Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19އާ ގުޅިގެން އިތުރު ފިޔަވަޅުތައް އެޅުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ޓްރައޭޖް ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

22 ޖެނުއަރީ 2021 | ހުކުރު 04:11

އިންސާނީ ވަސީލަތްތަކުގެ ދަތިތައް ހުރުމާއެކު ޓްރައޭޖްހެދުމަށް ވޮލަންޓިއަރުން ނަގާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖެނުއަރީ 2021 | ހުކުރު 04:11
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ޓްރައޭޖް ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާ ބެހޭގޮތުން ކައުންސިލާއި އެކުއެޓޯރިއަލް ހޮސްޕިޓަލްއާއެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ބޭއްވި މި ބައްދަލުވުމުގައި ކޮވިޑް-19ގެ ޙާލަތު އަނެއްކާވެސް ގޯސްވަމުންދިއުމާ ގުޅިގެން، މިކަމަށްޓަކައި އައްޑޫ ސިޓީން ތައްޔާރުވެފައިވާ މިންވަރާއި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަަމަށެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ޓްރައޭޖް ނިޒާމެއް ގާއިމްކުރުމާއި، ހޮސްޕިޓަލްގެ އިންސާނީ ވަސީލަތްތަކުގެ ދަތިތައް ހުރުމާއެކު ޓްރައޭޖް ހެދުމަށް ވޮލަންޓިއަރުން ނެގުމާއި، ވޮލަންޓިއަރ ކުރާ ފަރާތްތަކަށް ޢިނާޔަތްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ކޮވިޑް-19 އަށް ހޭލުންތެރިވެ، މި ބަލިން ރައްކާތެރިވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރި ކަމަށެވެ.

މި ބައްދަލުވުމުގައި، އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން ހަވާލުކުރެވުނު މަޝްރޫޢުއަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި، އެ މަރުކަޒުން އެކްސްރޭ އާއި ސްކޭން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

އައްޑޫ ސިޓީ މަރަދޫފޭދޫ ދަމަނަވެށީގައި، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ސްޕީޗް ތެރަޕީ ފަދަ ޚިދުމަތްތައް ފެށުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް