Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކުވެނި ސިންތެޓިކް ޓްރެކް ތަރައްގީކުރުން

ސިންތެޓިކް ޓްރެކާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޝާހިދު

ސިންތެޓިކް އެޅުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 16 ޖެނުއަރީ 2021 | ހޮނިހިރު 14:57
ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ

ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ

އަލަށް ހުޅުވި އެކުވެނި ސިންތެޓިކް ޓްރެކާއެކު ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުން މިނިސްޓަރ ވަނީ އެކުވެނި ޓްރެކާއި ދިވެހީންގެ ދުޅަހެޔޮކަމާ ގުޅިލާމެހިފައިވާ މިންވަރުގެ މައްޗަށް އަލިއަޅިއްވާލައްވާފައެވެ. އެގޮތުން ފާއިތުވި 20 ވަރަހަކަށް އަހަރު މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ކަސްރަތު ކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ ބޮޑަށް ބަރޯސާވަމުންދިޔައީ އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްއަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޝާހިދު ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ރައްޔިތުންތަކެއް ބިނާކުރުމަށް މި ސަރުކާރުން ބޮޑު ސަމާލުކަމެއްދޭ ކަމަށާއި، އެގޮތުން މިއަދު ހުޅުވިގެންދިޔަ ސިންތެޓިކް ޓްރެކަކީ އެކަމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކުރިއަރަމުން އަންނަ އަތުލީޓުންނަށާއި އާންމު ދިވެހި ރައްޔިތުންނަށްވެސް މި ފެސިލިޓީން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

ފާއިތުވި 20 ވަރަކަށް އަހަރު ތެރޭގައި، ދިވެހީން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދޭ ސަމާލުކަން އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް، އެކުވެނި ޓްރެކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ޒަމާނާއެކު އެކުވެނި ޓްރެކް ތަރައްގީވެފައިނުވާއިރު، އިންޑިއާ ސަރުކާރުގެ އެހީއާއެކު މިހާރު ޒަމާނީ ފެންވަރުގެ ސިންތެޓިކް ޓްރެކެއް އެޅިފައިވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި މިނިސްޓަރ ވަނީ އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަންވެސް ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުންވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮންނަ ގާތްގުޅުވުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މިއީ މި ގުޅުން ދެމެހެއްޓެވުމަށް ރައީސް ޞާލިޙް ބަހައްޓަވާ ސަމާލުކަމުގެ ނަތީޖާ ކަމަށެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު