Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫވީ އާއި ސަސްގެ މެޗު

ތާވަލު އޮތް ގޮތުން ސަސް މެޗުން މޮޅުވުން މަޖުބޫރު: އާދަމް

16 ޖެނުއަރީ 2021 | ހޮނިހިރު 06:25

ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔޫވީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޖެނުއަރީ 2021 | ހޮނިހިރު 06:25
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު އާދަމް

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު އާދަމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލު މިހާރު އޮތް ގޮތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން މަޖުބޫރު ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު އާދަމް ބުނެފިއެވެ.

ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔޫވީއެވެ. އެއާއެކު ޔޫވީ އޮތީ ތާވަލުގެ ފުލުގައި ކުޅުނު ފަސް މެޗުން ލިބުނު އެންމެ ދެ ޕޮއިންޓާއެކުއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ސަސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާދަމް ބުނީ އެ ޓީމުގައި އަނިޔާގެ މައްސަލަތައް ގިނަކަމުގެ ވާހަކަ އެތައް ފަހަރަކު ދެއްކިއްޖެ ކަމަށާއި، އެކަމަކު އެ ވާހަކަތައް ނުދައްކައި ޓީމުގައި ތިބި އެހެން ކުޅުންތެރިން ލައިގެންވެސް މިކަން ކުރެވިދާނެކަން އެންމެ ފަހުން ކުޅުނު ކުލަބު އީގަލްސް މެޗުން އެނގުނު ކަމަށެވެ.

އަދި އެ ކަންތައްތައް ހައްލުކުރަން ކުރެވޭނެ މަގެއް ހޯދަމުން އަންނަ ކަމަށާއި، އެކަންތައްތައް ހައްލުނުކޮށް ކުރިއަށް ނުދެވޭނެކަން 100 އިންސައްތަ ޔަގީން ކަމަށްވެސް ވަނީ ބުނެފައެވެ. އާދަމް ބުނީ ސަސް މެޗަކީ އެ ޓީމަށް ވަރަށް މުހިއްމު މެޗެއް ކަމަށާއި، އެގޮތުން ލީގުގެ ތާވަލު މިހާރު އޮތް ގޮތުން އެ މެޗަކީ ނުނަގާ ނުވާނެ މެޗެއް ކަމަށެވެ.

މި ފަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ސަސްއިން ވާދަކުރަމުން އަންނައިރު، ލީގުގައި މިހާތަނަށް އެ ޓީމު ބަލިވީ އެންމެ ފަހުން ކުޅުނު މެޗުން ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންނެވެ.

ޔޫވީ މެޗުގެ ކުރިން ސަސްގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނީ އެ ޓީމުގެ ތަމްރީނުތައް ފެށުނުއިރުއްސުރެން އެކުވެރިކަމުގެ މެޗުތަކުންވެސް ބަލިވެފައި ވަނީ މާޒިޔާ އަތުން އެކަނި ކަމަށާއި، އެހެންކަމުން ކުރިއަށް ހުރި މެޗުތަކުގައި މިދިޔަ މެޗުގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ޔޫވީ މެޗަކީ މޮޅުނުވެވޭވަރުގެ މެޗެއް ނޫން ކަމަށާއި، އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ދެއްކި ކުޅުން ދައްކައިފިނަމަ، ޔުވީ މެޗުގައި ނަތީޖާ ނެރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ނާދު ބުންޏެވެ.

ލީގުގައި މިހާތަނަށް ސަސް އެންމެ މެޗަކުން ބަލިވެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައި ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް