Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓޫރިސްޓް ބީޗް

ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ޓޫރިސްޓް ބީޗެއް އައްޑޫގައި ޤާއިމުކުރަނީ

ޓޫރިސްޓް ބީޗެއް ހެދުމަށް އެންމެ އެކަށީގެންވާ ސަރަޙައްދަކީ ކޮބައިކަމާމެދު ވަނީ މަޝްވަރާކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2021 | އަންގާރަ 03:17
އައްޑޫ ސިޓީ ކައުންސިލުން ޑައިވަރުންނާއެކު ބޭއްވި ބައްދަލުވުން

އައްޑޫ ސިޓީ ކައުންސިލުން ޑައިވަރުންނާއެކު ބޭއްވި ބައްދަލުވުން

ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ޓޫރިސްޓް ބީޗެއް އައްޑޫގައި ޤާއިމުކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އައްޑޫ ޑައިވުން، އައްޑޫ ސިޓީ ކައުންސިލާއެކު ބައްދަލުވެ ކުރިއަށްގެންދިޔަ މަޝްވަރާގެ ތެރެއިންނެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލުވުމުގައި އައްޑޫ ޑައިވުން ވަނީ ސައުތު ޕާމް ރިސޯޓު މޯލްޑިވްސްގެ އިތުރުން އައްޑޫ ސިޓީގެ ގެސްޓްހައުސްތަކަށް ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ޑައިވްކުރުމަށް އަންނަ ފަތުރުވެރިން ކަމުގައި ފާހަގަކޮށްފައެވެ.

ނަމަވެސް، ފީނުމަށް އަންނަ ފަތުރުވެރިންގެ އިތުރުން ވެސް އައްޑޫގެ ރީތިކަން ބަލައިލުމަށް އަންނަ ފަތުރުވެރިން ވެސް ގިނަ ކަމަށާއި، އެފަދަ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ޓޫރިސްޓް ބީޗެއް އައްޑޫގައި ހެދުމަކީ މުހިންމު ކަމެއް ކަމުގައި އައްޑޫ ޑައިވްގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އައްޑޫ ސިޓީގައި ޓޫރިސްޓް ބީޗެއް ހެދުމަށް އެންމެ އެކަށީގެންވާ ސަރަޙައްދަކީ ކޮބައި ކަމާމެދު މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، ބީޗް ތަރައްޤީ ކުރާއިރު، ބީޗާއި ކައިރިން ބޭސިކް ޑައިވިންގއާއި މޫދު ކުޅިވަރުތައް ދަސްކޮށްދެވޭނެ ފެސިލިޓީއެއް ޤާއިމުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީގައި ފަރުތައް ރަޖިސްޓްރީކޮށް، މުރަކަތައް ދިރުވާ އާލާކުރެވޭނެ ފަދަ މެރިން ރިސާޗު އިންސްޓިޓިއުޓެއް ޤާއިމުކުރުމާއި، މަންތާ ޓްރަސްޓެއް ޤާއިމުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، އައްޑޫގައި ފުރަތަމަ އެހީ ދިނުމަށް ޚާއްޞަ އިމަރޖެންސީ ރެސްޕޮންޑާސް ތަމްރީނު ކުރުމާއި، މިފަދަ ޕްރޮގްރާމްތައް ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިއުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ، އައްޑޫ ޑައިވްގެ ފަރާތުން ހުށަހެޅުއްވި ކަންތައްތަކަކީ އައްޑޫ ސިޓީއަށް ވަރަށް ބޭނުންތެރި، މުހިންމު ކަންތައްތަކެއް ކަމަށާއި، އެކަންތައްތަކުގައި ކައުންސިލަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

އައްޑޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

22 ޖޫން 2017
އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

19 މެއި 2017
އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

05 މެއި 2017
ގެއްލިގެން ހޯދަމުން ދިޔަ ޓޫރިސްޓް މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ޓޫރިސްޓް މަރުވެފައި އޮއްވާ ފެނިއްޖެ

30 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު