Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމު ފާޚާނާތަކެއް ހަދަނީ

19 ޖެނުއަރީ 2021 | އަންގާރަ 04:31

އާންމު ފާޚާނާތަކަކާއި މެނޭޖްމަންޓް އޮފީސްތަކެއް ޤާއިމުކުރުމަށް ޓެންޑަރ ހުށަހެޅުމަށް ވަނީ ހުޅުވައިލާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 19 ޖެނުއަރީ 2021 | އަންގާރަ 04:31
ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމު ފާޚާނާތަކަކާއި މެނޭޖްމަންޓް އޮފީސްތަކެއް ޤާއިމުކުރަން ނިންމައިފިއެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމު ފާޚާނާތަކަކާއި މެނޭޖްމަންޓް އޮފީސްތަކެއް ޤާއިމުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓެންޑަރ ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓެންޑަރއަށް ބޭނުންވާ ލިޔެކިޔުން އެޗްޑީސީގެ ވެބްސައިޓުން ޑައުންލޯޑްކޮށް 8 ފެބްރުއަރީ ގެ މެންދުރުފަހު 1ގެ ކުރިން އެޗްޑީސީގެ ގްރައުޑް ފްލޯގައި ހުންނަ ރިސެޕްޝަނަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން ޓެންޑަރ ސެކިއުރިޓީގެ ގޮތުގައި 50،000 (ފަންސާސް ހާސް) ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށް އެޗްޑީސީއިން މަޢުލޫމާތުދެއެވެ.

Advertisement - newsAdvertisement

ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޚާއްސަ ޕްރީ ބިޑް މީޓިންއެއް މިމަހުގެ 25 ވަނަ ދުވަހު 09 ޖަހާއިރު ބާއްވާނެކަން އެޗްޑީސީއިން ވަނީ ހާމަކޮށްފައެވެ. މި މީޓިންއަށް ފަހު ހަމަ އެދުވަހު މަސައްކަތް ކުރާނެ ތަން ދައްކާލުމަށް ސައިޓް ވިޒިޓްކުރާނެކަމަށް އެޗްޑީސީއިން މަޢުލޫމާތުދެއެވެ. މި ކަމާގުޅޭ އިތުރު މަޢުލޫމާތު އެޗްޑީސީއަށް ގުޅައިގެންނާއި މެއިލްކޮށްގެން ލިބޭއިރު، މިކަމަށް އޮތް އެންމެ ފަހު ތާރީޚަކީ 27 ޖަނަވަރީގެ މެންދުރު 12:00ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމު ފާޚާނާތަކަކާއި މެނޭޖްމަންޓް އޮފީސްތަކެއް ޤާއިމުކުރުމުގެ ބިޑް އޯޕަނިން އޮންނާނީ 8 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 13:00ގައި އެޗްޑީސީ އޮފީހުގެ 3 ވަަނަ ފަންގިފިލާގައި ކަމަށް އެ ކުންފުނިން ހާމަކުރެެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމު ފާޚާނާތަކަކާއި މެނޭޖްމަންޓް އޮފީސްތަކެއް ޤާއިމުކުރަން ނިންމާފައިވާއިރު، އެޗްޑީސީއިން ދަނީ ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރުމަށްފަހު އެ ސަރަހައްދު ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަށްސަށް ފަސޭހައިން އަރައި ފޭބުމަށް ތަރައްޤީކުރާ ކަނެކްޓިންގ ބްރިޖުތަކުގެ ތެރެއިން ފުރަތަމަ ބްރިޖު ވަނީ މިހާރު ހުޅުވައިލާފައެވެ. މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތަކެއް ޤާއިމުކުރުމާއި، "އޮޓޮމެޓިކް ކާ ވޮޝް" ނުވަތަ އަމިއްލައަށް ކާރު ދޮވެވޭގޮތަށް ހުންނަ ތަނަކާއެކު ފިއުލް ޝެޑެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް އަންނަ ރަމަޟާން މަހަށް ނިމޭނެ ކަމަށް އެޗްޑީސީއިން މަޢުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް