Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫޢު- ޝަކުވާ ހުށަހެޅުން

ހިޔާ ފްލެޓުތަކާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ބަލާނެ ތަނެއް ނެތްކަމަށް އޭސީސީން ނިންމައިފި

18 ޖެނުއަރީ 2021 | ހޯމަ 05:38

މިހާތަނަށް އެ ކޮމިޝަނަށް އެކަމާ ގުޅޭ 100ށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖެނުއަރީ 2021 | ހޯމަ 05:38
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބައެއް މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި ބައިވެރިވެވަޑައިގަންނަވަނީ- އޭސީސީން ވަނީ މި މައްސަލަތައް ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބައެއް މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި ބައިވެރިވެވަޑައިގަންނަވަނީ- އޭސީސީން ވަނީ މި މައްސަލަތައް ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައި

ހިޔާ ފްލެޓުތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިފައިވާ މައްސަލަތައް ނުބެލުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މަޢުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހިޔާ މަޝްރޫޢުތަކުގެ ފްލެޓުތަކުގެ ވަގުތީ ލިސްޓުތައް އާންމު ކުރުމުން، މިހާތަނަށް އެ ކޮމިޝަނަށް އެކަމާ ގުޅޭ 100ށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދިރިއުޅުމުގެ ޙާލަތަށް ޕޮއިންޓް ދިން ގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ފުރުސަތު ނުލިބޭ ކަމަށްބުނެ ހުށަހެޅިފައިވާ މައްސަލަތަކެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު އިތުރަށް ވިދާޅުވީ، ހިޔާ މަޝްރޫޢުގެ އެޗް7 ފިޔަވައި އެހެން ކެޓެގަރީތަކުގެ ވަގުތީ ލިސްޓް އާންމު ކުރިއިރު ދިރިއުޅުމުގެ ޙާލަތަށް ޕޮއިންޓް ދޭ މިންގަނޑު އާންމުކޮށްފައި ނުވާ ކަމަށެވެ. އެއާއެކު، ޝަކުވާ ހުށަހެޅުމުގައި ބަލާނެ އެކަށީގެންވާ މިންގަނޑެއް ނެތްކަން މައްސަލަ ހުށަހެޅި ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ. އަދި އެ ކެޓެގަރީ ތަކުގެ ޕޮއިންޓް ދޭ އުސޫލު އާންމުކުރިއިރު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވުމުން އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވެއެވެ.

މި މައްސަލަތައް ބެލުމަށްފަހު އޭސީސީން ވަނީ އެ ކެޓެގަރީތަކަށް ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ފެންނަ ކަމަށް ބުނެ، ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް އެކަމާ ގުޅޭ ރެކޮމެންޑޭޝަނެއް ދީފައެވެ. އަދި އެއާ ގުޅޭގޮތުން ކޮމިޓީން ވަނީ ޝަކުވާ ހުށަހަޅަން ވެސް އިތުރު ފުރުސަތު ފަހި ކޮށްދީފައެވެ. އޭސީސީން މި މައްސަލަތައް ނުބަލަން ނިންމީ އެ ސަބަބުތަކާހެދިކަން އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އޭގެ އިތުރުން، މި މައްސަލަތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނުވަތަ ނާޖާއިޒު ފައިދާ ހޯދައިދިނުން ފަދަ މައްސަލައެއް ވެސް ފާހަގަވެފައި ނުވާ ކަމަށެވެ.

"ހިޔާ" މަޝްރޫޢުގެ ފްލެޓުތަކުގެ ވަގުތީ ލިސްޓު އިޢުލާނުކޮށްފައިވާ ކެޓަގަރީތަކުގައި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގައި ޕޮއިންޓްދީފައިވާ ގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތެއް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އޭރު ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތެއް ހުޅުވާފައި ވަނީ 2020 ޑިސެންބަރު 30 ވަނަ ދުވަހުން ފެށިގެން 2021 ޖަނަވަރީ 5 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް