Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފެލިވަރަށް ހެވީލޯޑް ވެހިކަލެއް ގެނައުން

ފެލިވަރަށް ލިބުނު ހެވީލޯޑް ވެހިކަލާއިއެކު ސްޓޯރޭޖަށް ލުޔެއް ލިބިގެންދާނެ - ފައުޒީ

24 ޖެނުއަރީ 2021 | އާދީއްތަ 14:15

ފެލިވަރުގައި މަސްކިރައި ބަރުކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ކުޑަ ހައްލެއް ލިބިގެންދާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 ޖެނުއަރީ 2021 | އާދީއްތަ 14:15
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހިންގަމުންދާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަށް ލިބުނު ހެވީ ލޯޑް ވެހިކަލާއިއެކު ފެލިވަރުގެ ސްޓޯރޭޖަށް ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެސްވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ފައުޒީ ވިދާޅުވީ ފެލިވަރަށް މިގެނައި ހެވީލޯޑް ވެހިކަލްގައި 40 ފޫޓްގެ ކޮންޓެއިނަރު ފަސޭހަކަމާއިއެކު އުފުލޭނެ ކަމަށެވެ. އަދި މިއާއިއެކު ކުރިން ހުރި އުދަނގޫތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ފައުޒީ ވަނީ ވިދާޅުވެފައެވެ.

ފައުޒީ ވިދާޅުވީ، ފެލިވަރުގައި މަސްކިރައި ބަރުކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ކުޑަ ހައްލެއް ލިބިގެންދާނެ ކަމަށާއި މަސް ކިރުމަށްފަހު ސްޓޯކުރުމަށްވެސް މީގެ ސަބަބުން ކުޑަ ލުޔެއް ލިބިގެންދާނެ ކަމަށެވެ. ފައުޒީ ވަނީ ފެލިވަރުން މަސް ކިރުމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން މަސް އުފުލުމަށް މާލެއިން ހެވީލޯޑް ވެހިކަލް ގެންގޮސް ކޮންޓެއިނަރު އުފުލަން ޖެހޭކަން ފާހަގަކޮށްފައެވެ. އެހެންކަމުން ފެލިވަރަށް މި ލިބުނު ވެހިކަލާއިއެކު މިކަމަށް ހައްލެއް ލިބި، މަސް ކޮންޓެއިނަރުތައް ފަސޭހަކަމާއިއެކު ލޯޑް ކުރެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ މަސް އެއްފަހަރާ ކިރައި ސްޓޯ ކުރަން ޖެހުމުން އަދިވެސް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށާއި އެހެން ނަމަވެސް މޯލްޑިވްސް ސްޓޭޓް ޝިޕިންއާއި ގުޅިގެން ފެލިވަރުގައި 30 ކޮންޓެއިނަރު އޮޕަރޭޓް ކުރަން ނިންމާފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިއިން ކޮންމެ ކޮންޓެއިނަރެއްގައި 25 ޓަނުގެ މަސް އުފުލޭނެ ކަމަށެވެ.

ފައުޒީ ވަނީ މިއާއިއެކު މަސް ކިރުމަށް މަސްވެރިން ކިއުގައި ތިބެންޖެހޭ ޖެހުމަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދަޅުގައި މަސް ބަންދުކުރުމަށް ފަހު ކޮންޓެއިނަރުތައް އުފުލުމަށް ލުއި ލިބިގެންދާނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

ފެލިވަރަށް މިގެނައި ހެވީލޯޑް ވެހިކަލްގައި މަތިމައްޗަށް ފަސް ކޮންޓެއިނަރު ބެހެއްޓުމުގެ ބާރު ހުންނައިރު، މިއާއިއެކު ސްޓޯރޭޖަށް ލިބިގެންދާ ލުއިގެ އިތުރުން، ފެލިވަރުގެ ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތްތައް މިފްކޯއިން ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 އެޕްރީލު 2019

މިދިޔަ މަހު އެތެރެކުރި މުދާ މަދުވެ، ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!

15 އެޕްރީލު 2019
މިދިޔަ މަހު އެތެރެކުރި މުދާ މަދުވެ، ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!
14 އޯގަސްޓު 2018

ޖުލައި މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 282 މިލިއަން ރުފިޔާ ލިބުނު!

14 އޯގަސްޓު 2018
ޖުލައި މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 282 މިލިއަން ރުފިޔާ ލިބުނު!
12 އޯގަސްޓު 2018

ޖުލައި މަހު 2.1 ބިލިއަން ރުފިޔާ މީރާ އަށް ލިބުނު!

12 އޯގަސްޓު 2018
ޖުލައި މަހު 2.1 ބިލިއަން ރުފިޔާ މީރާ އަށް ލިބުނު!
22 މެއި 2018

މިދިޔަ މަހު ފަތުރުވެރިކަމަށް 12 އިންސައްތަ ކުރިއެރުމެއް ލިބުނު!

22 މެއި 2018
މިދިޔަ މަހު ފަތުރުވެރިކަމަށް 12 އިންސައްތަ ކުރިއެރުމެއް ލިބުނު!
12 މާރިޗު 2018

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 19 ޕަސެންޓް އިތުރުވެއްޖެ

12 މާރިޗު 2018
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 19 ޕަސެންޓް އިތުރުވެއްޖެ
24 ޖެނުއަރީ 2018

މިދިޔަ އަހަރަކީ ކުންފުންޏަށް ރަނގަޅު ކާމިޔާބީތަކެއް ލިބުނު އަހަރެއް: މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް

24 ޖެނުއަރީ 2018
މިދިޔަ އަހަރަކީ ކުންފުންޏަށް ރަނގަޅު ކާމިޔާބީތަކެއް ލިބުނު އަހަރެއް: މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް
23 ނޮވެމްބަރު 2017

37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި

23 ނޮވެމްބަރު 2017
37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި
03 ނޮވެމްބަރު 2017

ގެޓްސެޓް ލޯން ލިބުނު ފަރާތްތައް މިމަހު އިއުލާން ކުރާނެ: އިކޮނަމިކް މިނިސްޓްރީ

03 ނޮވެމްބަރު 2017
ގެޓްސެޓް ލޯން ލިބުނު ފަރާތްތައް މިމަހު އިއުލާން ކުރާނެ: އިކޮނަމިކް މިނިސްޓްރީ
12 އޮކްޓޯބަރު 2017

ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ބިލިއަނަކަށްވެސް ނާރާ!

12 އޮކްޓޯބަރު 2017
ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ބިލިއަނަކަށްވެސް ނާރާ!
15 އޯގަސްޓު 2017

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

15 އޯގަސްޓު 2017
ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް