Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތްހާ ހިނދަކު އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަންވާނީ އެޗްޕީއޭގެ އިރުޝާދާއެކު

މިގާނޫނަށް އަމަލު ކުރަން ޖެހުމާއެކު 10 މެއި 2021ގެ ކުރިން އިންތިހާބު ބާއްވާކަށް ލާޒިމެއް ނޫން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2021 | ހޯމަ 04:35
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އަދި ބައެއް މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އަދި ބައެއް މެމްބަރުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންކަން އަލުން ފަށާއިރު، އިންތިހާބުގެ ކަންކަން ފަށަންޖެހޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެރިޔާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އިރުޝާދާއެއްގޮތަށްކަމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020"އަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެކުލަވައިލާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020"އަށް އިސްލާހު ގެނައުމުގެ ބިލްގެ ރިޕޯޓްގައިވާގޮތުން، އެގާނޫނުގައި 10 މެއި 2021ގެ ކުރިން އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ކުރިން ބުނެފައިވާ މާއްދާ ވެސް ވަނީ އިސްލާހު ކޮށްފައެެވެ. އެގޮތުން މިހާރު ގެނެސްފައިވާ އިސްލާހުގައި އެބިލްގައި އިންތިހާބު ބާއްވަންޖެހޭ ވަކި ތާރީޚެއް ކަނޑައަޅާފައެއްް ނުވެއެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮތްހާހިނދަކު އިންތިހާބު ބޭއްވުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަން ޖެހޭނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލްތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ވެސް ކޮމެޓީން އިސްލާހު ކޮށްފައިވާ ބިލްގައި ބުނެފައިވެއެވެ.

ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020"އަށް މި ގެނެވޭ އިސްލާހުގެ ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، އަލުން ފަށަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީޚެއް ކަނޑައެޅުމަށްފަހުގައި ކަމަށް އިސްލާހު ގެނައުމުގެ ބިލްގައި ބުނެފައިވެއެވެ. އަދި އިންތިހާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއެކު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅަންޖެހޭ އުސޫލްތައް، އިލެކްޝަންސް ކޮޮމިޝަނުން ކަނޑައަޅައި އެ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެކުލަވާލައި، އާންމު ކުރަންވާނެކަމަށް ވެސް އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައި އިތުރަށް ބުނެފައިވާގޮތުގައި، އިންތިހާބު ބޭއްވުމަށް އިޢުލާނު ކުރުމަށްފަހު، އިންތިހާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިލެކްޝަންސް ކޮމިޝަނުން ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހެއެވެ.

މިބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމާފައިވާއިރު، ދެން އެބިލު އަނެއްކާވެސް ދާނީ މަޖިލީހުގެ ތަޅުމަށެވެ. މި މަރުހަލާގައި ވެސް މަޖިލީހުގެ މެމްބަރުންނަށް އެބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދެއެވެ. އެބިލް ފާސްވާނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގެ އަޣްލަބިއްޔަތު ލިބިގެންނެވެ.

މަޖިލީހުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާތަކަކީ، އެބިލްގެ މަސައްކަތް ނިންމުމަށްޓަކައި ކުރިއަށް ގެންދާ، މަޖިލީހުގެ ދައުރުން ބޭރުން ބޭއްވޭ ހާއްސަ ޖަލްސާތަކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު