Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

އިންތިހާބު ބޭއްވުމާމެދު ގޮތް ނިންމާނީ އިލެކްޝަނުން، އެޗްޕީއޭއަކުން ނޫން: ނިޔާޒް

އިންތިހާބު ބޭއްވޭނެ ހުރިހާ މަގެއް ފަހިކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 19 ޖެނުއަރީ 2021 | އަންގާރަ 23:44
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމާ މެދު ގޮތް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި އެކަމާ މެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގޮތް ނުނިންމޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން އިންތިހާބަށް ހުރަސް އެޅިފައި އޮތް އިރު ވެސް އިންތިހާބު ބޭއްވޭނެ ހުރިހާ މަގެއް ފަހިކުރުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ގާނޫނީ ބައެއް ހުރަސްތައް ވެސް ހުރި ކަމަށާއި، އެކަންކަން ވެސް މިހާރު ހައްލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އިންތިހާބު ބޭއްވުމާ މެދު އެންމެ ފަހުގެ ގޮތް ނިންމާނެ ތަނަކީ އިލެކްޝަން ކޮމިޝަން ކަމަށެވެ. އެޗްޕިއޭއިންނާއި ހެލްތު މިނިސްޓްރީން އިންތިހާބު ބާއްވަން ބޭނުންވާނެ ބައެއް އުސޫލުތައް ކަނޑައެޅުމާއި އެކަމުގައި ދޭން ޖެހޭ އެކި ކަހަލަ މަޝްވަރާތައް ވެސް ދެވިދާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެޗްޕީއޭގެ އެއްވެސް ނިންމުމަކުން އިލެކްޝަނުން ކަނޑައަޅާ ތާރީހެއްގައި އިންތިހާބު ބޭއްވުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ނިޔާޒް ވިދާޅުވީ އިންތިހާބާ ބެހޭ އެންމެ ފަހުގެ ކަންކަން ނިންމުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް އޮތުމަކީ އެ ކޮމިޝަނުގެ ވެސް އެދުމެއް ކަމަށެވެ. އެގޮތުން އެކަމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލަން އިލެކްޝަނުން ވެސް އެދިފައިވާ ކަމަށާއި އަންގާރަ ދުވަހު ގެނައި ގާނޫނީ އިސްލާހުގައި އެކަންކަން ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ގާނޫނު އޮންނަ ގޮތުން ނަމަ މިހާރު ދީފައިވާ މުއްދަތުގައި އިންތިހާބު ބޭއްވޭތޯ ނުބޭއްވޭތޯ ވެސް ނިންމަން ވާނީ އިލެކްޝަނުން ކަމަށާއި ނުބޭއްވޭ ނަމަ 30 ދުވަހުގެ ކުރިން މަޖިލީހަށް އަންގަން ޖެހޭނެ ކަމަށެއެވެ. އަލީ ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވީ އެ ބާރު އެއްކޮށް ކޮމިޝަން އަށް ލިބޭ ގޮތަށް އުސޫލު ބަދަލުކުރަން ކަމަށެވެ. ނަމަވެސް އެގޮތަށް ހެދެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ނިޔާޒު ވިދާޅުވީ ރައްޔިތުން ތަމްސީލްކުރާ ފަރާތްތަކުގެ ހައިސިއްޔަތުން އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ވެސް އޮންނާނެ ކަމަށެވެ. އެހެންވެ އިންތިހާބު ފަސްވާ ވަރަކަށް މަޖިލީހަށް އެކަމުގެ ގަބޫލުކުރެވޭ ސަބަބެއް ނުދައްކާ ފަސް ކުރުމުގެ ބާރެއް އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު މިދިޔަ އަހަރުގެ އޭޕްރިލް ހައެއްގައި ބާއްވަން ތާވަލްކުރި ނަމަވެސް ރާއްޖެއިން ކޮވިޑް-19 ފެނި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިންތިހާބު ވަނީ ފަސްކޮށްފަ އެވެ.

އޭރު ހާއްސަ ގާނޫނެއް އެކުލަވާލައި އިންތިހާބު ފަސްކުރި އިރު އިންތިހާބު ބޭއްވޭނެ އެންމެ ފަހުގެ މުއްދަތަކަށް ކަނޑައެޅީ މިއަހަރުގެ މޭ މަހެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ހިނދަކު އިންތިހާބު ބޭއްވޭނެ މަގެއް ވެސް ނެތެވެ. ނަމަވެސް އިންތިހާބު ބޭއްވުން މާބޮޑަށް ލަސްވަމުންދާނީ ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ހާއްސަ ގާނޫނަށް ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން މިހާރު ގެނައި އިސްލާހުގައިވާގޮތުން އިންތިހާބު ބާއްވާކަށް ވަކި ތާރީހެއް ކަނޑައަޅާފަ އެއް ނުވެއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު