Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެކްސިން ބޭނުންކުރުމުގެ ހުއްދަ

ފައިޒަރގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އޮސްޓްރޭލިއާއިން ދީފި

ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2021 | ހޯމަ 02:28
ފައިޒަރގެ ވެކްސިން

ފައިޒަރގެ ވެކްސިން

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން ބޭނުންކުރުމަށް އޮސްޓްރޭލިއިން ހުއްދަދީފިއެވެ.

އޮސްޓްރޭލިއާއިން ކޮވިޑްގެ ކޭހެއް ފެނުނުތާ އަހަރެއްވެފައިވާކަން ފާހަގަކުރައްވައި އެ ޤައުމުގެ ބޮޑުވަޒީރުސްކޮޓް މޮރިސަންހޯމަ ދުވަހު ވިދާޅުވީމި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އޮސްޓްރޭލިއާގައި ދީފައިވަނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

އެ ޤައުމުގެ ހެލްތް މިނިސްޓަރު ގްރެގް ހަަންޓް ވިދާޅުވީ ވެކްސިންދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ކަމަށާއި ކޮންމެ ހަފްތާއަކު 80،000 ޑޯޒް ވެކްސިންދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވެކްސިންދިނުމާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުރަތަމަ ޑޯޒްގެ ވެކްސިން ދިނުމަށްފަހު ދެވަނަ ޑޯޒްގެ ވެކްސިން ދޭނީ 21 ދުވަސް ފަހުން ކަމަށެވެ. އެ ޤައުމުގައި ވެކްސިން ދިނުމަށް އެންމެ ފުރަތަމަ ހަމަޖެހިފައިވަނީ ސިއްހީ މަސައްކަތްތެރިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށެވެ.

އަސްޓްރާޒެނެކާ އަދި އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ފުރަތަމަ ބެޗް މިއަހަރުގެ މާރޗް މަހުގެ ފަހުކޮޅު އޮސްޓްރޭލިއާއަށް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

2020 ވަނަ އަހަރުގެ މާޗު މަހު އެގައުމުގެ ބޯޑަރުތައް ބަންދު ކޮށްފައިވާއިރު އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް އައުމުގެ ފުރުސަތު އޮސްޓްރޭލިއާއިން އަންނަނީ ވަކި އުސޫލުތަކެއްގެ މަތިން ދެމުންނެވެ.

ފައިޒަރގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އޮސްޓްރޭލިއާއިން ދީފައިވާއިރު ފައިޒަރ ވެކްސިންގެ 40 މިލިއަން ޑޯޒްގެ ފަޤީރު ޤައުމުތަކަށް ދިނުމަށް ވަނީ ނިންމާފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވަނީ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮވެކްސްގެ ނަމުގައި ވެކްސިން ހަމަހަމަކަމާއެކު ގައުމުތަކަށް ލިބޭނެ ގޮތަށް މަގުފަހިކުރުމުގެ މަސައްކަތުގެ ދަށުން ކަމަށެވެ.

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ

30 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ
17 އޮކްޓޯބަރު 2017

ބަރަަހަނާ ފޮޓޯ ލީކުކުރުމުން އެކަމުގެ ޝިކާރައަކަށްވާ މީހުން ރިޕޯޓްކުރުމަށް އޮސްޓްރޭލިއާއިން ޕޯޓަލްއެއް ތައާރަފްކޮށްފި

17 އޮކްޓޯބަރު 2017
ބަރަަހަނާ ފޮޓޯ ލީކުކުރުމުން އެކަމުގެ ޝިކާރައަކަށްވާ މީހުން ރިޕޯޓްކުރުމަށް އޮސްޓްރޭލިއާއިން ޕޯޓަލްއެއް ތައާރަފްކޮށްފި
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
27 ސެޕްޓެމްބަރު 2017

ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

27 ސެޕްޓެމްބަރު 2017
ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
26 ސެޕްޓެމްބަރު 2017

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

26 ސެޕްޓެމްބަރު 2017
ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު