Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލެސްޓާ ދެވަނައަށް، ޗެލްސީއަށް މުހިންމު މޮޅެއް

17 ޖެނުއަރީ 2021 | އާދީއްތަ 06:57

ސައުތެމްޓަން އަތުން ލެސްޓާ މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ޖެނުއަރީ 2021 | އާދީއްތަ 06:57
ލެސްޓާ އާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 2-0 ން

ލެސްޓާ އާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 2-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ސައުތެމްޓަން ބަލިކޮށް ލީގު ތާވަލުގެ ދެވަނައަށް ލެސްޓާ ސިޓީ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލެސްޓާ މޮޅުވީ ސައުތެމްޓަން އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ސައުތެމްޓަނުން ނުކުތީ ކޮވިޑް-19 ގެ ސަބަބުންނާއި، އަނިޔާގެ ސަބަބުން އެ ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން ނުލައެވެ. މި މެޗުގައި ލެސްޓާއިން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އެ ޓީމުން މެޗުގައި ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ލެސްޓާއަށް ލީޑު ނަގައިދިނީ ޖޭމްސް މެޑިސަންއެވެ. އަދި މެޗުގައި ލެސްޓާއިން ލީޑު ފުޅާކޮށްފައިވަނީ އިތުރު ވަގުތުގައި ހާވީ ބާންސް ކާމިޔާބުކުރި ލަނޑުންނެވެ.

މި މޮޅާއެކު ލެސްޓާ ތާވަލުގެ ދެވަނައަށް ޖެހިލީ ކުޅުނު 18 މެޗުން ލިބުނު 35 ޕޮއިންޓާއެކުއެވެ. ކުރިން ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މި ވަގުތު ތިންވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓާއެކުއެވެ. ލީގުގައި އާދިއްތަ ދުވަހުގެރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ލީގުގެ މަގާމުތަކަށް ބަދަލުއަންނާނެއެވެ. ޔުނައިޓެޑް އެއްވަނައިގައި އޮތީ 17 މެޗުން 36 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ރަށުން ބޭރުގައި ފުލަމް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން ޗެލްސީން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ.

މި މެޗުގައި ފުލަމަށް މައްސަލަތަކެއް ދިމާވީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމުގެ އެންޓޯނީ ރޮބިންސަނަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކިއުޓޭއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު ފުލަމުން އެއް ކުޅުންތެރިއަކު މަދުކޮށް ދެވަނަ ހާފު ކުޅުނުއިރު، ޗެލްސީން މެޗުގައި ލީޑު ނަގާފައިވަނީ 78 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. އަދި އޭގެ ފަހުން މެޗުގެ ފަހު ކޮޅުގައި ޗެލްސީގެ ޓިމޯ ވާނާއަށް ލަނޑެއް ޖަހަން ހުސް ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޗެލްސީ ލީގުގެ ހަތްވަނައިގައި އޮތީ 18 މެޗުން 29 ޕޮއިންޓާއެކުއެވެ. އަދި ޗެލްސީ އަތުން ބަލިވި ފުލަމް އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 17 މެޗުން 12 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް