Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިބު ރައީސްކަމުން ޖަމީލު ވަކިކުރި މައްސަލަ

ނައިބު ރައީސްކަމުގެ މަގާމުން ޑރ. ޖަމީލް ވަކިކުރި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވައިފި

ދައުލަތުގެ ގާނޫނީ ވަކީލުން ވިދާޅުވީ މިމައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2021 | ބުރާސްފަތި 10:32
ރައީސް ޔާމީނާއެެކު ޖަމީލް: ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް

ރައީސް ޔާމީނާއެެކު ޖަމީލް: ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރެއްވި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަޙާފައިވާތީ، އެމައްސަލައިގެ އިތުރު އަޑުއެހުމެއް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބާއްވައިފިއެވެ.

މި މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައިގަނޑުގޮތެއްގައި އޮތީ، މި މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، މި މައްސަލަ ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމާއި، ނައިބު ރައީސްކަމުގެ މަގާމުން ޖަމީލު ވަކިކުރިކުރުމަކީ، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމަށްވާތީ، އެނިންމުމުގެ މައްޗަށް ސުޕްރީމް ކޯޓުން ވިޔަސް ގޮތެއް ކަނޑަޅައި، ބަހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ދައުލަތުން ބުނާބުނުމާއި ގުޅިގެން، މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމެވެ. އެގޮތުން، ދައުލަތުގެ ފަަރާތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ވަރަށް ތަފްސީލްކޮށް، ގާނޫނުއާސާސީއާއި ގާނޫނުއާސާސީ އެކުލަވާލިއިރު، އެކަމާ ގުޅުންހުރި މާއްދާތައް އެކުލަވާލުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ކުރައްވާފައިވާ ބަހުސްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

ފަނޑިޔާރުންގެ ސުވާލުތަކާއި އަދި ދައުލަތުގެ ފަރާތުން ދެއްވި ޖަވާބަށް ޖަމީލުގެ ގާނޫނީ ޓީމުންވެސް ވަނީ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުން ކުރިއަށް ގެންދެވީ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރަށް ކަމަށްވާތީ، އިތުރު އަޑުއެހުމެއް ބޭއްވައި، ދެފަރާތުން އިތުރަށް ދައްކަން ހުރި ވާހަކަތައް ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވިއެވެ.

މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ޖަމީލްގެ ގާނޫނީ ވަކީލު، އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުން ޖަމީލް ވަކިކުރައްވަން މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ "ނާޤާބިލް" ކަމުންކަމަށް ވިދާޅުވިއިރު، ޖަމީލުގެ "ނާޤާބިލް" ކަންކަން އެނގިވަޑައިގަންނަވާނީ ހުދު އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށް ކަމަށެވެ. އެކަން މަޖިލީހުގެ މެމްބަރުންނަށް ކަނޑަ ނޭޅުއްވޭނެ ކަމަށެެވެ.

ނާއިބު ރައީސް ކަމުގެ މަގާމުން ޖަމީލް ވަކިކުރަން މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އޭރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކެވެ.

މިމައްސަލައާ ގުޅިގެން، ޖަމީލްގެ ފަރާތުން ވަކާލާތު ކުރައްވަމުން މުއިއްޒު ވަނީ، ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައި ވެސް ވިދާޅުވެދެއްވާފައެވެ. އެގަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު އާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތެއްގައި އަދާކުރައްވަމުން ނުގެންދަވާތީއާއި އެމަސްއޫލިއްޔަތުތައް އެކަށީގެންވާ އަވަސް މިނެއްގައި ރަނގަޅު ނަތީޖާއެއް ނެރެދެއްވުމަށް މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށެވެ.

އަދި ލިބިވަޑައިގެންފައިވާ ތައުލީމާއި ހުނަރާއި ތަޖުރިބާޔާ އަޅާބަލާއިރު، އެކަށީގެންވާ މިންވަރަކަށް މަސްއޫލިއްޔަތު އަދާކުރައްވަމުން ހަރަކާތްތެރިވެވަޑައި ނުގަންނަވާތީއާއި ސަރުކާރާއި ސަރުކާރުގެ ސިޔާސަތު ކުރިއެރުވުމަށްޓަކައި ދިފާއު ކުރެއްވުމަށް އެކަށީގެންވާ މިންވަރެއްގެ މަސައްކަތެއް ކުރައްވަމުން ނުގެންދަވާ ކަމަށެވެ. މީގެއިތުރުން ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކާ ގޮތްނޭނގޭ ގުޅުންތަކެއް ބާއްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެވޭތީއާއި އެތުހުމަތުތަކަށް ޖަވާބުދާރީވެވަޑައި ނުގަންނަވާތީއާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް އެކަށީގެންވާ މިންވަރަށް އަދާ ނުކުރައްވާ ހާލުގައި، އެކަމާ ނުބައްދަލު ބޮޑެތި ޚަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކުރައްވަމުން ގެންދަވާތީއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމުގައި ހުންނެވި ޖަމީލު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުން ވަކިކުރަން ހުށަހަޅުއްވާކަމަށް އެގަރާރުގައި ވެއެވެ.

މުއިއްޒު ވިދާޅުވީ ޖަމީލުގެ ނާޤާބިލްކަމާ ގުޅޭގޮތުން ރައީސް ޔާމީންގެ ފަރާތުން އެއްވެސް ބަޔާނެއް އަދި އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައި ނުވާއިރު، މަޖިލީހުގެ މެމްބަރުންނަށް ޖަމީލުގެ ނާޤާބިލްކަން ބަޔާންކޮށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރެވިދާނެ ހާލަތްތަކުގެ ތެރޭގައި "ނާޤާބިލުވުން" ގާނޫނުއަސާސީ ބަޔާންކޮށްފައިވެއެވެ. މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވީ، ނާއިބު ރައީސް ކަމުގެ މަގާމުން ޖަމީލް ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މަޖިލީހުގެ ނިންމުންތަކުގެ ސައްހަ ކަމުގެ މައްސަލަ ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި އޭގެ ބޭނުމަކީ މަޖިލީހުގެ ނިންމުންތަކަށް ހިމާޔަތް ދިނުން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓަކުން ރައީސަކު ވަކިކުރަން ނިންމާ ނިންމުމަކާ މެދު ސުވާލު އުފެދިއްޖެ ނަމަ ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވީނަމަވެސް، ނައިބު ރައީސަކު ވަކި ކުރުމާ ގުޅިގެން އުފެދޭ މައްސަލަތައް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ނެތް ކަމަށާއި އެެހެންކަމުން އެމައްސަލަ ބެލޭނެ ހަމައެއް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު