Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރު ނަގައިފި

19 ޖެނުއަރީ 2021 | އަންގާރަ 13:48

ތިންވަނަ ޑިވިޝަނުގައި 15 ޓީމު ވާދަކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 ޖެނުއަރީ 2021 | އަންގާރަ 13:48
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރު އަންގާރަ ދުވަހު ނަގައިފިއެވެ.

މިދިޔަ މަހުގެ 24 ގައި އެފްއޭއެމުން ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި 22 ޓީމެއް މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅާފައި ވިޔަސް ގިނަ ޓީމުތަކެއްގެ ލިޔެކިޔުންތައް ހަމަކުރުމުގައި ދަތިތަކެއް ހުރުމުން ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދިނެވެ. އެ މުއްދަތުގައި 16 ޓީމަކުން ލިޔެކިއުންތައް ހުށަހެޅި ނަމަވެސް، އަމިއްލަ ސަބަބުތަކާ ހުރެ އެއް ޓީމުން ވަނީ މުބާރާތާ ވަކިވާން ނިންމާފައެވެ.

އެހެންކަމުން އަންނަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ފަށާ މި މުބާރާތުގައި ވާދަކުރާނީ 15 ޓީމެވެ. ތިންވަނަ ޑިވިޝަނުގެ ގުރު ނެގިއިރު، މުބާރާތް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ތިން ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ފަހު ގްރޫޕުގައި ހިމެނެނީ ތިން ޓީމެވެ.

ގްރޫޕް ސްޓޭޖަށްފަހު ސެމީފައިނަލަށް ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ޓީމު ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލުކޮށްފައިވަނީ މާޗު މަހުގެ ނުވަވަނަ ދުވަހުއެވެ.

މި މުބާރާތުގެ ގުރު ނެގިއިރު، މުބާރާތަށް ތައްޔާރުވުމަށް ގިނަ ޓީމުތަކުން މިހާރު އަންނަނީ ފަރިތަކުރަމުންނެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ކުޅުންތެރިން ރަޖިސްޓްރީކުރުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި އަހަރު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބޭއްވުމަށް އެފްއޭއެމުން ނިންމިއިރު، މިދިޔަ ދެ އަހަރުވެސް މި މުބާރާތް ބާއްވާފައެއް ނުވެއެވެ. އެންމެ ފަހުން މި މުބާރާތް 2018 ވަނަ އަހަރު ބޭއްވިއިރު، އެ ފަހަރު ޗެމްޕިއަންކަން ހޯދީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް