Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއީގަލްސް އާއި ގްރީން ސްޓްރީޓްސްގެ މެޗު

ބޭރު ކުޅުންތެރިންނާއެކު ޕްރީ-ސީޒަނެއް ނުލިބުމަކީ ބޮޑު ގެއްލުމެއް: މޯހަން

14 ޖެނުއަރީ 2021 | ބުރާސްފަތި 14:00

އެންމެ ފަހުން ކުޅުނު މެޗުތަކުން އީގަލްސް އާއި ގްރީން ސްޓްރީޓްސްވެސް ވަނީ ލީގުގެ ފުރަތަމަ މޮޅު ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޖެނުއަރީ 2021 | ބުރާސްފަތި 14:00
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ކުލަބު އީގަލްސްއާ ދާދި ފަހުން ގުޅުނު ބޭރު ކުޅުންތެރިންނާއެކު ޕްރީ-ސީޒަނެއް ނުލިބުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސްއިން ފަސް މެޗު ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ފަސް މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.

މި ސީޒަން އީގަލްސްއިން ފަށާފައިވަނީ ހުސް ދިވެހި ކުޅުންތެރިންނާއެކުއެވެ. އީގަލްސްއިން މި ސީޒަނުގައި ގެނައި ފުރަތަމަ ބިދޭސީ ކުޅުންތެރިޔަކީ އެ ޓީމުގެ ގޯލުކީޕަރު މޮންޓެނީގްރޯގެ މިލާން ޔެލޮވަކެވެ. އޭގެ ފަހުން އީގަލްސްއިން ވަނީ ޔަމަނުގެ ގައުމީ ޓީމަށް ކުޅެފައިވާ މިޑްފީލްޑަރު އޮސާމާ އަންބާރާއި މިސްރުގެ ފޯވާޑް މުޙައްމަދު އޮސާމާ އެ ޓީމަށް ގެނެސްފައެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޯހަން ބުނީ އެ ޓީމާ ގުޅުނު ބޭރު ކުޅުންތެރިންނާއެކު ޕްރީ-ސީޒަނެއް ނުލިބުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، ހާއްސަކޮށް އެޓޭކަށް ދާއިރު، އެޓޭކުގައި ތިބޭ ކުޅުންތެރިންނާ އެ ކުޅުންތެރިންގެ ކޮމްބިނޭޝަން ދިމާނުވުމުގެ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ ދުވަސްތަކުގައި އެކަންކަން ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި، އެކަމަކު ކުޅުންތެރިންގެ ކޮމްބިނޭޝަން އެއްކޮށް ދިމާކުރުމަށް ދުވަސް ނަގާނެ ކަމަށްވެސް މޯހަން ބުންޏެވެ.

އީގަލްސް މެޗުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވެފައިނުވާއިރު، އެ ސިލްސިލާ ދެމެހެއްޓުމަކީ އެ ޓީމުން އެންމެ އިސްކަންދޭނެ އެއް ކަންތައް ކަމަށެވެ. އަދި ތާވަލުގެ އެންމެ ކުރީގައި އޮތް ތިން ކަލަބާ ދެމެދު އޮތީ ވަރަށް ކުޑަ ފަރަގެއް ކަމަށާއި، ޓީމުގެ ނަތީޖާތައް ދާ ގޮތުން ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށްވެސް ނިސްތާރު ބުންޏެވެ.

ނިސްތާރު އިތުރަށް ބުނީ އީގަލްސް އަކީ ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު އިސްކަމެއް ދޭ ޓީމެއް ކަމަށާއި، ހަމަ އެފަދައިން ގްރީން ސްޓްރީޓްސްގައިވެސް އޮތީ ވަރަށް ޒުވާން ސްކޮޑެއް ކަމަށެވެ. އެކަމަކު އީގަލްސްއާ ވަރަށް ފަހުން ބިދޭސީ ކުޅުންތެރިން ގުޅުނު ކަމަށާއި، އެއާއެކު މިހާރު އޮތީ ސީޒަން ފެށިއިރު އޮތް އީގަލްސްއެއް ނޫން ކަމަށްވެސް ނިސްތާރު ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުން އީގަލްސް އާއި ގްރީން ސްޓްރީޓްސްވެސް ވަނީ ލީގުގެ ފުރަތަމަ މޮޅު ހޯދާފައެވެ. ލީގު ތާވަލުގައި ގްރީން ސްޓްރީޓްސް އޮތީ އީގަލްސްއަށްވުރެ ކުރީގައި، ތާވަލުގެ ހަވަނައިގައެވެ. އެގޮތުން ގްރީން ސްޓްރީޓްސްއަށް ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ފަސް ޕޮއިންޓް ލިބިފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް