Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނާދު ސަސްއިން ވަކިވުން

ސަސްގެ އެއްބަސްވުން ނާދު އުވާލައިފި

18 ޖެނުއަރީ 2021 | ހޯމަ 12:49

މީގެ ކުރިން ނާދު ވަނީ އިސްތިއުފާ ނުދޭނެ ކަމަށް ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖެނުއަރީ 2021 | ހޯމަ 12:49
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗަކަށް ހުރި އަޙްމަދު ނާޝިދު (ނާދު)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗަކަށް ހުރި އަޙްމަދު ނާޝިދު (ނާދު)

މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއެކު އެ ޓީމުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ހަދާފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައިފިއެވެ.

ސަސްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހޯމަ ދުވަހު އެ ކުލަބުން ވަނީ ދެ ފަރާތް އެއްބަސްވެގެން ނާދުގެ އެއްބަސްވުން އުވާލިކަން ހާމަކޮށްފައެވެ. އަދި ސަސްއިން ވަނީ ނާދު އެ ޓީމަށް ކޮށްދިން މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ.

ސީޒަން ފެށުމުގެ ކުރިން ގަދަ ހައެއްގައި ނިންމާލަން އަމާޒުހިފި ސަސްއިން އިން ވަނީ މި ސީޒަނުގައި ނާދުގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ސަސްއިން ހަ މެޗު ކުޅެފައިވާއިރު، އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންނެވެ.

ސަސްގެ އެއްބަސްވުން ނާދު އުވާލިއިރު، ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުން ނާދު ބުނީ ސަސްގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވިއިރު ކުލަބުން ދިން ޓާގެޓަކީ ގަދަ ހައެއް ކަމަށާއި، އެ ޓާގެޓަށް ވާސިލްވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި މި ހިސާބުން ކޯޗު ވަކިކުރަން ތަންކޮޅެއް އަވަސް ކަމަށާއި، ކޯޗެއްގެ ހައިސިއްޔަތުން އިސްތިއުފާ ނުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ކުލަބުން އޭނާ ކޯޗަކަށް ބަހައްޓަން ބޭނުންނުވާނަމަ ޖެހޭނީ ވަކިކުރަން ކަމަށްވެސް ނާދު އެ ދުވަހު ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނާދުގެ ބަދަލުގައި ސަސްއިން އަންނަނީ އެ ޓީމުގެ ކޯޗަކަށް ކުލަބު އީގަލްސްގެ ކޯޗުގެ މަގާމުން ދާދި ފަހުން ވަކިވި މުޙައްމަދު ޝިޔާޒް (މޯހަން) ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ނާދަކީ މި ސީޒަން ފެށި ފަހުން މިހާތަނަށް ޓީމަކުން ވަކިވި ހަތަރުވަނަ ކޯޗެވެ. މީގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗަކަށް ހުރި މުޙައްމަދު ނިޒާމް (ނިޒާމްބެ) އާއި، އީގަލްސްގެ ކޯޗަކަށް ހުރި މުޙައްމަދު ޝިޔާޒް (މޯހަން) އަދި ޔޫވީގެ ކޯޗަކަށް ހުރި މުޙައްމަދު އާދަމް ވަނީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، ޓީމު ދޫކޮށްލާފައެވެ.

މި ސީޒަނުގައި މުޅިން އަލަށް ދިވެހި ޕްރިމިއާ ލީގު ކުޅެމުން އަންނަ ސަސް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކުގައެވެ. ލީގުގައި ދެން ސަސްއިން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެ ދުވަހު ސަސް ނުކުންނާނީ ކުލަބު ވެލެންސިއާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި

12 އޯގަސްޓު 2017
އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި
12 އޯގަސްޓު 2017

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް
15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
13 މެއި 2017

ހެންވޭރު ޑާބީ މެޗު ކާމިޔާބުކުރުމަށް ޒެފްރޯލް އޮތީ ކެތްމަދުވެފަ: ނާދު

13 މެއި 2017
ހެންވޭރު ޑާބީ މެޗު ކާމިޔާބުކުރުމަށް ޒެފްރޯލް އޮތީ ކެތްމަދުވެފަ: ނާދު
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް