Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު

ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުން އެންމެ ރަނގަޅީ ވެކްސިން ދިނުމަށްފަހު، ޖޫން މަހުގެ ތެރޭގައި: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަނުގެ ވިސްނުން ހުރީ ދިވެހި ރައްޔިތުންނަށް ވެކްސިންދީ ނިމުމުން އިންތިޚާބު ބޭއްވުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2021 | ބުދަ 09:35
ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުން އެންމެ ރަނގަޅީ، އަދި އިލެކްޝަންސް ކޮމިޝަނުގެ ވިސްނުން ހުރީ ވެސް ދިވެހި ރައްޔިތުންނަށް ކޮވިޑް-19ގެ ވެކްސިންދީ ނިމުމަށްފަހު، އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އަވަސްއަރުވާލައިގެން އިންތިޚާބު ބޭއްވުމަށްވުރެ، ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި، ދިވެހި ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ނިމުމުން އަންނަ ޖޫން މަހަށް އިންތިޚާބު ފަސްކޮށްލުމުގެ ވިސްނުން ބުއްދިވެރިކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ، ކޮވިޑް-19އަށް ރައްކާތެރިވުމަށް ޖަހާ ވެކްސިން ބުދަ ދުވަހު ރާއްޖެއަށް ލިބޭނެ ކަމަށް ބުނަމުންދާތީއާއި އަދި ވެކްސިން ޕްރޮގްރާމުން ދިވެހި ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދީ އަންނަ ޖޫން މަހުގެ ތެރޭގައި ނިމޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަމުންދާތީއެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީގެ މި ބައްދަލުވުމުގައި، އިންތިޚާބު ބޭއްވުމާމެދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެކުލަވާލާފައިވާ ގައިޑްލައިނުގެ ޑްރާފްޓާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ސިޔާސީ ޕާޓީތަކުންނާއި، ކަމާބެހޭ އިދާރާތަކުން ބަހުސްކޮށްފައިވެއެވެ. އެންމެބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާއި ރަށްތަކަށްދާ ފަރާތްތަކުން 10 ދުވަހަށް ކަރަންޓީނުވާންޖެހުމާއި، ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ނެތްކަމަށް ބުނާ މައްސަލައެވެ. އަދި ކޮވިޑް-19އަށް ފޮޒިޓިވްވެފައިވާ ފަރާތްތަކާއި، ކަރަންޓީން އަދި އައިސޮލޭޝަނުގައި ތިބި ފަރާތްތަކަށް ވޯޓު ލެވޭނެ އިންތިޒާމާ ގުޅޭގޮތުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އެންމެބޮޑު ކަންބޮޑުވުމަކީ، ބެކަޕް ޕްލޭންގެ ދަށުން އިތުރު، އޮފިޝަލުން ނަގަންޖެހުމާއި، އެޗްޕީއޭއިން މިހާރު އެކުލަވާލާފައިވާ ގައިޑްލައިނުގެ ޑްރާފްޓުގެ ދަށުން އިންތިޚާބު ބާއްވާނަމަ، މިހާރު އޮތް ބަޖެޓަށްވުރެ ޑަބަލް ޙަރަދު ކުރަންޖެހުމެވެ.

މީގެއިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނީ، ކޮވިޑް-19އަށް ޕޮޒިޓިވް މީހެއް ވޯޓުލާ މަރުކަޒަށް އައުމަކީ ނުވަތަ ގެނައުމަކީ، އާންމު ސިއްހަތަށް ހުރި ނުރައްކަލެއްކަމަށް ވޯޓުލާ އަންނަ ގިނަ ބަޔަކު ގަބޫލުކުރާއިރު، އެފުރުސަތު އެފަރާތްތަކަށް ދިނުމަކީ ބޮޑު ގޮންޖެހުމަކަށްވާނެ ކަމަށެވެ. ނަމަވެސް އެފަރާތްތަކަށް ވޯޓުލުމުގެ ހައްގު ވެސް ލިބެންޖެހޭ ކަމަށް ގައުމީ ލަފާދޭ ކޮމެޓީގެ ބައެއް ފަރާތްތަކުން ވެސް ފާހަގަކޮށްފައިވެއެވެ.

އެހުރިހާ ސަބަބުތަކަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ، މިހާރު އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރަމުން މިދަނީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށްކަމަށްވާތީ، މިނިވަން އިންސާފުވެރި، އަދި ކެޕްޕެއިންކުރުމަށް ހަމަހަމަ ފުރުސަތު ލިބިދިނުން ކަށަވަރު ކުރުމުގެ ގޮތުންނާއި އިތުރަށް ޚަރަދު ހިނގާނެކަމަކަށްވާތީ، އިތުރު ދެމަސްދުވަހަށް އިންތިޚާބު ފަސްކޮށްލުމަކީ އެންމެ ބުއްދިވެރިކަމެއްކަމަށް ގަބޫލު ކުރައްވާކަމަށެވެ. ޝަރީފް ވިދާޅުވީ، ވެކްސިން ޕްރޮގްރާމްގެ ދަށުން ޖޫން މަހަށް ދިވެހި ހުރިހާ ރައްޔިތުންނަށް ވެކްސިން ޖަހާ ނިމުމުން، ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފުޅާދާއިރާއެއްގައި ކެމްޕެއިންކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި އޭރުން އިންތިޚާބު ބޭއްވުމުގެ ކަންކަން ވެސް އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

ޝަރީފް ވަނީ ސިޔާސީ ޕާޓީތަކުން އެކަމަށް ވިސްނަވައި، ޖޫން މަހަށް އިންތިޚާބު ފަސްކުރުުގެ ވިސްނުން ގެންގުޅުއްވައި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި އެކަމާމެދު މަޝްވަރާކުރެވި، ގޮތެއް ނިންމުން މުހިއްމު ކަމަށް ވިދާޅުވެއެވެ. ޝަރީފް ވިދާޅުވީ، އިންތިޚާބު ބާއްވާނެ ތާރީޚެއް އިޢުލާންކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަމެއްކަމަށާއި، ނަމަވެސް ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާނެ ތާރީޚު އިޢުލާން ކުރަން ބޭނުންވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިންކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި

ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި

12 ފެބުރުއަރީ 2017
އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

11 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު