Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ

ނަވަލްނީ ދޫކޮށްލުމަށް ގޮވާލައި އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގެ ޕްރެޝަރ ރަޝިއާއަށް

18 ޖެނުއަރީ 2021 | ހޯމަ 07:12

ނަވަލްނީގެ ވަކީލު އެމީހުންނާ އެކުގައި ދިއުމުގެ ހުއްދަ ދީފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖެނުއަރީ 2021 | ހޯމަ 07:12
ރަޝިއާގެ އިދިކޮޅު ލީޑަރ ނަވަލްނީ ރަޝިއާއަށް ވަޑައިގެންނެވި މަންޒަރު

ރަޝިއާގެ އިދިކޮޅު ލީޑަރ ނަވަލްނީ ރަޝިއާއަށް ވަޑައިގެންނެވި މަންޒަރު

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ދޫކޮށްލުމަށް ގޮވާލައި އެމެރިކާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން ރަޝިއާއަށް ޕްރެޝަރ ކުރަން ފަށައިފިއެވެ.

އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ނަވަލްނީ ހައްޔަރުކޮށްފައިވަނީ އިދިކޮޅުގެ އަޑުކަނޑުވައިލުމުގެ ގޮތުންނެވެ. އަދި ވަގުތުން ޝަރުޠަކާ ނުލައި ނަވަލްނީ ދޫކޮށްލަން ޖެހޭކަމަށް ޕޮމްޕެއޯ ވިދާޅުވެފައިވެއެވެ.

ޕޮމްޕެއޯ އިތުރަށް ވިދާޅުވީ، ހިތްވަރު ހުރި ވެރިއެއްނަމަ އިދިކޮޅުގެ އަޑު އިއްވުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި، އަދި ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް މީހުން ހައްޔަރު ވެސް ނުކުރާނެ ކަމަށެވެ.

އޭގެ އިތުރުން، އިންތިޚާބީ ރައީސް ޖޯ ބައިޑެންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިސަރ ޖޭކް ސަލަވަންއާއި، ޔޫރަޕިއަން ކައުންސިލުގެ ރައީސް ޗާރލްސް މައިކަލްގެ އިތުރުން، ފްރާންސާއި އިޓަލީ ފަދަ ޤައުމުތަކުގެ ލީޑަރުން ވެސް ވަނީ ނަވަލްނީ ދޫކޮށްލުމަށް ގޮވައިލައްވާފައެވެ.

ސިއްޙީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަނބުރާ ޤައުމަށް ވަޑައިގެންފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. ނަވަލްނީ ޤައުމަށް ވަޑައިގަތުމާއެކު، އެ ޤައުމުގެ ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އެގޮތުން ނަވަލްނީ ރަޝިއާއަށް ވަޑައިގެންފައި މިވަނީ ވެސް ހައްޔަރުކުރާނެ ކަމުގެ އިންޒާރު ރަޝިއާގެ ޕްރިޒަން ސަރވިސްއިން ދީފައިވާ ދަނޑިވަޅެއްގައެވެ.

ނަަވަލްނީގެ ސްޕޯކްސްމަން ކިރާ ޔަރްމީޝް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ނަވަލްނީ ގެންދިޔަ ސަބަބު ފުލުހުން ހާމަކޮށްފައި ނުވާކަމަށާއި ނަވަލްނީގެ ވަކީލު އެމީހުންނާ އެކުގައި ދިއުމުގެ ހުއްދަ ވެސް ދީފައި ނުވާކަމަށެވެ. އަދި އެކަމާ ދެކޮޅަށް ނަވަލްނީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އަޑުއުފުލައި އިހުތިޖާޖު ކޮށްފައެވެ.

ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަކީ އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ސަރުކާރަށް ކުރައްވާ ޗެލެންޖެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ވަނީ ސިފަ ކޮށްފައެވެ. އެގޮތުން މޮސްކޯގެ ޕްރިޒަން ސަރވިސް އިން މިހާރުވެސް ވަނީ ޕެރޯލްގެ ޤަވާއިދުތަކާ ނަވަލްނީ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ، އޭގެ ނަތީޖާއެއްގެ ގޮތުން 3 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއް އައިސްދާނެ ކަމަށް ބުނެފައެވެ.

ރަޝިއާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާ އިން މޮސްކޯއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީ އަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރެވެ. އެކަމަކު ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ނަވަލްނީ ހޮސްޕިޓަލުުން ދޫކޮށްލާފައިވާއިރު، އޮކްޓޯބަރު މަހުގެ 20 ހިސާބުގައި އާލާސްކަންފުޅުގެ ހުރިހާ އަލާމާތެއް ވެސް ފިލައިގެން ގޮސްފައިވާ ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

އެއާއެކު ރަޝިއާގެ ސަރުކާރުން ވަނީ ނަވަލްނީ އަނބުރާ ޤައުމަށް ގެނައުމަށް ވަރަށް ބޮޑަށް ބާރު އަޅާފައެވެ. އެގޮތުން ނަވަލްނީއަކީ ޙުކުމެއްގެ ދަށުން ސަސްޕެންޝަނެއްގައި ހުންނެވި ބޭފުޅަކަށްވެފައިި، ޤައުމުން ބޭރުގައި ހުންނެވީ ސަސްޕެންޝަންގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ރަޝިއާގެ ޕްރިޒަން ސަރވިސް އިން ވަނީ ވަގުތުން ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަށް އަމުރު ކޮށްފައެވެ. އަދި އަނބުރާ ވަޑައިނުގަންނަވައިފި ނަމަ، ސަސްޕެންޝަން ޖަލު ޙުކުމަކަށް ބަދަލުވެގެން ދިއުން ގާތް ކަމަށް ޕްރިޒަން ސަރވިސް އިން އޭރު ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

17 ޖުލައި 2017

އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި

17 ޖުލައި 2017
އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި
15 ޖުލައި 2017

ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި

15 ޖުލައި 2017
ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި
11 ޖޫން 2017

ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި

11 ޖޫން 2017
ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި
10 ޖޫން 2017

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

10 ޖޫން 2017
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި
29 މެއި 2017

އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް

29 މެއި 2017
އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް