Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިން ގެނައުން

ސައިޑް އިފެކްޓް ފެނުނު ނަމަވެސް ނުރައްކާތެރިއެއް ނޫން، ކޮވިޝީލްޑް ވެކްސިނަށް އުންމީދު ބޮޑު!

ވެކްސިން ޖެހުމަށް އިލްތިމާސްކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2021 | ބުދަ 18:56
މިވެކްސިންއަކީ އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީ ކޮލަރބްރޭޓްވެފައިވާ ވެކްސިންއެއް

މިވެކްސިންއަކީ އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީ ކޮލަރބްރޭޓްވެފައިވާ ވެކްސިންއެއް

މެންދުރުފަހުގެ ވަގުތެއްގައި ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންނަށް ދެއްވި އުފާވެރި ޚަބަރެކެވެ. އުންމީދުން ފުރިފައިވާ މެސެޖްތަކާއިއެކު ރައްޔިތުންނަށް ލިބެން އޮތް ކުރިއެރުމާއި ރާއްޖެއަށް އޮތް ފާގަތި ދުވަސްތައް ބަޔާންކޮށްދެއްވުން އެއީ މުޅިދުނިޔެ އަށް ދިމާވެފައިވާ ބަލިމަޑުކަމުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް ލިބެން އޮތް ކުރިއެރުން ރަމްޒުކޮށްދިންކަމެކެވެ.'' އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް'' ރައީސް ވިދާޅުވިއެވެ.

އާދޭހެވެ. ރައީސް އެވިދާޅުވިހެން ބުދަ ދުވަސް ވެގެންދިޔައީ ދިގު އިންތިޒާރަކަށް ނިމުން ގެނުވި ދުވަހަކަށެވެ. ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް މިވަނީ ގެނެސްފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ދޫތަކުން ތައުރީފްގެ ބަސް އޮހެމުންދާއިރު، އަނެއް ބަޔަކު ދަނީ ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ.

''ވެކްސިން'' ދިވެހިންނަކަށް އަލެއް ނުވާނެއެވެ. އެކި ބަލިތަކުން ދިފާއުވުމަށް ރާއްޖޭގައި ތުއްތު ކުދިންނަށް އެކުދިންގެ އުމުރުގެ އެކި މަރުހަލާތަކުގައި ވެކްސިން ދަނީ ދެމުންނެވެ. އެހެންކަމުން ވެކްސިން ދެނީ ކީއްކުރަންކަން ނޭނގޭ ދިވެއްސެއް ހުންނާނެހެންނެއް ހިއެއް ނުވެއެވެ. ވެކްސިންއަކީ ބަލިޖައްސާ ވައިރަސް ބޭނުންކޮށްގެން އުފައްދާ ބަލީގެ ފަރުވާއެއް ކަމަށްވާއިރު، މީހަކަށް ވެކްސިން ދިނުމުން، އެމީހާގެ ދިފާޢީ ނިޒާމު މިފަދަ ބަލިތަކާ ނުވަތަ ބަލިތައް ޖައްސާ ވައިރަސްތަކާ ހަނގުރާމަކޮށްދެއެވެ. ކޮވިޑް-19ގެ ކުރިން ވެސް ދުނިޔެއަށް ކުރިމަތިވި މިފަދަ ނުރައްކާތެރި ބަލިތަކުން ދިފާއުވީ ވެކްސިން ދީގެންނެވެ. އެގޮތުން ކަރުފޮޅާ، އިދިފުށަށް ދަމާ ބަލި، ކަށިވިދުރިއަކީ ވެކްސިން ޖަހައިގެން ނައްތާލެވިފައިވާ ބަލިތަކެވެ. ޕޯލިއޯގެ ދެވައްތަރެއް ކަމުގައިވާ ސްޓްރެއިން ޓައިފް 2 އާއި ޓައިޕް 3 ނައްތާލީ ވެކްސިން ދީގެންނެއެވެ.

ނަމަވެސް އެހެން ވެކްސިންތަކާއި ހިލާފަށް ކޮވިޑް-19ގެ ވެކްސިން އުފައްދާ ބޭނުން ކުރަން ފަށާފައިމިވަނީ ޓައިމް ފްރޭމް ކުޑަކޮށެވެ. އާންމުކޮށް ވެކްސިނެއް އުފައްދާ، ހަދަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ހަދާ ނިމެން ގާތްގަނޑަކަށް ދެ އަހަރު ހޭދަ ވާނެއެވެ. ނަމަވެސް ކޮވިޑް ވެކްސިނެއް އަހަރު ތެރޭ އުފައްދާ ބޭނުން ކުރެވޭވަރު ކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އަތުކުރި އޮޅާލިއެވެ. ނަތީޖާއެއްގެ ގޮތުން މިހާރު މި ވަނީ ކޮވިޑަށްވެސް ވެކްސިނެއް އުފެއްދިފައެވެ. އެހާ އަވަސް އަރުވާލައިގެން ވެކްސިން ނެރުމުން ގިނަ ސުވާލުތަކެއް ހުރިކަމުގައި ވީ ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އެމެޖެންސީގައި ވެކްސިން ދިނުމުގެ ހުއްދަ ދީފައިވަނީ ވެކްސިނުން ބަލި ދިފާއު ކޮށްދޭކަން ކަށަވަރުކުރުމަށްފަހު ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ވެކްސިން ދިނުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ވެކްސިން ޖެހުމުގެ ސަބަބުން އެކި ކަހަލަ ސައިޑް އިފެކްޓްސް ފެންނަމުން އެބަދެއެވެ. ނަމަވެސް މިހާތަނަށް ކަންބޮޑުވާންޖެހޭވަރުގެ ސައިޑް އިފެކްޓެއް ފެނިފައި ނުވެއެވެ. އާންމު ގޮތެއްގައި ކޮންމެ ވެކްސިނަކުންވެސް ސައިޑް އިފެކްޓް ފެންނާނެއެވެ. އެއީ ވައިރަސްއާ ދެކޮޅަށް ހަނގުރާމަ ކުރާކަމުގެ އެއްހެއްކެވެ. އެގޮތުން ހުން އައުމާއި، ބޮލުގައި ރިއްސުމާއި ވަރުބަލިވުން އަދި ވަރަށް މަދުން ބައެއް މީހުންނަށް ހޮޑުވެސް ލެވެއެވެ. ބައެއް މީހުންގެ ގައިން ސައިޑް އިފެކްޓްސް، ތިން ދުވަސް އަދި 12 ގަޑިއިރު ނުވަތަ 3 ގަޑިއިރު ނުވަތަ 24 ގަޑިއިރު ތެރޭގައި ވެސް ފެނިދާނެއެވެ. އެހެންކަމުން ސައިޑް އިފެކްޓް ފެނުމަކީ އަދި ވެކްސިންއާ މެދު ސުވާލު އުފައްދާ ވެކްސިން ޖެހުމަށް ޖެހިލުންވާވީ ސަބަބެއް ނޫން ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

ކޮވިޑް-19ގެ ވެކްސިންއާ ގުޅިގެން ޑރ.އަހުމަދު ފައިސަލް ވިދާޅުވީ ވެކްސިންއަކީ ބައްޔެއް ކޮންޓްރޯލް ކުރުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށާއި، ކޮވިޑް-19ގެ ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ. ޑރ.ފައިސަލް ވިދާޅުވީ ވެކްސިނުން ލިބޭ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ. އެގޮތުން ރައްކާތެރި އަދި އެއިން ރަނގަޅު އަސަރު މީހުންނަށް ކުރާނެތޯއާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނުވަތަ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭތޯ ބަލާނެ ކަމަށްވެސް ޑރ.ފައިސަލް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ވެކްސިންއަކީ އުންމީދީ ވެކްސިންއެއްކަން ފާހަގަކުރައްވައި މެޑިކަލް ޑައިރެކްޓަރ ޑރ.އުސާމާ އަލީ އުމަރު ވިދާޅުވީ ވެކްސިން ޖެހުމުގެ ކުރިން އެންޓި ބޮޑީ ޓައިޓަރ ކިޔާ ޓެސްޓެއް ހަދަން ޖެހޭ ކަމަށާއި، މިޓެސްޓާއެކު ހަށިގަނޑުގައި އެންޓިބޮޑީ ހުރީ ކިހާ މިންވަރަކަށްތޯ ދެނެގަނެވިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ބައްޔަށް ހުށަހެޅިފައިވާ މީހުންގެ ތެރެއިން ކޮވިޑަށް އިމިއުނިޓީ ލިބިފައިވަނީ ކިހާ ބަޔަކަށްތޯ ހާމަވެގެންދާނެކަން ޑރ.އުސާމާ ފާހަގަކުރެއްވިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވަނީ ރާއްޖެއަށް ގެނެވުނު ވެކްސިންގެ ރައްކާތެރިކަން ބައްލާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ވެކްސިން ޖެހުމުގެ މަސައްކަތްތައް ކުރަނީ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްފަހު ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މުޅި ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ދާދި އަވަހަށް ފެށޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މި މިވެކްސިންއަކީ އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީ ކޮލަރބްރޭޓް ވެފައިވާ ވެކްސިންއެކެވެ. ސެރަމް އިންސްޓިއުޓުން މިވެކްސިންގެ ޑޯޒްތައް އުފެއްދާތީ އިންޑިއާއިން ވަނީ މިވެކްސިންއަށް ''ކޮވިޝީލްޑް'' ނަމުން ނަން ދީފައެވެ. އެސްޓްރަޒެނެކާގެ ވެކްސިންތައް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ގިނަ ގައުމުތަކުގައި ވަނީ ދީފައެވެ. އެގޮތުން އިނގިރޭސިވިލާތް، ޕާކިސްތާން ، ބްރެޒިލް، އިންޑިއާ އަދި މެކްސިކޯގެ ގައުމުތައް ހިމެނެއެވެ.

ޑަބްލިޔުއެޗްއޯގެ ފުރިހަމަ އިތުބާރާއެކު ކާމިޔާބު ގިނަ ވެކްސިންތައް އުފައްދާ އިންޑިއާ ސެރަމް އިންސްޓިއުޓުންވެސް ވަނީ ކޮވިޝީލްޑް ވެކްސިން ކާމިޔާބު ވެކްސިންއަކަށް ވާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި އުސޫލު އޮންނަ ގޮތުން ކޮންމެ ވެކްސިންއަކަށްވެސް ވަކިން ހުއްދަ ދޭން ޖެހޭއިރު، ފެބްރުއަރީ މަހުގެ މެދެއްދާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ހުއްދަ ލިބޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. އަދި ވެކްސިން ޖަހާތާ 10 ދުވަހާއި 15 ދުވަހުގެ ތެރޭގައި އަސަރު ފެންނާނެކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ކޮވިޝީލްޑް ވެކްސިނުން ފެންނަ އާއްމު ސައިޑް އިފެކްޓްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، ވަރުބަލިވުން، ބޮލުގަ ރިއްސުން، ހުޅުތަކުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. އަދި ބޮޑެތި ސައިޓް އިފެކްޓްތަކުގެ ގޮތުގައި ބަނޑުގައި ރިއްސުމާއި، އާދާޔާ ހިލާފަށް ދާހިއްލާ ގައި ހިރުވުން އަދި ބޯއެނބުރުން ފަދަ ކަންކަން ފެންނާނެއެވެ. ބޮޑެތި އަލާމާތްތައް ފެންނާނީ ވަރަށް މަދުން ކަމަށް ސެރަމް އިންސްޓިއުޓުން މައުލޫމާތުދެއެވެ. ފުރަތަމަ ޑޯޒް ވެކްސިންއަށް އެލަރޖިކް ވެއްޖެ ހާލަތެއްގައި ދެވަނަ ޑޯޒް ނުޖެހުމަށް އިލްތިމާސްކޮށްފައިވާއިރު، މާބަނޑު މީހުނާ، ގާތުން ކިރުދޭ މައިން ވެސް ވެކްސިން ނުޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެމީހެއްގެ ގައިގައި ސިއްހީ މައްސަލައެއް ހުރި ނަމަ ވެކްސިން ޖެހުމުގެ ކުރިން އެކަން ހިއްސާ ކުރަން ވެސް ޖެހެއެވެ.

ކޮވިޑް-19ގެ ވައިރަސްއަކީ މިހާތަނަށް ދުނިޔެ ދުށް، އެންމެ އަވަހަށް ފެތުރޭ، އެންމެ ނުރައްކާތެރި އެއް ބައްޔެވެ. ބަލީގެ ދިރާސާތައް ހުއްޓުމެއްނެތި ކުރަމުންދާއިރު, މި ބަލި ކޮންޓްރޯލް ކުރުމަށް ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިބައްޔާ ދެކޮޅަށް ވެކްސިން އުފައްދާފައިވާއިރު، ގިނަ ވެކްސިންތައް ބޭނުން ކުރަން ފެށުމުން ވައިރަސްއާއި ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ގެނުވާނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. ގިނަ ވެކްސިންތައް އަދި ބޭނުން ކުރަމުންދަނީ އެމެޖެންސީ ހުއްދައިގެ ދަށުން ކަމުގައިވީ ނަމަވެސް ރަނގަޅު އަސަރު ކުރުވާ ކަމަށް އެމުއައްސަސާއިން ބުނެއެވެ.

މިހިނގާ 2021 ވަނަ އަހަރަކީ ވަރަށް އުންމީދީ އަހަރެކެވެ. ކޮވިޑް-19ގެ ވެކްސިން ލިބިފައިވާއިރު، 7 ލައްކަ ޑޯޒް ވެކްސިން ހޯދުމަށް އެދި ރާއްޖެއިންވަނީ ސިންގަޕޫރުގެ އެސްޓްރަޒެނެކާއާއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ބުދަ ދުވަހު ރާއްޖެއަށް ލިބުނު ވެކްސިންއާއެކު ފެބްރުއަރީ މަހުގެ ތެރޭގައި ޑަބްލިޔުއެޗްއޯގެ ހުއްދަ ލިބޭނެކަމުގެ ޔަގީންކަން އެބައޮތެވެ. މިހުއްދައާއެކު ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެއެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ މެދެއްހާ ހިސާބަށް ދާއިރު، ރާއްޖޭގައި ވެކްސިން ދޭން ޖެހޭ ހުރިހާ އުމުރުފުރާއަކަށް ވެކްސިން ދެވި އާއްމު ހާލަތަށް ދެވޭނެކަމުގެ އުންމީދު ބޮޑުކަން ޑރ.ނަޒްލާގެ އިތުރުން ރާއްޖޭގެ ގިނަ ޑޮކްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!

ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!

14 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު