Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

މާޒިޔާއަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

15 ޖެނުއަރީ 2021 | ހުކުރު 13:40

ޓީސީ އަތުން މާޒިޔާ މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ޖެނުއަރީ 2021 | ހުކުރު 13:40
މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 2-1 ން

މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 2-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ހަވީރު ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމުގެ ޑިފެންޑަރު މޫސާ ޔާމިން (ޔާމްބެ) ފޮނުވާލި ބޯޅައެއް ޓީސީގެ ޑިފެންޑަރު އިބްރާހީމް އަބްދުލް ވާހިދު (ވާޑު) ގެ ފައިގައި ޖެހިފައި ގޯލުގެ އަރިމަތީ ދަނޑިއަށް ވަނީ އަމާޒުވެފައެވެ. އަދި އޭގެ ފަހުން މާޒިޔާގެ މިޑްފީލްޑަރު މުޙައްމަދު އުމެއިރަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި ހާފުގައި ޓީސީގެ ބިދޭސީ ފޯވާޑް މެލްކޮމް ކޮނޭލިއަސް ސްޓެވާޓް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ޓީސީގެ ބިދޭސީ ޑިފެންޑަރު ޔޮގެންދަރަން ޑަކްސަންގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ލީޑު ނެގިއިރު، މި ހާފުގައި ލީޑު ފުޅާކުރަން އެ ޓީމުގެ އުމެއިރާއި ކޯނޭއަށް ވަނީ އިތުރު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އުމެއިރު ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުން ޓީސީގެ ގޯލްކީޕަރު މަތަކުރިއިރު، އޭރިއާ ތެރެއިން ކޯނޭ ފޮނުވާލި ހަމަލާވެސް ޓީސީގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 63 ވަނަ މިނެޓުގައި މާޒިޔާގެ ފޯވާޑް އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ފޭދޫ އިއްބެ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޯނޭއެވެ.

އޭގެ ފަހުން މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް ނާއިޒް ހަސަން (ދާދު) އަށް ވަނީ އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ހަމަލާ ޓީސީގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ މިނެޓެއް ފަހުން ޓީސީގެ މެލްކޮމް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުގައި ޓީސީން ފަރަގު ކުޑަކޮށްފައިވަނީ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޔޮގެންދަރަންއެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މި މެޗުގައި ފުރަތަމަ ހާފަށް ވުރެން ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅެވުނު ކަމަށާއި، އެކަމަކު ޑިފެންސްކުރުމުގައި މައްސަލަތަކެއް ދިމާވި ކަމަށެވެ. އަދި އެންމެ ބޮޑު ކަމަކީ ހޫނުގައި ކުޅެން ޖެހުމުން ކުޅުންތެރިންނަށް އޭގެ އަސަރުކުރުން ކަމަށްވެސް ވިޑަކޮވިޗް ވަނީ ބުނެފައެވެ.

ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗަށް އައީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، އެކަން ނުވެއްޖެނަމަ ބަލިނުވެ ފަރުޖައްސާލަން ބޭނުންވި ނަމަވެސް، އެ ދެ ކަންވެސް ހާސިލުނުވުމުން ރަނގަޅެކޭ ނުބުނެވޭނެ ކަމަށެވެ. އަދި ޓީސީއަށް މި މެޗު ގެއްލުމުގައި ނަސީބުގެ އެހީތެރިކަން ނުލިބުންވެސް އެއީ ސަބަބެއް ކަމަށްވެސް ޝާޒްލީ ވަނީ ބުނެފައެވެ.

މި މޮޅާއެކު މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް ފަސް މެޗުން ވަނީ 11 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ވެލެންސިއާއަށް އެބައޮތެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު މާޒިޔާ އަތުން ބަލިވި ޓީސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަ މެޗުން ހަ ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް