Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ހެންވޭރު ޑާބީ މެޗު ކާމިޔާބުކުރުމަށް ޒެފްރޯލް އޮތީ ކެތްމަދުވެފަ: ނާދު

13 މެއި 2017 | ހޮނިހިރު 13:55

ޒެފްރޯލް ވަނީ ފާއިތުވި އަހަރުވެސް ދެވަނަ ޑިވިޝަންގެ ފައިނަލްގައި ކުޅެފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 މެއި 2017 | ހޮނިހިރު 13:55
ކްލަބު ޒެފްރޯލްގެ ހެޑް ކޯޗު އަހުމަދު ނާޝިދު (ނާދު)

ކްލަބު ޒެފްރޯލްގެ ހެޑް ކޯޗު އަހުމަދު ނާޝިދު (ނާދު)

މުބާރާތަށް ނުކުތީ ފުރަތަމަ ޑިވިޝަންގެ ޖާގައެއް ކަށަވަރު ކުރުމަށް ކަމަށާއި އެގޮތުން ހެންވޭރު ޑާބީ މެޗު ކާމިޔާބުކުރުމަށް ޒެފްރޯލް އޮތީ ކެތްމަދުވެފައި ކަމަށް އެޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފިއެވެ.

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި އާދިއްތަ ދުވަހުގެރޭ ޒެފްރޯލާއި ކުޑަ ހެންވޭރު ބައްދަލުކުރާ އިރު، ޒެފްރޯލަކީ ފާއިތުވި އަހަރުވެސް މި މުބާރާތުގެ ފައިނަލްގައި ކުޅެފައިވާ ޓީމެކެވެ. އެހެން ނަމަވެސް އެޓީމަށް ވަނީ ފައިނަލްގައި 2-5 އިން ބަލިވެ ފުރަތަމަ ޑިވިޝަނަށް އެރުމަށް ކުރަމުން އައި މަސައްކަތަށް ހުރަސް އެޅިފައެވެ.

މިއަހަރުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުގެ އަޒުމުގައި ކުޑަ ހެންވޭރާ ދެކޮޅަށް ކުޅޭ ފައިނަލަށް ނުކުތުމުގެ ކުރިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ނާދު ބުނީ ފުޓުބޯޅައިގައި މިފަހުން އެންމެ ރަނގަޅު ފުޓުބޯޅައެއް ކުޅެމުން އަންނަ ކްލަބުތައް ނިސްބަތް ވަނީ ހެންވޭރަށް ކަމަށެވެ.

ނާދު ބުނީ ޒެފްރޯލާއި ކުޑަ ހެންވޭރަށް ނިސްބަތްވާ ޓީމުތަކެއް ކަމުން މިއީ ފޯރިގަދަ ބަލާހިތްވާ ފަދަ ކުޅުމެއް ފެނިގެންދާނެ މެޗެއް ކަމަށް ގަބޫލުކުރާ ކަމަށާއި އަދި މި މެޗަށް ޒެފްރޯލް އޮތީ އެންމެ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

މި މެޗަށް ނުކުންނަ އިރު ޒެފްރޯލްގެ ޑިފެންޑަރަކަށް ކާޑު ހަމަވެގެން ނުކުޅެވޭ އިރު، އަނިޔާގެ އެއްވެސް މައްސަލައެއް ޓީމުގައި ނެތް ކަމަށް ނާދު ބުންޏެވެ.

ޒެފްރޯލާއި ކުޑަ ހެންވޭރު ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް