Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު ކެމްޕެއިން

ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ އިދިކޮޅުން ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

މިއަދު އެޗްޕީއޭގެ ޤަވާއިދުތަކާ އެއްގޮތަށް ޖަލްސާގެ ކަންކަން ބެލެހެއްޓުމަށް ހުއްދަ ދެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖެނުއަރީ 2021 | ހޯމަ 08:06
ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިދިކޮޅު ކޯލިޝަން މެމްބަރުން މައްސަލަ ހުށަހެޅުމަށް ކޯޓަށް ވަޑައިގަންނަވަނީ

ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިދިކޮޅު ކޯލިޝަން މެމްބަރުން މައްސަލަ ހުށަހެޅުމަށް ކޯޓަށް ވަޑައިގަންނަވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

އިދކޮޅު ކޯލިޝަނުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހުއެވެ. އެހެން ނަމަވެސް މި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އޭރުގެ އިދިކޮޅުގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާތަކާއި އެއްވުންތައް ބޭއްވުމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ރިޔާސީ އިންތިޚާބާ ދިމާކޮށް މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް އެދި އެތައް ތަނަކަށް އޭރު އިދިކޮޅުން އެދިފައިވާއިރު، އިދިކޮޅު ޕާޓީތަކަށް ޖަލްސާ ބޭއްވުމަށް ހުއްދަ ދިނީ އެތައް ފަހަރަކު އެދިގެންނެވެ. ނަމަވެސް އޭރު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ދޭތެރެ ދޭތެރެއިން އެތަނުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގައެވެ.

އެއަށްފަހު އައު ސަރުކާރު އައީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ކަށަވަރު ކޮށްދިނުމުގެ ވައުދާ ވެސް އެކުގައެވެ. އެއާއެކު، މިހާރުގެ އިދިކޮޅު ފަރާތްތަކަށް ވެސް ހަމަހަމަކަމާއެކު އެއްވެ އުޅުމުގެ ފުރުސަތު ދަނީ ލިބެމުންނެވެ. އެގޮތުން ދޭތެރެ ދޭތެރެއިން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގެންދަނީ އެއްވުންތައް ބާއްވަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ ނިމިގެންދިޔަ 2020 ވަނަ އަހަރަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު