Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ

ނަވަލްނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

17 ޖެނުއަރީ 2021 | އާދީއްތަ 21:04

ނަވަލްނީގެ ވަކީލު އެމީހުންނާއި އެކުގައި ދިއުމުގެ ހުއްދަ ދީފައެއް ނުވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 ޖެނުއަރީ 2021 | އާދީއްތަ 21:04
އެލެކްސީ ނަވަލްނީ މީޑިއާތަކާއި މުހާތަބު ކުރައްވަނީ

އެލެކްސީ ނަވަލްނީ މީޑިއާތަކާއި މުހާތަބު ކުރައްވަނީ

ސިއްޙީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަނބުރާ ޤައުމަށް ވަޑައިގަތުމާއިއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ނަަވަލްނީގެ ސްޕޯކްސްމަން ކިރާ ޔަރްމީޝް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ނަވަލްނީ ގެންދިޔަ ސަބަބު ފުލުހުން ހާމަކޮށްފައި ނުވާކަމަށާއި ނަވަލްނީގެ ވަކީލު އެމީހުންނާއި އެކުގައި ދިއުމުގެ ހުއްދަވެސް ދީފައި ނުވާކަމަށެވެ.

ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެއާއެކު ރަޝިއާގެ ސަރުކާރުން ވަނީ ނަވަލްނީ އަނބުރާ ޤައުމަށް ގެނައުމަށް ވަރަށް ބޮޑަށް ބާރު އަޅާފައެވެ. އެގޮތުން ނަވަލްނީއަކީ މިހާރުވެސް ޙުކުމެއްގެ ދަށުން ސަސްޕެންޝަނެއްގައި ހުންނެވި ބޭފުޅަކަށްވެފައި، މިހާރު ޤައުމުން ބޭރުގައި ހުންނަވަނީ ސަސްޕެންޝަންގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ރަޝިއާގެ ޕްރިޒަން ސަރވިސް އިން ވަނީ ވަގުތުން ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަށް އަމުރު ކޮށްފައެވެ.

ގައުމަށް އެނބުރި ވަޑައިގަންވަމުން މީޑިއާތަކާއި ވާހަކަ ދައްކަވަމުން ނަވަލްނީ ވިދާޅުވީ، އެއްވެސް ކަމަކާ ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެނބުރި ޤައުމަށް ވަޑައިގެންނެވޭތީ އުފާ ކުރައްވާ ކަމަށް ވެސް ނަވަލްނީ ވިދާޅުވިއެވެ.

އިންޒާރުތަކާއި އެކުވެސް ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަކީ އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ސަރުކާރަށް ކުރައްވާ ޗެލެންޖެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ވަނީ ސިފަ ކޮށްފައެވެ.

އެގޮތުން މޮސްކޯގެ ޕްރިޒަން ސަރވިސް އިން މިހާރުވެސް ވަނީ ޕެރޯލްގެ ޤަވާއިދުތަކާ ނަވަލްނީ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ، އޭގެ ނަތީޖާއެއްގެ ގޮތުން 3 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއް އައިސްދާނެ ކަމަށް ބުނެއެވެ.

އޭގެ އިތުރުން، ނަވަލްނީގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ވެސް ރަޝިއާގެ ތަހުޤީޤީ އިދާރާތަކުން ބަލަމުންދާއިރު، ސާބިތުވެއްޖެ ނަމަ މަދުވެގެން 10 އަހަރުގެ ޖަލު ޙުކުމް އަންނާނެ ކަމަށް ބެލެވޭކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ނަވަލްނީ މިހާރުވެސް ސަސްޕެންޝަންގައި ހުންނެވީ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ކަމަށް ވާއިރު އެއީ ސިޔާސީ ދައުވާއެއް ކަމަށް ނަވަލްނީ ތަކުރާރުކޮށް ވިދާޅުވެއެވެ.

އުމުރުން 44 އަހަރުގެ އެލެކްސީ ނަވަލްނީ އަށް މަޝްހޫރުކަން ލިބިގެން ދިޔައ،ީ 2012 ވަނަ އަހަރު ރައީސް ވްލަޑީމިއާ ޕުޓިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ބޭއްވި މުޒާހަރާތަކުގައި އޭނާ ދެއްވި ފޯރި ގަދަ ތަގުރީރުތަކުގެ ސަބަބުންނެވެ.

ރަޝިއާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާ އިން މޮސްކޯ އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީ އަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރުން ކަމަށްވާއިރު ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2017

ސޯމާލިއާގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ފުލުހުންގެވެރިޔާ މަގާމުން ވަކިކޮށްފި

30 އޮކްޓޯބަރު 2017
ސޯމާލިއާގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ފުލުހުންގެވެރިޔާ މަގާމުން ވަކިކޮށްފި
27 އޮކްޓޯބަރު 2017

ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ

27 އޮކްޓޯބަރު 2017
ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ
23 އޮކްޓޯބަރު 2017

ސްޕެއިންގެ އަތްދަށަށް ގެންދަން މަސައްކަތްކޮށްފި ނަމަ އެކަމަށް ބޯނުލަބާނެ: ކެޓަލޯނިއާ

23 އޮކްޓޯބަރު 2017
ސްޕެއިންގެ އަތްދަށަށް ގެންދަން މަސައްކަތްކޮށްފި ނަމަ އެކަމަށް ބޯނުލަބާނެ: ކެޓަލޯނިއާ
27 ޖޫން 2017

ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

27 ޖޫން 2017
ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ
22 މެއި 2017

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
24 ފެބުރުއަރީ 2017

ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް

24 ފެބުރުއަރީ 2017
ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް
23 ފެބުރުއަރީ 2017

މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

23 ފެބުރުއަރީ 2017
މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް