Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަޝްމީރުގެ ހަމަނުޖެހުން

ކަޝްމީރުގެ ޕާކިސްތާނާވީ ފަޅީގައި ޗައިނާއިން މަގު ހަދާތީ އެކަމުގެ ނުރުހުން!

ޖަމްމު ކަޝްމީރުގައި ޗައިނާ ސަރުކާރުން ހަދަމުން އަންނަނީ 33 ކިލޯމީޓަރުގެ ބޮޑު މަގެއް

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޖެނުއަރީ 2021 | ހޯމަ 03:46
ކަޝްމީރުގައި ޗައިނާ ސަރުކާރުން ހަދަމުން އަންނަ މަގު

ކަޝްމީރުގައި ޗައިނާ ސަރުކާރުން ހަދަމުން އަންނަ މަގު

ޖަމްމު ކަޝްމީރުގެ ޕާކިސްތާނާވީ ފަޅީގައި ޗައިނާއިން 33 ކިލޯމީޓަރުގެ މަގެއް ހަދަމުން އަންނާތީ އެކަމާ ޖަމްމު ކަޝްމީރުގެ ރައްޔިތުން ނުރުހުން ފާޅުކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަޝްމީރުގެ ޕާކިސްތާނާވީ ފަޅީގައި ޗައިނާ ސަރުކާރުގެ އެހީގައި ހަދަމުން އަންނަ 33 ކިލޯމީޓަރުގެ ބޮޑު މަގު ހެދުމަށް ކަޝްމީރު ރައްޔިތުން ވަނީ ދެކޮޅު ހަދާފައެވެ. އެގޮތުން ކަޝްމީރުގެ ރައްޔިތުން ބުނަމުން އަންނަނީ ޗައިނާއިން ބޮޑު މަގެއް ހެދުމުގެ ބޭނުމަކީ ކަޝްމީރުގައި ޗައިނާގެ މިލިޓަރީ ބޭސްއެއް ހެދުމަށް ކަމަށެވެ.

މި މައްސަލަ ހޫނުވީ ޕާކިސްތާނުގެ މީޑިއާއަކުން ޖަމްމު ކަޝްމީރުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މަގެއް ހަދަމުން އަންނައިރު، ޕާކިސްތާނު ސަރުކާރުން ކަޝްމީރުން ބިމެއް ޗައިނާ ސަރުކާރަށް ދޭން ނިންމާފައިވާކަން ފަޅާ އަރުވާލި ހިސާބުންނެވެ.

ކަޝްމީރު ރައްޔިތުން ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުން އަންނައިރު، މުޒާހަރާގެ ބައިވެރިން ގޮވަމުން އަންނަނީ އިތުރު ހަނގުރާމައަކަށް ދިޔުމަށް ބޭނުންނުވާ ކަމަށެވެ.

ކަޝްމީރުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 33 ކިލޯމީޓަރުގެ މަގެއް ހަދަމުން އަންނައިރު ޗައިނާ ސަރުކާރުން އަންނަނީ ޕާކިސްތާނުގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަމުންނެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ

01 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ
25 މެއި 2017

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި

25 މެއި 2017
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި
13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު