Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އެރުން

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ވާވޭ ކުންފުނީގެ މި އެޕްލިކޭޝަން ޗައިނާގެ ބޮޑެތި ހޮސްޕިޓަލުތަކުގައި މިހާރުވެސް ދަނީ ބޭނުން ކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 19 ޖެނުއަރީ 2021 | އަންގާރަ 00:23
ޗައިނާގެ ވާވޭ ކުންފުނީގެ މައި އޮފީސް ހިންގަމުން އަންނަ އިމާރާތް

ޗައިނާގެ ވާވޭ ކުންފުނީގެ މައި އޮފީސް ހިންގަމުން އަންނަ އިމާރާތް

ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ވާވޭގެ އައު ވާހަކަތަކެއް އެމެރިކާގެ ޖާސޫސުން އަނެއްކާވެސް ފަޅާ އަރުވާލައިފިއެވެ.

އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސްއިން ފަޅާއަރުވާލައިފައިވާ ލިޔުންތަކުގައި ބުނާ ގޮތުން ވާވޭ ކުންފުނިން ވަނީ ޗައިނާ ސަރުކާރާއި ގުޅިގެން ސިންޖިއާން ޕްރޮވިންސްގައި ދިރިއުޅެމުން އަންނަ ވީގްރޫ މުސްލިމުން ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔުމުން ދެނެގަންނާނެ އެޕްލިކޭޝަނެއް އުފައްދާފައެވެ. އެގޮތުން ވާވޭ ކުންފުނީގެ މި އެޕްލިކޭޝަން ޗައިނާގެ ބޮޑެތި ހޮސްޕިޓަލުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ވަނީ ބުނެފައެވެ.

މިކަމަށް ރައްދުދީ ވާވޭއިން ބުނީ 2018 ވަނަ އަހަރު ޗައިނާގެ އެކަޑަމީ އޮފް ސައިންސްއާ ގުޅިގެން އެ ކުންފުނިން އުފެއްދި މި އުފެއްދުމުގެ އަސްލު ބޭނުމަކީ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކަކީ ކާކުކަން ދެނެގަތުމުގެ ބޭނުމުގައި ހެދި އުފެއްދުމެއް ކަމަށާއި، މިއީ ހަމައެކަނި ވީގްރޫ މުސްލިމުން ދެނެގަތުމަށް އުފެއްދި އުފެއްދުމެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ވާވޭގެ ތަރުޖަމާނު ސީއެންއެންއަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ ވާވޭއިން މަސައްކަތް ކުރަނީ އަބަދުވެސް ތަފާތު ޓެކްނޮލޮޖީތައް އީޖާދު ކުރުމަށް ކަމަށާއި، އެކުންފުނިން ހަދާ އެޕްލިކޭޝަން ތަކަކީ މުސްތަގުބަލަށް އޭގެ ފައިދާ ކުރާނެ އެޕްލިކޭޝަންތަކެއް ކަމަށެވެ. އަދި އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސްއިން ފަތުރަމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. މިއީ ވާވޭ ކުންފުނީގެ ވިޔަފާރި އިނދަ ޖައްސާލުމަށް އެމެރިކާ ސަރުކާރު އަޑީގައި އޮވެގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެމެރިކާގެ އިންޓެލިޖެންސް އިދާރާއިން ވަނީ ވާވޭ ކުންފުނިން ޗައިނާގެ ސަރުކާރުން ވީގްރޫ މުސްލިމުންނަށް ކުރަމުން އަންނަ އަނިޔާތަކުގައި ބައިވެރިވެފައިވާކަން ފަޅާ އަރުވާލައިފައެވެ. އެއާއިއެކު ވާވޭ ކުންފުނީގެ އެމްބެސަޑަރ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަން ވަނީ ވާވޭ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނަސްފައެވެ.

އިތުރަށް ކިޔާލަން

28 ޖޫން 2017

ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް

28 ޖޫން 2017
ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު