Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ބަހުސްކުރުން މިމަހުގެ 17 ގައި

މިޖަލްސާގައި އީވާ ވަނީ މިބިލްގެ ފުރަތަމަ ކިޔުން އިއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2021 | ބުދަ 23:32
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ލޯކަލް ކައުންސިލު އިންތިޚާބު އަވަހަށް ބޭއްވުމަށްޓަކައި ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ޤާނޫނު 2020 އަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުން މިމަހުގެ 17 ވަނަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

ކައުންސިލް އިންތިޚާބު އަވަސްކުރުމަށްޓަކައި ހުށަހެޅި އިސްލާހުގެ ބިލް ދައުރުން ބޭރުގައި ކުރިޔަށް ގެންދިޔުމަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 29 މެމްބަރުން ސޮއިކުރައްވައެވެ. ރައްޔިތުންގެ މަޖިލިސް ދެ މަސް ދުވަހުގެ ޗުއްޓީގައި އޮތްއިރު ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް މެމްބަރުން ހުށަހެޅުއްވުމުން ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ.

Advertisement - newsAdvertisement

ޖަލްސާގައި ވާހަކަދައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާ ބާއްވަވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން 2020 ވަނަ އަހަރު ބާއްވަން އިއުލާނު ކޮށްފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީގެ ކޮމިޓީއަށް މަސައްކަތްކުރާ މީހުންގެ އިންތިޚާބު ލަސްވަމުންދާތީ އިތުރަށް ލަސްވިޔަ ނުދިނުމަށްޓަކައި ޤާނޫނީ ހުރަސްތައް ނައްތާލާ އެ އިންތިޚާބު ބޭއްވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ. އަދި އެބިލްގެ މަސައްކަތް ނިމެންދެން ޖަލްސާ ކުރިޔަށް ގެންދަވާނެކަމަށް އީވާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެންމެ ފުރަތަމަ އޮންނަނީ ބިލެއް މަޖިލީހަށް ހުށަހެޅުމާއެކު ބިލްގެ ފުރަތަމަ ކިޔުން އިއްވުން ކަމަށްވުމާއެކު މިޖަލްސާގައި އީވާ ވަނީ މިބިލްގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ ހ ގައި ބުނަނީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއްގެވެސް ފުރަތަމަ ކިޔުން އިއްވާ ބިލު ތަޢާރަފް ކުރުމަށްފަހު 7 ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެބިލްގެ އިބްތިދާޢީ ބަހުސް މަޖިލީހުގެ ރައީސް ބާއްވަންވާނެއެވެ. އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު މަޝްވަރާ ދީފިނަމަ ތިން ދުވަހުގެ ނޯޓިސް ދިނުމަށްފަހު ބިލެއްގެ އިބްތިދާޢީ ބަހުސްކުރިޔަށް ގެންދެވިދާނެއެވެ.

އީވާ ވިދާޅުވީ މިބިލަށް އިބްތިދާޢީ ބަހުސްކުރުމަށް ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ޖަލްސާއެއް ބާއްވާނެކަމަށެވެ.

އެއަށްފަހު އީވާ ވަނީ މިޖަލްސާ ނިންމަވާލައްވާފައެވެ. ޖަލްސާ ކުރިޔަށް ގެންގޮސްފައިވަނީ 5 ވަރަކަށް މިނެޓަށެވެ. ޖަލްސާ ކުރިޔަށް ދިޔަ ވަގުތު ތަޅުމުގައި ތިއްބެވި އިދިކޮޅު މެމްބަރުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލައްވާފައެވެ. އަދި ސަރުކާރަށް ފާޑުކިޔާ އަޑުގަދަ ކުރައްވާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ މި އިސްލާހުގެ ބިލްގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތު ވަނީ ކުރުކޮށްފައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވާއިރު، މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި މި ބިލުގައި އެ މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފައެވެ. އަދި ވޯޓާސް ލިސްޓު އާންމުކުރުމާއެކު ޝަކުވާ ހުޅުހެޅުމަށް މިހާރު 10 ދުވަސް އޮތް ނަމަވެސް، އެ މުއްދަތު ފަސް ދުވަހަށް ކުޑަކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ހުށަހެޅޭ ޝަކުވާއަކާ މެދު ފަސް ދުވަސް ތެރޭ ގޮތެއް ނިންމުމަށް އޮތްއިރު، އެ މުއްދަތު ތިން ދުވަހަށް ކުޑަކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ވޯޓާސް ލިސްޓަށް ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިމުމެއްގެ މައްސަލަ ހައި ކޯޓަށް ފަސް ދުވަސް ތެރޭ ހުށަހަަޅަން ޖެހޭއިރު، އެ މުއްދަތު ތިން ދުވަހަަށް ވަނީ ކުޑަކުރުމަށް ހުށަހަޅާފައެވެ. އަދި 15 ދުވަސް ތެރޭ އެ މައްސަލައަކާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހޭއިރު، އެ މުއްދަތުވެސް ވަނީ ހަތް ދުވަހަށް ކުޑަކޮށްފައެވެ.

އަލީ ނިޔާޒު ހުށަހެޅުއްވި މި އިސްލާހުގައި އިތުރަށް ހިމަނާފައި ވަނީ އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި، އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތު ކުރު ކުރުމަށެވެ. އެގޮތުން އެ ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަސް ތެރޭގައި އަލުން އިންތިޚާބު ބޭއްވުމަޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ބުނެފައިވާއިރު، އެ މަސައްކަތް ފަށާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަޔާން ކުރުމަށްފަހުގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ހާއްސަ ޤާނޫނަށް އިސްލާހުތަކެއް ގެނެސް، މި ޖެނުއަރީ މަހު އެ އިސްލާހުތަކަށް އަމަލުކުރަން ފެށިއްޖެނަމަ ލޯކަލް ކައުންސިލް އިންތިޚާބު 3 އޭޕްރީލުގައި ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު