Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒިކުރާ މިސްކިތް އަލުން އިމާރާތްކުރުމުގެ މައްސަލަ

އެސްޖޭ ކޮންސްޓަރަކްޝަނަށް 111 މިލިއަން ރުފިޔާގެ ބަދަލު ދޭން ނުޖެހޭކަމަށް ހުކުމްކޮށްފި

ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު އެސްޖޭއަށް ސާބިތުކޮށްދެވިފައިނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 ޖެނުއަރީ 2021 | ބުދަ 06:22
ޒިކުރާ މިސްކިތް އިމާރާތް ކުރަން އެތަނުގެ ބައެއް ތަޅާލާފައި

ޒިކުރާ މިސްކިތް އިމާރާތް ކުރަން އެތަނުގެ ބައެއް ތަޅާލާފައި

ޒިކްރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން އުވާލުމާގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދިނުމަށް އެދުނު 111 މިލިއަން ރުފިޔާ އެކުންފުންޏަށް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޒިކްރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 9 ޖުލައި 2018 ވަނަ ދުވަހުއެވެ. ނަމަވެސް އެއްބަސްވުމުގެ މުއްދަތުގައި އެސްޖޭއިން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާކަމަށްބުނެ އެ އެއްބަސްވުން ބާތިލް ކުރުމުގެ 30 ދުވަހުގެ ނޯޓިން ދިނެވެ. އަދި ނޯޓިހުގެ މުއްދަތު ހަމަވެ، 23 މެއި 2019 ވަނަ ދުވަހުގެ ކުރިން އެތަން ހުސްކުރުމަށް މި ސަރުކާރުން އެސްޖޭ ކުންފުންޏަށް އެނގިއެވެ.

އެބަސްވުން ބާތިލް ކުރުމާ ގުޅިގެން 141 މިލިއަން ރުފިޔާ ގެންލުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެސްޖޭ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 30 އޭޕްރީލް 2019 ވަނަ ދުވަހުއެވެ.

އެސްޖޭ ކުންފުނިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދިނުމަށް އެދިފައިވާ 141 އެމިލިއަން ރުފިޔާގެ ތެރެއިން އެޑްވާސްގެ ފައިސާގެ ގޮތުގައި އޭރުގެ ސަރުކާރުން ދީފައިވާ 30 މިލިއަން ރުފިޔާ ކެނޑުމަށްފަހު، 111 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދިނުމަށް އެދޭ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން އޭރު ބުނެފައިވަނީ، "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރިއަށް އެ މިސްކިތް އިމާރާތްކުރަން 130 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން 30 މިލިއަން ރުފިޔާ އޭރުގެ ސަރުކާރުން ވަނީ އެސްޖޭ ކުންފުންޏަށް ދީފައެވެ.

އެސްޖޭ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ، އިސްލާމިކް މިނިސްޓްރީއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެސްޖޭ އިން އަމަލުކޮށްފައިނުވާކަން އެނގޭ ކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާތިލްކުރަން އިސްލާމިކް މިނިސްޓްރީން ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.

މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު ކުރެއްވި ހުކުމުގައި ބުނެފައިވަނީ، އެއްބަސްވުން އުވާލުމަށް އިސްލާމިކް މިނިސްޓްރީން ނޯޓިސް ފޮނުވައި އެއްބަސްވުން އުވާލާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވައިދުގެ 10:55 އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ނަމަވެސް، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އެއްބަސްވުމުގެ 17.4 ވަނަ މާއްދާގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށް ނުވާތީ އެސްޖޭ ކޮންސްޓްރަކްޝަނުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދު ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައި، ހުކުމް ކުރާ ކަމަށެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރު ވަނީ 2019 ވަނަ އަހަރު، ރޯދަ މަހަށް އެ މިސްކިތުގެ ފުރަތަމަ ތިން ބުރި ނިންމައި ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތް އެސްޖޭ އަތުން ނެގުމާހަމައަށް، މިސްކިތުގެ އެއްބައި ތަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމާގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ވަނީ ތަހުޤީޤުކޮށްފައެވެ. އޭސީސީގެ ތަހުގީގަށްފަހު، މި މައްސަލާގައި ދައުވާކޮށް ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ އިތުރުން އެ މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށެވެ. އެދެ ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައި، މިހާރު އެ މައްސަލަ ކުރިއަށްދެއެވެ.

ޒިކުރާ މިސްކިތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980ގެ އަހަރުތަކުގެ ކުރީކޮޅު އިމާރާތްކުރި މިސްކިތެކެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު