Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ އާއި ރާއްޖޭ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުނ

އދ އާއި ރާއްޖޭގެ ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

21 ޖެނުއަރީ 2021 | ބުރާސްފަތި 12:51

އަންހެނުންނާއި ކުދިންނަށް ކުރިމަތިވާ އަނިޔާއާއި ފަގީރުކަމުން އަރައިގަތުމަށް އެހީތެރިވެދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖެނުއަރީ 2021 | ބުރާސްފަތި 12:51
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އަންހެނުންނާއި ކުޑަ ކުދިން ރައްކާތެރިކުރުމާއި ބެހޭ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް, އދ އާއި ރާއްޖޭގެ ސަރުކާރާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

''ޑިޖިޓަލައިޒިންގ އެންޑް ސްޓްރީމިންގ ސޯޝިއަލް ސަރވިސަސް އެންޑް ކްރިއޭޓިން އަ ޔުނިފައިޑް ފްލެޓްފޯމް ފޯ ނޭޝަނަލް ކެއަރ'' ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އދ.ގެ ފަރާތުން ސޮއިކުރެއްވީ އދ.ގެ ރެސިޑެންސް ކޯޑިނޭޓަރ ކެތްރިން ހޭސްވެލް އެވެ.

Advertisement - newsAdvertisement

މިޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ޕެންޑަމިކް ފަދަ ހާލަތްތަކުގައި އަންހެނުންނާއި ކުދިންނަށް ކުރިމަތިވާ އަނިޔާއާއި ފަގީރުކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.

މިޕްރޮޖެކްޓްގެ ދަށުން ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސްއަށް ވާސިލްވުމަށް އެހީތެރިވެދޭއިރު، ޖިންސީ ތަފާތުކުރުންތަކާއި، އަންހެނުން ކުރިއަރުވައި ބާރުވެރިކުރުވުމުގެ އިތުރުން އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރާ މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމާއި، މިހާރަށްވުރެ، އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެއެވެ.

ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި މިސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މީގެ ކުރިން އަޅާނުލެވި ދޫކޮށްލެވިފައިވާ ދާއިރާތަކަށް މިސަރުކާރުން މިހާރު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މީހުންނަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މިމަސައްކަތްތަކަށް މިހާރު ބޮޑު ހަރަދެއް ހޭދަކޮށްފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އދ.ގެ ރެސިޑެންސް ކޯޑިނޭޓަރ ކެތްރިން ވިދާޅުވީ މިޕްރޮޖެކްޓްގެ ދަށުން ކުރަމުންދާ ހުރިހާ މަސައްކަތްތަކަށް އދ.ގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި، މިޕްރޮޖެކްޓް މަސައްކަތްތައް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ. އަދި މިހާރަށްވުރެ ރަނގަޅު ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމެއް ތަރައްގީ ކުރާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

އދ.ގެ ކޮވިޑް ރެސްޕޮންސް ފަންޑުން ކުރިއަށް ގެންދާ މިޕްރޮޖެކްޓަށް 452,500.00 (ހަތަރު ލައްކަ ފަންސާސްދެހާސް ފައްސަތޭކަ) އެމެރިކާ ޑޮލަރު ކަނޑައަޅާފައިވެއެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް