Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާގެ ކޮވިޑް ވެކްސިން ރާއްޖެއަށް

ބުދަ ދުވަހު ރާއްޖެއަށް އިންޑިއާގެ ވެކްސިން ލިބޭނެ: އިންޑިއާގެ ނޫސްތައް

ރާއްޖެއަށް ފޯރު ކޮށްދެނީ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖެނުއަރީ 2021 | އަންގާރަ 11:57
ކޮވިޑް-19 ވެކްސިން ރިޕްރެޒެންޓޭޝަނަލް ފޮޓޯ- ރާއްޖެއަށް ބުދަ ދުވަހު ވެކްސިން ލިބޭނެ ކަމަށް ރިޕޯޓްތައް ބުނޭ

ކޮވިޑް-19 ވެކްސިން ރިޕްރެޒެންޓޭޝަނަލް ފޮޓޯ- ރާއްޖެއަށް ބުދަ ދުވަހު ވެކްސިން ލިބޭނެ ކަމަށް ރިޕޯޓްތައް ބުނޭ

އަވައްޓެރި އިންޑިއާގެ ކޮވިޑް ވެކްސިން ބުދަ ދުވަހު ރާއްޖެއަށް ލިބޭނެ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

"އިންޑިއަން އެކްސްޕްރެސް"ގައި ރިޕޯޓް ކޮށްފައިވާ ގޮތުން ބުދަ ދުވަހު ރާއްޖެއަށް އިންޑިއާގެ ވެކްސިން ލިބިގެން ދިއުމާއެކު، ރާއްޖެ ވެގެންދާނީ އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ޤައުމަށެވެ. އެގޮތުން މި ކަމަށްޓަކައި ދިވެހި ސަރުކާރުން ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިންޑިއާގެ ސަރުކާރުގެ އޮފިޝަލުންނާ ޙަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

އެ ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އިންޑިއާއިން ފޯރުކޮށްދޭ ވެކްސިނަކީ އެ ޤައުމުގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ.

އޭގެ އިތުރުން، އިންޑިއާއިން ފޯރުކޮށްދޭ ވެކްސިން ޖަހާނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ އޮފިޝަލުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވެސް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި އެއަރ އިންޑިއާގެ ފްލައިޓެއްގައި ބުދަ ދުވަހުގެ މެންދުރު 2:00 ގައި ރާއްޖެއަށް ވެކްސިން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެއެވެ.

އިންޑިއަން އެކްސްޕްރެސްގެ އިތުރުން އެ ޤައުމުގެ އެހެންނޫސްތަކުންވެސް މި ޚަބަރު ރިޕޯޓް ކޮށްފައިވެއެވެ. އެހެން ނަމަވެސް، ރާއްޖޭގެ ރަސްމީ މަސްދަރަކުން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެހެން ނަމަވެސް އިންޑިއާގެ މިނިސްޓްރީ އިފް އެކްސްޓާނަލް އެފެއާޒްއިން ނެރުނުބަޔާނެއްގައިވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭކަން ކަށަވަރުކޮށްދީފައެވެ.

އިންޑިއާގެ ނޫސްތަކުން އެހެން ރިޕޯޓް ކޮށްފައިވާއިރު، އިންޑިއާއިން ވަރަށް އަވަހަށް ރާއްޖެއަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަފީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއިން އަބަދުވެސް މަސައްކަތްކުރަނީ ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށާއި ކޮވިޑް-19 ގެ މިހާލަތުގައި ވެސް އެ ކަންތައްތައް ފެނިގެންދާ ކަމަށެވެ.

ސަފީރު ވަނީ އިންޑިއާ އަކީ ފާމަސޫޓިކަލް ބޮޑެތި ކުންފުނިތައް ހިމެނޭ ގައުމަކަށް ވުމުން އިންޑިއާގެ ނެއިބަރހޫޑް ފަސްޓް ޕޮލިސީގެ ދަށުން އަވައްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ބަސްފުޅު ތަކުރާރުކުރައްވާފައެވެ. އިންޑިއާއިން ވަނީ ނެއިބަރހޫޑް ޕޮލިސީގެ ދަށުން ވެސް ރާއްޖެއަށް ހާއްޞަ އިސްކަމެއް ދޭނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު