Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ޗައިނާގެ ހާލަތު

ކޮވިޑްގެ ދެ ވަނަ ރާޅާއެކު ޗައިނާއިން އިތުރު ސިޓީއެއް ލޮކްޑައުންކޮށްފި

ޖެނުއަރީ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ޗައިނާގެ 9 މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2021 | އަންގާރަ 23:42
ހޭބެއި ޕްރޮވިންސަށް ވަންނަ މީހުން ޗެކްކުރަނީ

ހޭބެއި ޕްރޮވިންސަށް ވަންނަ މީހުން ޗެކްކުރަނީ

ޗައިނާއަށް ކޮވިޑް-19 ގެ ދެވަނަ ރާޅެއް އައިސްފައިވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ބެއިޖިންގ ކައިރީގައި އޮންނަ އިތުރު ސިޓީއެއް ލޮކްޑައުންކޮށްފިއެވެ.

ބެއިޖިންގ ކައިރީގައި އޮންނަ ސިޓީ އެއް ކަމުގައިވާ ލެންގފެންގ ވަނީ އަންގާރަ ދުވަހު ލޮކްޑައުންކޮށްފައެވެ. ބެއިޖިންގ ގެ ދެކުނުއިރުމަތީ ސަރަހައްދުގައި އޮންނަ ލެންގފެންގ ގައި ދިރިއުޅޭ 4.9 މިލިއަން މީހުންނަށް ވަނީ ހަތް ދުވަސް ވަންދެން ގޭގައި ތިބުމަށް އަންގާފައެވެ. އަދި މުޅި އާބާދީ ވައިރަސް އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަނެއްކޮޅުން 2019 ވަނަ އަހަރު ވުހާން އިން ފެނުނު ކޮރޯނާވައިރަސްގެ އަސްލު ދެނެގަނެ އެފުތުރުނު ގޮތް ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޓީމެއް ބުރާސްފަތި ދުވަހު ވުހާން އަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ރާޅާއެކު އެންމެ ހާލަތު ގޯސްވެފައިވަނީ ހޭބެއި ޕްރޮވިންސުގެ މައި ސިޓީކަމުގައިވާ ޝިޖިއަޒުއަންގ އެވެ. އެސަރަހައްދުގައި ވައިރަސް ޖެހެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ 11 މިލިއަން މީހުން ދިރިއުޅޭ އެޕްރޮވިންސް ވަނީ މީގެކުރިން ލޮކްޑައުންކޮށްފައެވެ. އެ ޕްރޮވިންސުން ވަނީ އެޕްރޮވިންސަށް ވަދެނިކުމެ އުޅުން އެއްކޮށް މަނާކޮށްފައެވެ.

އަލަށް އެކުލަވާލާފައިވާ ގައިޑްލައިން ބުނާގޮތުން އެޕްރޮވިންސްގެ އެތެރޭގައި ޓެކްސީ ކުރުމާއި ދަތުރުފަތުރުކުރުމުގެ އެއްވެސް ޚިދުމަތެއް ދެވޭނީ ކޮންމެ ހަފްތާއަކު ވައިރަސްއަށް ޓެސްޓްކޮށްގެންނެވެ. އަދި މަސައްކަތަށް ނިކުންނަން ބޭނުންވާ މީހުން ވެކްސިން ޖަހަން ޖެހޭނެއެވެ.

ޖެނުއަރީ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ޗައިނާގެ 9 މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ޗައިނާ އަށް ކޮވިޑްގެ ދެ ވަނަ ރާޅެއް އައިސްފައިވީނަމަވެސް އަންގާރަ ދުވަހު އެގައުމުގައި ޕޮޒިޓިވްވި މީހުންގެ އަދަދު ނިސްބަތުން 2020 ވަނަ އަހަރުގެ ކުރީކޮޅާއި އަޅާބަލާއިރު މަދުކަން ފާހަގަކުރެވެއެވެ. ޗައިނާގެ ސަރުކާރުން އަންނަނީ އަލަށް ކޭސްތައް ފެންނައިރަށް އެސަރަހައްދެއް ލޮކްޑައުންކޮށް އެސަރަހައްދުގެ މުޅި އާބާދީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު އެގައުމުގައި އަލަށް ވައިރަސް ޖެހިފައިވަނީ 55 މީހުންނަށެވެ. އޭގެކުރީ ދުވަސްކަމަށްވާ ހޯމަ ދުވަހު 103 މީހުންނަށް ވަނީ އަލަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ.

ޗައިނާގައި މިހާތަނަށް އައިއިރު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 87،591ށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދުވަނީ 4634ށް އަރާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު