Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ސިޓީއަށް ހަނި މޮޅެއް، ޓޮޓެންހަމް އެއްވަރު

ބްރައިޓަން އަތުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2021 | ބުރާސްފަތި 04:34
ސިޓީ އާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 1-0 ން

ސިޓީ އާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 1-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ބްރައިޓަން އަތުން ހަނިގޮތަކަށް މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސިޓީން ވަނީ އެއްވެސް މުބާރާތެއްގައި މެޗަކުން ބަލިނުވެ 14 މެޗު ހަމަކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ކެވިން ޑި ބްރޭނާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެންއެވެ. އޭގެ ފަހުން ލީޑު ފުޅާކުރަން ސިޓީގެ ފޯވާޑް ރިޔާދު މާރޭޒަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު، އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އެ ޓީމުގެ މިޑްފީލްޑަރު އިލްކާއީ ގުންޑޮގާނަށްވެސް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ބްރައިޓަނުގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.

މި މެޗުގައި ނަތީޖާ އެއްވަރުކުރަން ބްރައިޓަނަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމުގެ އެލެކްސިސް މެކްސް އެލިސްޓާއަށެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސިޓީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މިއީ އޭރިއާ ތެރެއިން ސިޓީގެ ޑި ބްރޭނާއަށް ބްރައިޓަނުގެ ރޮބާޓް ސަންޗޭޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ސިޓީ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 16 މެޗުން ލިބުނު 32 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 17 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް 17 މެޗުން ވަނީ 33 ޕޮއިންޓް ލިބިފައެވެ. އަދި ބުދަ ދުވަހުގެރޭ ސިޓީ އަތުން ބަލިވި ބްރައިޓަން އޮތީ ތާވަލުގެ 17 ވަނައިގައި 18 މެޗުން 14 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާ އެއްވަރުވީ ފުލަމާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ. މިއީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު ޕްރިމިއާ ލީގުގައި މި ދެ ޓީމު އެއްވަރުވި ފުރަތަމަ މެޗެވެ.

ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ސާޖިއޯ ރެގީލޯން ހުރަސްކޮށްދިން ބޯޅައަކުން ޓޮޓެންހަމަށް ލީޑު ނަގައިދިނީ އިތުބާރު ފޯވާޑް ހެރީ ކޭންއެވެ. އެކަމަކު މެޗުގެ 74 ވަނަ މިނެޓުގައި ފުލަމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިވާން ކަވަލެއިރޯއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 17 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ. އަދި ޓޮޓެންހަމާ އެއްވަރުކުރި ފުލަމް އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 16 މެޗުން 12 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު