Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން

ފާއިތުވި ޑިސެމްބަރު މަހު ޖަލަށްލާން ހުކުމްކުރި މީހުންގެ އަދަދު މައްޗަށް

22 ޖެނުއަރީ 2021 | ހުކުރު 14:07

59 މީހުން ޖަލުން ދޫކޮށްލާފައިވާއިރު 32 މީހަކު ޖަލުން ދޫކޮށްލުމަށް ވަނީ ހުކުމް ކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 22 ޖެނުއަރީ 2021 | ހުކުރު 14:07
ނޮވެމްބަރު އަދި ޑިސެމްބަރު މަހުވެސް ޖަލަށް ލާފައިވަނީ 56 މީހުން

ނޮވެމްބަރު އަދި ޑިސެމްބަރު މަހުވެސް ޖަލަށް ލާފައިވަނީ 56 މީހުން

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު ފާއިތުވި ޑިސެމްބަރު މަހު އެކިއެކި މައްސަލަތަކާއި ގުޅިގެން ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހުންގެ އަދަދު މައްޗަށް ގޮސްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަރެކްޝަނަލް ސަރވިސް އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހު ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 24 މީހުންނަށެވެ. ނަމަވެސް ޑިސެމްބަރު މަހު މި އަދަދު ވަނީ 38އަށް އަރާފައެވެ.

Advertisement - newsAdvertisement

ޖަލަށް ލާފައިވާ މީހުންގެ އަދަދަށް ބަލާއިރު ނޮވެމްބަރު އަދި ޑިސެމްބަރު މަހުވެސް ޖަލަށް ލާފައިވަނީ 56 މީހުންނެވެ. މީގެ އިތުރުން ޑިސެމްބަރު މަހު ގިނަ އަދަދެއްގެ މީހުން ޖަލުން ދޫކޮށްލާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 59 މީހުން ޖަލުން ދޫކޮށްލާފައިވާއިރު 32 މީހަކު ޖަލުން ދޫކޮށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

ޑިސެމްބަރު މަހު އެންމެ ގިނަ އަދަދެއްގެ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. މިބާވަތުގެ މައްސަލަތަކުގައި ޖަލަށް ލާފައިވަނީ 39.4 އިންސައްތަ މީހުންނެވެ.

މީގެ އިތުރުން 23.6 މީހުން ވައްކަމާއި ފޭރުމުގެ މައްސަލަ ތަކުގައި ޖަލަށް ލާފައިވާއިރު ކޮރަޕްޝަނާ، އަމުރަށް ނުކިޔަމަންތެރިވުމުގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައިވެސް މީހުން ވަނީ ޖަލަށް ލާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ މާފުށި ޖަލުން 2271 ފޯން ކޯލާއި، މާލެ ޖަލުން 224 ފޯން ކޯލް، އައްސޭރި ޖަލުން 352 ކޯލްގެ އިތުރުން ހުޅުމާލެ ޖަލުން 295 ފޯން ކޯލް ގައިދީންނަށް ފަހިކޮށްދިންކަމަށެވެ. މީގެ ތެރޭގައި އާއިލާ މީހުންގެ ފޯން ކޯލް، ވަކީލުންގެ ފޯނު ކޯލުގެ އިތުރުން އެހެނިހެން ކޯލްތައްވެސް ހިމެނެއެވެ.

އެކިއެކި މައްސަލަތަކާއި ގުޅިގެން ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހުންގެ އަދަދު އިތުރު ވެފައިވާއިރު ޖަލުތަކުގެ އާބާދީ ބޮޑު ވުމަކީ ހައްލެއް ބޭނުންވެފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައި ވަނީ ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތައް ފުރި، ޖާގައަށް ވުރެ ޤައިދީން އިތުރުވާ މައްސަލަކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް