Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައިވެނި ޕާޓީ ކްލަސްޓަރ

ކައިވެނި ޕާޓީ ކްލަސްޓަރއިން ކޮންޓެކްޓްވި މީހުންގެ އަދަދު 300 އަށް!

24 ޑިސެންބަރުން ފެށިގެން މިމަހުގެ 14ށް 100 ކޭސްއެއް ރިޕޯޓުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖެނުއަރީ 2021 | ހުކުރު 12:49
ކޮވިޑް-19ށް ޓެސްޓު ކުރުމުގެ ތެރެއިން، މިކްލަސްޓަރގެ ކޭސްތައް ދަނީ އިތުރުވަމުން

ކޮވިޑް-19ށް ޓެސްޓު ކުރުމުގެ ތެރެއިން، މިކްލަސްޓަރގެ ކޭސްތައް ދަނީ އިތުރުވަމުން

ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނި ޕާޓީއަކުން ކޮވިޑް-19ށް ޕޮޒިޓިވްވީ މީހުންގެ އަދަދު އިތުރުވެ، އެ ކްލަސްޓާއިން ކޮންޓެކްޓްވީ މީހުންގެ އަދަދު 300ށް އަރާފައިވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ހެޑް އޮފް ކޮންޓެކްޓް ޓްރޭސިން ކްލަސްޓަރ އައިމިނަތު އަރޫޝާ ވިދާޅުވީ 24 ޑިސެންބަރުން ފެށިގެން 14 ޖެނުއަރީއާ ހަމައަށް 100 ކޭސް ރިޕޯޓު ކުރެވިފައިވާ ކަމަށާއި، މި 100 ކޭސްގެ ތެރެއިން 68 މީހުންނަކީ ޝީބިލްޑިންގައި ބޭއްވުނު ކައިވެނި ޕާޓީއަށް ގޮސްފައިވާ މީހުން ކަމަށެވެ.

އޭގެ ތެރެއިން 30 މީހުންނަކީ ޕާޓީއަށް ދިޔަ މީހުންގެ ގެތަކުގައި ތިބި މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވި ޕޮޒިޓިވްވެފައިވެފައިވާ މީހުން ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުން ވެސް ދެމީހަކު ޕޮޒިޓިވްވެފައިވާއިރު، ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ކްލަސްޓަރއާ ގުޅިގެން މުޅި ޖުމްލަ 300 ކޮންޓެކްޓުން މިހާތަނަށް ހޯދާ ކަރަންޓީން ކުރެވިފައިވާ ކަމަށް އަރޫޝާ ވިދާޅުވިއެވެ.

ޝީ ބިލްޑިންގައި ބޭއްވި ކައިވެނީގެ ހަފްލާގައި ކޮވިޑުގެ އަލާމާތްތައް ހުރި ބަޔަކު ބައިވެރިވުމުގެ ސަބަބުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މިކްލަސްޓަރގައި ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާއިރު، އުމުރުން ދުވަސްވީ ހައިރިކްސް މީހުންނާއި ތުއްތު ކުދިން ހިމެނެއެވެ.

ކައިވެނި ޕާޓީން ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މިފަދަ ހަފުލާތައް ބާއްވާއިރު އެ އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އަދި ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ ފަރާތްތައް މާސްކް އެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. މީގެ އިތުރުން ކައިވެނި ޕާޓީ ފަދަ ހަފުލާތައް އިންތިޒާމުކުރާ ތަންތަނަކީ ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހުންނަ ތަންތަންތޯ ބަލައި، ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކަންކަން އިންތިޒާމުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު