Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓްރަމްޕްގެ ރިޔާސީ ދައުރު

ޓްރަމްޕްގެ ވެރިކަމަށް އަވަސް ކަޅިއެއް

ކޮވިޑް ކޮންޓްރޯލްކުރުމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާއެކު އިގްތިޞާދު ވަނީ އަޑިއަޅާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2021 | ބުދަ 06:30
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ނިމުމަކަށް އަންނައިރު މިއީ އެމެރިކާގެ ތާރީޚުގައި ވެސް މުޅިން ތަފާތު ކަންތައްތަކެއް ދެކެނު ހަތަރު އަހަރެވެ. އެމެރިކާގެ ތާރީޚުގައި ހައުސްއިން ވެރިކަމުން ދެ ފަހަރަށް އަޒުލުކުރި ރައީސްގެ މަގާމު ޓްރަމްޕަށް ލިބިވަޑައިގަންނަވާއިރު މިނޫންވެސް ގިނަ ކަންތައްތަކަކާއެކު ޓްރަމްޕްގެ ނަން ތާރީޚުގައި ލިޔެވިގެންދެއެވެ.

ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އަންނައިރު އެގައުމުގައި ހިނގާދިޔަ ދާޚިލީ ހަނގުރާމައަށް ފަހު ގައުމުގެ އަސާސީ ކަންކަމުގެ ގޮތުގައި ދެކެމުން ދިޔަ އެތައް ކަމެއް ވަނީ ބަދަލުވެފައެވެ. ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކަކީ ޓްރަމްޕްގެ ވެރިކަމުގެ ހަތަރު އަހަރު "ވައިޓް ސްޕްރިމަސީ" ނުވަތަ އެމެރިކާގެ ދޮން ނަސްލުގެ މީހުންނަކީ އެހެން މީހުންނަށް ވުރެ މަތިވެރި ބަޔެއް ކަމަށް ދެއްކެވުމަށް ޓްރަމްޕް ފާޅުގައި ކުރައްވަމުން ގެންދެވި ކަންތައްތަކުގެ ނަތީޖާކަމަށް ގިނަ ބަޔަކު ދެކެއެވެ. ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން ބައިބައިވުންތައް އުފެދެމުން އައީ ހަމައެކަނި އެމެރިކާގެ ތެރޭގައެއްނޫނެވެ. ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީތެރޭގައި ވެސް ވަނީ ބައިބައިވުން އުފެދިފައެވެ.

އެމެރިކާގެ އެކި ހިސާބުތަކުގައި ކުރިން ޕާޓީތަކަށް ތާއީދުއޮންނަ ގޮތް ބަދަލުވެ އެމެރިކާގެ ސިޔާސީ މަޝްރަހު ވަނީ އެހެން ގޮތަކަށް ބަދަލުވާން ފަށާފައެވެ. ވަކިން ޚާއްސަކޮށް ކުރިން ވޯޓުން ރިޕަބްލިކަނުންނަށް ކުރި ލިބޭ ސަރަހައްދުތަކުން މިހާރު ފެންނަ މަންޒަރު ވަނީ ބަދަލުވާން ފަށާފައެވެ. ޓްރަމްޕްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ހަލަބޮލިކަމާއެކު ޕާޓީގެ އެންމެ އިސް ލީޑަރުންނާއި ޕާޓީއަށް ވޯޓުދޭ އާންމު ރައްޔިތުންނާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުން ވަނީ އިތުރުވެފައެވެ.

ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ޓްރަމްޕްގެ ރިޔާސީ ދައުރަކީ އެގައުމުގައި ހިނގާދިޔަ ދާޚިލީ ހަނގުރާމައަށް ފަހު އެންމެ ބޮޑަށް ގައުމުތެރޭގައި ބައިބައިވުން އުފެދުނު ހަތަރު އަހަރެވެ.

މީގެއިތުރުން ދެން ފާހަގަކޮށްލަންޖެހޭ ކަމަކީ ޓްރަޕްގެ ހަތަރު އަހަރުގެ ދައުރު އެންމެ ބޮޑަށް އާންމުންނަށް ހަނދާންކޮށްދޭނެ އެއް ކަމެއްގެ ގޮތުގައި ފާހަގަވާ ޓްރަމްޕްގެ ޓްވީޓްތަކެވެ. ޓްރަމްޕްގެ ބޮޑެތި ސިޔާސަތުތަކަށް ގިނަ ފަހަރަށް ހިޔަނި އެޅިފައިވަނީ ވެސް ކުރައްވާ ޓްވީޓްތަކުގެ ސަބަބުންނެވެ. ޓްރަމްޕްގެ ސިޔާސަތުތަކުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ތިމާވެށި، ހަކަތަ، އިމިގްރޭޝަން، ޖުޑީޝަރީ ވިޔަފާރި އާއި އިގްތިޞާދު އަދި ފޮރިން ޕޮލިސީ ހިމެނެއެވެ.

ޗައިނާ އާއި އެމެރިކާ އޮތް ވިޔަފާރީގެ ގުޅުމަށް މިއިން ދުވަހަކުވެސް ނާންނަވަރުގެ ހީނަރުކަން ވަނީ ޓްރަމްޕްގެ ވެރިކަމުގެ ހަތަރު އަހަރު ކުރިމަތިވެފައެވެ. އެގޮތުން އެމެރިކާއަށް އެތެރެކުރާ ޗައިނާގެ ބާވަތްތަކުން އިމްޕޯޓް ޑިޔުޓީ ބޮޑުކުރުމާއި ޗައިނާގެ ބޮޑެތި ކުންފުނިތަކާ މެދު އަޅުއްވާފައިވާ ފިޔަވަޅުތަކުގެ އިތުރުން ޗައިނާގެ ކުންފުނިތަކުން އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަންތައް ބޭނުންކުރުން މަނާކުރުން ފަދަ ސިޔާސަތުތަކަކީ ޗައިނާ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައިވާ ސަބަބުތަކެވެ.

ބައެއް މާހިރުން ވަނީ ޓްރަމްޕް ޗައިނާއާ މެދު ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އިގްތިޞާދަށް އެކަމުންވި ފައިދާގެ މައްޗަށް ސުވާލު އުފައްދާފައެވެ.

އަނެއްކޮޅުން ޓްރަމްޕްގެ ސިޔާސަތުގެ ދަށުން އެމެރިކާގެ އިގްތިޞާދަށްވީ ފައިދާތޯ ނުވަތަ ގެއްލުންތޯ އެއީ ވެސް ބަލާލަންޖެހޭ ކަމެކެވެ. އިގްތިޞާދުގެ ވާހަކަ ދައްކާނަމަ ބަލާލަންޖެހެނީ ކޮވިޑް-19ގެ ކުރިން އެމެރިކާގެ އިޤްތިޞާދު އޮތް ހާލަތާއި ކޮވިޑްގެ ތެރޭގައި އަދި މިހާރު އިގްތިޞާދު އޮތް ހާލަތަށެވެ.

އެގޮތުން ބަލާއިރު ކޮވިޑް އައުމުގެ ކުރިން 2020 ވަނަ އަހަރުގެ މަރޗް މަހާ ހަމައަށް އައިއިރު އެގައުމުގައި ވަޒީފާނެތް މީހުންގެ އަދަދު ވަނީ މީގެ 50 އަހަރު ދަށަށް ނުދާ މިންވަރަށް ދަށަށްގޮސްފައެވެ. އަދި އެންމެ މަދުން އާމްދަނީ ލިބޭ މީހުންނަށް ލިބޭ މުސާރަ ބޮޑުވެ ކަޅު ނަސްލުގެ މީހުންނާއި ދޮން ނަސްލުގެ މީހުންގެ މެދުގައި ވަޒީފާ ގެއްލިފައި ތިބި މީހުންގެ ފަރަގު ވަނީ ދަށަށްގޮސްފައެވެ.

2017 ވަނަ އަހަރުގެ ފަހު ކޮޅު ޓްރަމްޕް ސޮއިކުރެއްވި ޓެކްސް ބިލާއެކު އެމެރިކާގެ އިޤްތިޞާދު 3 އިންސައްތަ ކުރިއަރައިގެންދިޔައެވެ.

އެހެންނަމަވެސް ކޮވިޑް ކޮންޓްރޯލްކުރުމުގައި ޓްރަމްޕަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާއެކު އިގްތިޞާދު ވެސް ވަނީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. 21 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާއިރު އެތައް މިލިއަން މީހުންނަށް ލިބޭ މުސާރަ ވަނީ ކުޑަވެފައެވެ.

އެމެރިކާގެ އިޤްތިޞާދު 7.8 ޓްރިލިއަން އެމެރިކާ ޑޮލަރުން 27 ޓްރިލިއަން ޑޮލަރަށް ވަނީ ބޮޑުވެފައެވެ.

ޓްރަމްޕްގެ ތިމާވެށީގެ ސިޔާސަތުތަކަށް ބަލާއިރު މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ގުޅޭގޮތުން ޓްރަމްޕް ގެންގުޅުއްވި ފިނި ސިޔާސަތަކީ ދުނިޔޭގެ ފާޑުކިޔުން އެކަމަށް އަމާޒުވެގެން ދިޔަ އެއްކަމެވެ. އޭގެތެރޭގައި ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވުން ފާހަގަކޮށްލެވެއެވެ.

ޓްރަމްޕްގެ ފޮރިން ޕޮލިސީ އަށް ބަލާއިރު "އެމެރިކާ ފަސްޓް" ޕޮލިސީއަކީ އެމެރިކާގެ ގާތް ރަހުމަތްތެރި ގައުމުތަކާއި އެމެރިކާ އާ އޮތް ގުޅުމަށް ހީނަރުކަން ގެނުވި ޕޮލިސީއެކެވެ. އީޔޫ އާއި ނޭޓޯގެ ގައުމުތަކާއެކު އެމެރިކާގެ ގުޅުން އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

މީގެއިތުރުން އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން އާ ޓްރަމްޕް ބައްދަލުކުރެއްވުން ފިޔަވައި އެގައުމުން ނިޔުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ކުރެެއްވުނު މަސައްކަތެއްނެތެވެ.

އިރާނާއެކު ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިނަމަވެސް މަޝްވަރާގެ މޭޒަށް އިރާނު ގެނުވިފައެއްނުވެއެވެ.

އިސްރާއީލާއި ޕަލަސްތީނާއި ދެމެދު އޮތް ގުޅުން ރަނގަޅުކުރެއްވުމަށް ކަމެއް ނުކުރެއްވުނުއިރު ޓްރަމްޕް ވަނީ އިސްރާއީލަކީ ދައުލަތެއްކަން ރަސްމީކޮށް ބަލައިގަތުމުގެ ކަންކަން އެއީ އާންމު ކަމެއްގެ ގޮތުގައި ހައްދަވާފައެވެ. އެގޮތުން އަރަބި ހަތަރު ގައުމަކާއި އިސްރާއީލާ ދެމެދު ރަސްމީކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ޖުމުލަކޮށް ބުނާނަމަ ޓްރަމްޕްގެ ހަތަރު އަހަރަކީ ތަފާތު ކަންތައްތަކެއް ހިނގައިދިޔަ ހަތަރު އަހަރެވެ. އޭގެކުރިން އެކި ކަންކަމުގައި އެމެރިކާއިން ގެންގުޅުނު ސިޔާސަތުތައް ޓްރަމްޕް ވަނީ ބަދަލުކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

20 ޖޫން 2018
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

02 ޑިސެމްބަރު 2017
ކަރަންޓާއި ނުލައި އުކުޅަހު ރައްޔިތުން ހޭދަކުރި ހަތް ގަޑިއިރަށް ކަޅިއެއް

ކަރަންޓާއި ނުލައި އުކުޅަހު ރައްޔިތުން ހޭދަކުރި ހަތް ގަޑިއިރަށް ކަޅިއެއް

07 ނޮވެމްބަރު 2017
އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

24 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު