Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދާލަތު ޕާޓީގެ އިންތިޚާބު

އަދާލަތު ޕާޓީގެ ރައީސް ކަމަށް މިނިސްޓަރު އިމްރާން ކުރިމަތިލައްވައިފި

19 ޖެނުއަރީ 2021 | އަންގާރަ 14:40

އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީވެސް އިމްރާން އެކަނި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 19 ޖެނުއަރީ 2021 | އަންގާރަ 14:40
އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި، އެ ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި، އެ ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ރައީސްގެ މަގާމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިމަތިލައްވައިފިއެވެ.

މިކަން ހާމަކުރައްވާ މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އޭނާގެ ދައުރު މުހިންމު ކަމަށް ޕާޓީގެ ގިނަ މެންބަރުން ފާހަގަކުރާތީ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދާލަތު ޕާޓީގެ ރައީސް ކަމަށް އިމްރާން ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. އެ ޕާޓީގެ ރައީސް ކަމަށާއި، ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންގާރަ ދުވަހު ހަމަވެފައިވާއިރު، އެ ޕާޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް މިނިސްޓަރު އިމްރާން ކުރިމަތިލެއްވިއިރު، އެ ޕާޓީގެ ރައީސްގެ މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެންނަން ވަނީ އިސްލާހު ހުށަހަޅާފައެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު މި މަހުގެ 23 ވަނަ ދުވަހު ބާއްވަން އިއުލާނުކުރި ހިސާބުން ފެށިގެން އެ ޕާޓީގެ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތި ނުލެވޭ މައްސަލައިގެ ޝަކުވާތައް ޕާޓީ ތެރޭގައި ވަނީ ބޮޑުވެފައެވެ.

ޕާޓީގެ ގަވާއިދު ބުނާގޮތުން ނައިބު ރައީސް ކަމާއި، ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ވަނީ ހިމަނާފައެވެ. ނަމަވެސް އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އެ ޕާޓީން ވަނީ ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައެވެ. އެކަމަކު އަދިވެސް ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތެއް އަންހެނުންނަކަށް ނެތެވެ. އަދާލަތުން ބުނީ އެ އިސްލާހު ގެނައުމާ މެދުވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ޕާޓީގެ ލީޑަރު އިމްރާން މީގެ ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނު އިސްވެ ހުންނަވާ މަޝްވަރާ މަޖިލީހުގެ ހަތް މެންބަރުންގެ ސޮޔާއެކު ޕާޓީގެ ރައީސަކަށް ކުރިމަތިލުމަށް ފިރިހެނަކަށް ވާން ޖެހޭ އުސޫލު ބަދަލުކުރަން އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެގޮތަށް އިސްލާހު ހުށަހެޅީ މި ވަގުތު ޕާޓީ ކުރިއަށް ގޮސްފައިވާ ވަރަށް ބަލައި ޕާޓީ އިތުރަށް ހުޅުވާލައި، ޕާޓީގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް