Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަސްޓަމްސް ތަފާސް ހިސާބު

މިދިޔަ މަހު އެތެރެކުރި މުދާ މަދުވެ، ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!

މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއިން 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2019 | ހޯމަ 07:34
އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު

އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު

މި އަހަރުގެ މާޗް މަހު ރާއްޖެ އަށް އެތެރެކުރި މުދާ މަދުވެ، ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށްވެއްޖެއެވެ.

ހޯމަ ދުވަހު ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ މާޗު މަހު ރާއްޖެ އިން 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ މާޗު މަހު މި އަދަދު ވަނީ 4.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ. އެއީ ނުވައެއް އިންސައްތައިގެ ދަށްވުމެކެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި 2018 ވަނަ އަހަރު 277 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ މާޗު މަހު ލިބުނީ 267 މިލިއަން ރުފިޔާއެވެ. އެއީ ހަތަރު އިންސައްތައިގެ މަދުވުމެކެވެ.

ނަމަވެސް އެކްސްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ މާރޗު މަހު ދިވެހިރާއްޖެ އިން 246 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރުގެ މާޗު މަހު މި އަދަދު ވަނީ 341 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ 39 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 16 އިންސައްތަ ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، ޔޫއޭއީ އިން 15 އިންސައްތަ އަދި ޗައިނާ އިން 12 އިންސައްތަ މުދާ އެތެރެކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް އާންމުކޮށް އެންމެ ގިނަ އިން މުދާ އިމްޕޯޓްކުރާ ފަސް ގައުމުގެ ތެރޭގައި ނުހިމެނޭ ގައުމެއް ކަމަށްވާ އަޔަލޭންޑް މި ފަހަރު ހިމެނިފައި ވަނީ 345 މިލިއަން ރުފިޔާގެ އެއަރކްރާފްޓެއް އެ ގައުމުން އިމްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

ވޭތުވެދިޔަ މާރޗު މަހު އަގުގެ ގޮތުން ރާއްޖެއަށް އެންމެ ގިނަ އިން މުދާ އިމްޕޯޓްކުރި ގައުމުތަކަކީ ސިންގަޕޫރު 16 އިންސައްތަ، ޔޫއޭއީ 15 އިންސައްތަ، ޗައިނާ 12 އިންސައްތަ، އިންޑިއާ ނުވައެއް އިންސައްތަ އަދި އަޔަލޭންޑް ނުވައެއް އިންސައްތައެވެ. އެކްސްޕޯޓްކުރި ޤައުމުތަކަކީ ތައިލެންޑް 48 އިންސައްތަ، ޖާރުމަނުވިލާތް 10 އިންސައްތަ، ފަރަންސޭސިވިލާތް ނުވައެއް އިންސައްތަ، އެމެރިކާ އަށެއް އިންސައްތަ، އިނގިރޭސިވިލާތް ހައެއް އިންސައްތައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު