Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގެ ކޯޓުތަކަށް އަންހެން ފަނޑިޔާރުން

ސައުދީގެ ކޯޓުތަކަށް އަންހެނުން ފަނޑިޔާރު ކަމަށް ޢައްޔަން ކުރަނީ!

އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތައް ކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖެނުއަރީ 2021 | އާދީއްތަ 07:20
ސައުދީ އަރަބިއްޔާގެ އަންހެން ކަނބަލުންނަށް މަހުރަމަކާ ނުލާ ވެހިކަލް ދުއްވުމުގެ ހުއްދަ ދީފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި

ސައުދީ އަރަބިއްޔާގެ އަންހެން ކަނބަލުންނަށް މަހުރަމަކާ ނުލާ ވެހިކަލް ދުއްވުމުގެ ހުއްދަ ދީފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި

ސައުދީ އަރަބިއްޔާގެ ކޯޓުތަކުގައި ފަނޑިޔާރުންގެ ގޮތުގައި އަންހެން ފަނޑިޔާރުން ވަރަށް އަވަހަށް ޢައްޔަންކުރަން ފަށާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ހިންދު އަލް ޒާހިދް ދަ އަންޑަރ ސެކިއުރިޓީ ފޯ ވުމެން އެމްޕަވަރމެންޓް އެޓް ދަ ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން ހުކުރު ދުވަހު ބުނެފައިވަނީ ސައުދީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ވަރަށް އަވަހަށް އަންހެން ކަނބަލުން ޢައްޔަންކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިނިސްޓަރ އޮފް ޖަސްޓިސް ވާލިދް އަލް ސަމާނީ ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ޖުޑިޝަލް ސަރވިސްގެ އެކި މަގާމުތަކަށް 100 އަންހެން ބޭކަނބަލުން ޢައްޔަން ކުރުމަށް ހުއްދަ ދީފައިވާ ވެސް ކަމަށް ވާލިދް ވިދާޅުވިއެވެ.

އަލް އަރަބިއްޔާ ޓީވީގައި ވާހަކަދައްކަވަމުން އަލް ޒާހިދު ވިދާޅުވީ ސަރުކާރުން އޮތީ އަންހެނުން ބާރުވެރި ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އަތުކުރި އޮޅާލައިގެން ކަމަށެވެ. ސަރުކާރު އިސް މަގާމުތަކަށް އަންހެނުން އައްޔަން ކުރަން ފަށާފައިވަނީ ވަރަށް ފަހުންކަން ފާހަގަކުރައްވައި ޒާހިދު ވިދާޅުވީ މިހާރު އަންހެނުން އިސްމަގާމުތަކުގައި ތިބި އެންމެ ގިނަ ދާއިރާއަކީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެނިހެން ދާއިރާތަކުގެ އިސްމަގާމުތަކުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖުޑިޝަލް މިނިސްޓްރީން ވަނީ ދާދި ފަހުން ވެސް އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ގާބިލް އަންހެން ބޭކަނބަލުން މިނިސްޓްރީގެ އެހެނިހެން މަގާމުތަކަށް ޢައްޔަން ކޮށްފައެވެ. އެގޮތުން ޝަރިޢާ، ލޯ އަދި ސޯޝިއޮލޮޖީގެ ދާއިރާއަށް ތަޢުލީމީ ކަނބަލުން މަގާމުތަކަށް ނަގާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، 2025 ވަނަ އަހަރު އަންނަން ވާއިރަށް 25 އިންސައްތަ ކުރިއެރުމަށް ސައުދީގެ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ނަމަވެސް މިހާރު އެ ޓަރގެޓް ހާސިލްވެ މިއަދަދު މިހާރު ވަނީ 31 އިންސައްތައަށް އަރާފައެވެ.

އިތުރަށް ކިޔާލަން

22 ޖޫން 2017

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
19 މެއި 2017

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

19 މެއި 2017
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު