Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

އިދިކޮޅުގެ އެއްވެސް މެމްބަރަކާ ނުލައި ކޯރަމްހަމަކޮށް ޖަލްސާ ފަށައިފި

ޖަލްސާއަށް ގަޑިއަށް ވަޑައިގެންނެވި މެމްބަރުންނާއި ސަލާމުގައި ތިއްބެވި މެމްބަރުންގެ ނަން ވަނީ އިއްވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2021 | އަންގާރަ 06:18
މަޖިލީހުުގެ މިއަދުގެ ޖަލްސާގެ ތެރެއިން

މަޖިލީހުުގެ މިއަދުގެ ޖަލްސާގެ ތެރެއިން

އިދިކޮޅު ކޯލިޝަން، ޕީޕީއެމް ޕީއެންސީގެ އެއްވެސް މެމްބަރަކާ ނުލައި ކޯރަމްހަމަކޮށް މިއަދުގެ ޖަލްސާ ފަށައިފިއެވެ. މިއަދު ބާއްވާ ޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚު އަވަސްކުރުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ހުށަހެޅިފައިވާ ބިލަށް ބަހުސްކުރުމަށް ބާއްވާ ޖަލްސާއެކެވެ.

މި ޖަލްސާ ފެށުމަށް އެންމެ ފުރަތަމަ ކޯރަމްހަމަނުވުމުގެ ސަބަބުން 15 މިނެޓް މަޑުކުރުމުން ވެސް ކޯރަމްހަމަނުވުމުން މަޖިލީގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވަނީ 15 މިނެޓް މަޑުކުރުމުން ވެސް ކޯރަމްހަމަނުވާކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ނައިބު ރައީސް ވަނީ މިއަދުގެ ޖަލްސާއަށް ގަޑިއަށް ހާޒިރުވި މެންބަރުންގެ ނަމާއި ސަލާމުގައި ތިބި މެމްބަރުންގެ ނަން ވެސް އިއްވާފައެވެ. ޖަލްސާއަށް މެމްބަރުން ހަމަކޮއްދެއްވުމަށް ރިޔާސަތުން ވަނީ އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ

ގޮލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤް

ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ

ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަޢީދު

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް

ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޢަބްދުﷲ

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޤަފޫރުމޫސާ

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް

މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް

ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް

މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

އައްޑޫ މީދު ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު

އީވާ ވަނީ މަޖިލީހުގެ ގަޑިޖެހުނު އިރު ވެސް އެއްވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ވެސް ވިޕެއް ވެސް ވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ޑެޕިއުޓީ ލީޑަރު އިލްޔާސް ލަބީބް ފިޔަވައި އެއްވެސް ޕާޓީއެއްގެ ޑެޕިއުޓީ ލީޑަރު ވެސް ޖަލްސާއަށް ވަޑައިނުގަންނަވާކަމަށް އީވާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ފެށިއިރު އިދިކޮޅު ކޯލިޝަން ކަމުގައިވާ ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ޖަލްސާގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު