Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެތުމުގެ ހުނަރު އިތުރުކުރުން

ޅ. އަތޮޅުގައި ފެތުމުގެ ހުނަރު އިތުރުކުރުމަށް ޕްރޮގްރާމެއް ފަށައިފި

މި ޕްރޮގްރާމްގައި ޖުމުލަ 174 ދަރިވަރުން ވަނީ ބައިވެރިވެފައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 18 ޖެނުއަރީ 2021 | ހޯމަ 13:49
އެމްއެންޑީއެފް އިން ޅ.އަތޮޅުގައި، ފެތުމުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމް ފެށުން

އެމްއެންޑީއެފް އިން ޅ.އަތޮޅުގައި، ފެތުމުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމް ފެށުން

ޅ. އަތޮޅުގައި ފެތުމުގެ ހުނަރު އިތުރުކުރުމަށް އެމްއެންޑީއެފުން "ސްވިމިންގ ސްކިލް އެންހޭންސްމަންޓް ޕްރޮގްރާމް" ގެ ނަމުގައި ފެތުމުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ އާއި ޅ. ކުރެންދޫ، ނައިފަރު އަދި ހިންނަވަރުގެ ކައުންސިލް އިދާރާތަކާ ގުޅިގެން ފެށި މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ސްކޫލުތަކުގެ ދަރިވަރުންނަށާއި، އެ ރަށްރަށުގެ ޖަމާޢަތް، ޖަމުޢިއްޔާތަކަށެވެ.

Advertisement - newsAdvertisement

މިގޮތުން، ސްކޫލުތަކުގެ ދަރިވަރުންނަށް ހިންގާ ޕްރޮގްރާމްގައި ފަތަން ނޭނގޭ ދަރިވަރުންނަށް ފެތުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމާއި، ފަތަން ދަސްވެފައިތިބި ދަރިވަރުންގެ ފެތުމުގެ ހުނަރު އިތުރުކުރެވޭނެ ގޮތްތައް ކިޔައިދިނުމުގެ އިތުރުން، ފަތާއިރު ކިކްޖަހާނެ ގޮތާއި ފްލޯޓް ކުރާނެ ގޮތާއި މޫދުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަން ދަނީ ދަސްކޮށްދެމުންނެވެ.

ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްގައި، ފެތުމުގައި ބޭނުންކުރާ އުކުޅުތަކާއި، މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ދަނީ އުނގަންނައިދެމުންނެވެ. ތިއަރީ އަދި ޕްރެކްޓިކަލް ކުލާސްތައް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެ ތިން ރަށުން ޖުމުލަ 60 ފަރާތެއް ބައިވެރިވެފައިވެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންގެ ސްވިމިންގ އިންސްޓްރަކްޓަރުން ކިޔަވައިދެއްވާ މި ޕްރޮގްރާމަށް އެ ތިން ރަށުން ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

މި ޕްރޮގްރާމްގައި ޖުމުލަ 174 ދަރިވަރުން ބައިވެރިވެފައިވާ އިރު، ޕްރޮގްރާމު ކުރިއަށްދާނީ މި މަހުގެ 16 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ތ.އަތޮޅުގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފި

30 އެޕްރީލު 2017
ތ.އަތޮޅުގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފި
27 އެޕްރީލު 2017

އެމްޑީޕީން ނ. އަތޮޅުގައި ބާއްވާ ޖަލްސާ މިރޭ މިލަދޫގައި

27 އެޕްރީލު 2017
އެމްޑީޕީން ނ. އަތޮޅުގައި ބާއްވާ ޖަލްސާ މިރޭ މިލަދޫގައި
27 މާރިޗު 2017

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

27 މާރިޗު 2017
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ  ޕްރޮގްރާމެއް ފަށައިފި
05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު