Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުންދު ފުލުހަށް ހާޒިރުކުރުން

މުންދު ފުލުހަށް ހާޒިރުކުރީ ސިޓީއެއް އާންމުކުރުމުން

މިމައްސަލަ ތަހުގީގީ މައްސަލައަކަށް ބަދަލުވެފައިވާކަން އެނގުނީ ވެސް މިއަދު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 15 ޖެނުއަރީ 2021 | ހުކުރު 00:11
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު)

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު)

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީ އާންމުކުރި މައްސަަލައިގައި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ލީކުވި އެ ސިޓީއާ ގުޅިގެން މީގެ ކުރިންވެސް މުންދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

Advertisement - newsAdvertisement

ދައުލަތަށް ބޭނުންވާ ފައިސާ ހޯދަން ކަަމަށް ބުނެ 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ކަމަށް ބުނެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ފޮނުވާފައިވާ ސިޓީއެއް ލީކްކޮށްލި މައްސަލައިގައި މީގެ ކުރިންވެސް މުންދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

އަދި އެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ބުރާސްފަތި ދުވަހު މެންދުރުފަހު 3:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު، އެ އިދާރާ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން އޭނާއާއި ސުވާލުކުރުމަށްފަހު ފޯނު ދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް އޭނާ ވަނީ ކޯޓު އަމުރެއްނެތި ފޯނު ދިނުމަށް ދެކޮޅު ހައްދަވާދައެވެ.

މުންދު ވިދާޅުވީ، މިމައްސަލަ ތަހުގީގީ މައްސަލައަކަށް ބަދަލުވެފައިވާކަން އެނގުނީ ވެސް ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރު ކުރުމުން ކަމަށެވެ. އަދި މައްސަލާގައި ވަކީލެއްގެ އެހީ ބޭނުންތޯ އެހުމުން ވަކީލަކު ބޭނުން ނުވާކަމަށް ވިދާޅުވެފައިވާނެ ކަމަށް މުންދު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްގެ ގޮތުގައި ބަހައްޓަން ފިނޭންސް މިނިސްޓްރީގެ ދަށަށް އެ އިމާރާތް ރަޖިސްޓްރީ ކުރަން އެދިވަޑައިގެން އެ މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީ ލީކު ވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ. މި މައްސަލައިގައި ފިނޭންސް މިނިސްޓްރީން ފަހުން ބުނެފައި ވަނީ ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލު ރަހުނެއް ނުކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ޕޮލިހަށް ހާޒިރުކުރީ ސަރުކާރު މާފިއާ ގޭންގަކާ ހަވާލުކުރަން ބޭނުން ނުވާ ކަމަށް ބުނުމުން:ރިޔާޒު

28 މާރިޗު 2017
 ޕޮލިހަށް ހާޒިރުކުރީ ސަރުކާރު މާފިއާ ގޭންގަކާ ހަވާލުކުރަން ބޭނުން ނުވާ ކަމަށް ބުނުމުން:ރިޔާޒު
23 މާރިޗު 2017

ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

23 މާރިޗު 2017
ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
23 މާރިޗު 2017

ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!

23 މާރިޗު 2017
ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!
09 މާރިޗު 2017

ލޫކަސް ޖަލީލް ފުލުހަށް ހާޒިރުކުރަނީ

09 މާރިޗު 2017
ލޫކަސް ޖަލީލް ފުލުހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު