމަލު ކޮށްފައިވަނީ އާންމުން ފިނޮޅަށް ޕިކްނިކް ދިއުން ހުއްޓުވުމަށްޓަކައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް