Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެސްޓްރަޒެނިކާގެ ކޮވިޑް ވެކްސިންގެ ހުއްދަ ހޯދުން

އެސްޓްރަޒެނިކާގެ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ޑަބްލިޔުއެޗްއޯއިން ދިނުމަށް ސެރަމް އިން އެދެފި

15 ޖެނުއަރީ 2021 | ހުކުރު 02:55

މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ވެކްސިންގެ ޑޯޒެއް ވިއްކަނީ 3 ޑޮލަރަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޖެނުއަރީ 2021 | ހުކުރު 02:55
އިންޑިޔާގައި ހުންނަ ސެރަމް އިންސްޓިޓިއުޓް

އިންޑިޔާގައި ހުންނަ ސެރަމް އިންސްޓިޓިއުޓް

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ އޮކްސްފޯރޑް ޔުނިވަރސިޓީ އާއި އެސްޓްރަޒެނިކާގެ ކޮވިޑް ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަރަށް އަވަހަށް ދޭނެކަމަށް އުންމީދުކުރާ ކަމަށް އެ އިންސްޓިޓިއުޓުން ބުނެފިއެވެ.

ސެރަމް އިން އަންނަނީ އެސްޓްރަޒެނިކާގެ ކޮވިޑްގެ ވެކްސިންގެ ގިނަ ޑޯޒްތަކެއް މެދު ފަންތީގެ ގައުމުތަކަށާއި މަދުން އާމްދަނީ ލިބޭ ގައުމުތަކަށް އަމާޒުކޮށްގެން އުފައްދަމުންނެވެ.

ޑަބްލިޔުއެޗްއޯއިން މިހާތަނަށް އައިއިރު އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ފައިޒަރ އަދި ބައޯއެންޓެކުން އުފެއްދި ވެކްސިނަށެވެ. ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ޑަބްލިޔުއެޗްއޯއިން ފައިޒަރގެ ވެކްސިނަށް ހުއްދަދިންއިރު އެވެކްސިން ޖަހަމުން އަންނަނީ ކުރިއަރާފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ގައުމުތަކުގައެވެ. ވަކިން ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގައި އަންނަނީ ފައިޒަރގެ ވެކްސިން ޖަހަމުންނެވެ.

ސެރަމް އިންސްޓިޓިއުޓްގެ ޗީފް އެގްޒެކެޓިވް އަޑަރް ޕޫނަވައްލާ ރޮއިޓަރސް އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަރޖެންސީކޮށް އެސްޓްރަޒެނިކާގެ ވެކްސިން ބޭނުންކުރުމުގެ ލައިސަންސް ހޯދުމަށް ޑަބްލިޔުއެޗްއޯއަށް ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ހުއްދަލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް އަޑަރް ވިދާޅުވިއެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދަމުން އަންނަ ސެރަމް އިންސްޓިޓިއުޓުން މިމަސް ނިމެންވާއިރަށް ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ފޯރުކޮށްދޭން ޖެހޭ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ފަށާނެކަމަށް އަޑަރް ވިދާޅުވިއެވެ.

މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ވެކްސިންގެ ޑޯޒެއް ވިއްކަނީ 3 ޑޮލަރަށެވެ. އެހެން ގައުމުތަކަށް ވިއްކަނީ އެއަށްވުރެ އަގުބޮޑުކޮށެވެ. ނަމަވެސް އެހާބޮޑު އަގެއްގައި ޑޯޒްތައް ނުވިއްކާނެ ކަމަށް އެއިންސްޓިޓިއުޓުން ބުނެއެވެ.

ކޮވެކްސް ފެސިލިޓީގައި 189 ގައުމަކުން ބައިވެރިވެފައިވާއިރު މިފެސިލިޓީ މެދުވެރިކޮށް ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތްކުރާނެއެވެ.

އަޑަރް ވިދާޅުވީ އެންމެ ފުރަތަމަ ފޯރުކޮށްދޭނީ 20 މިލިއަން ޑޯޒް ކަމަށެވެ. އެއަށްފަހު އޭޕްރީލް މަހުން ފެށިގެން ކޮންމެ މަހަކު 50 މިލިއަން ޑޯޒް ކޮވެކްސް ފެސިލިޓީގައި ހިމެނޭ ގައުމުތަކަށް ފޯރުކޮށްދޭނެކަމަށް އަޑަރް ވިދާޅުވިއެވެ. ހަމައެއާއެކު ކޮންމެ މަހަކު އިންޑިޔާއަށް އެއިންސްޓިޓިއުޓުން 30 އާއި 40 މިލިއަން ޑޯޒް ފޯރުކޮށްދޭނެކަމަށް އަޑަރް ވިދާޅުވިއެވެ.

ސެރަމް އިން މިހާރުވެސް ވަނީ އިންޑިޔާ ސަރުކާރަށް 11 މިލިއަން ޑޯޒް ވިއްކާފައެވެ. އިންޑިޔާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާނީ ހޮނިހިރު ދުވަހުއެވެ.

ސެރަމް އިން މިއަހަރު ތެރޭގައި ކޮވިޑް ވެކްސިންގެ 1 ބިލިއަން ޑޯޒް ދުނިޔޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދޭނެ ކަމަށް އަޑަރް ވިދާޅުވިއެވެ.

ސެރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ އެސްޓްރަޒެނިކާގެ ވެކްސިނަށް ބްރެޒިލްގެ އިތުރުން ބަންގްލަދޭޝް އިން ވަނީ އޯޑަރުކޮށްފައެވެ. މީގެއިތުރުން އެވެކްސިން ބޭނުންވެގެން މޮރޮކޯ އާއި ދެކުނު އެފްރިކާ އަދި ސައުދީ އަރަބިއްޔާއިން އެދިފައިވާ ކަމަށް އަޑަރް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2017

ވޮޝިންގްޓަންގެ ރޭލް އެކްސިޑެންޓް: ރޭލް ދުއްވާފައިވަނީ ހުއްދަ އޮންނަ މިންވަރަށް ވުރެ ބާރަށް

20 ޑިސެމްބަރު 2017
ވޮޝިންގްޓަންގެ ރޭލް އެކްސިޑެންޓް: ރޭލް ދުއްވާފައިވަނީ ހުއްދަ އޮންނަ މިންވަރަށް ވުރެ ބާރަށް
30 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ

30 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
27 ސެޕްޓެމްބަރު 2017

ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

27 ސެޕްޓެމްބަރު 2017
ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
26 ސެޕްޓެމްބަރު 2017

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

26 ސެޕްޓެމްބަރު 2017
ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް