Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަން ވެކްސިން ޖެއްސެވުން

ޖޯ ބައިޑަން ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި

78 އަހަރުގެ ބައިޑަން ހިމެނެނީ މި ބައްޔަށް "ހައި-ރިސްކް" މީހުންގެ ތެރޭގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ޖެނުއަރީ 2021 | އަންގާރަ 08:29
އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ފައިޒަރ-ބަޔޮންޓެކް ވެކްސިން ޖައްސަވަނީ

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ފައިޒަރ-ބަޔޮންޓެކް ވެކްސިން ޖައްސަވަނީ

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ކޮވިޑް-19 ވެކްސިންގެ ދެވަަނަ ޑޯޒް ޖައްސަވައިފިއެވެ.

އެގޮތުން އެމެރިކާގެ ރައްޔިތުންނަށް ފައިޒަރ-ބަޔޮންޓެކް ވެކްސިންގެ ރައްކާތެރިކަން ޔަގީންކޮށްދެއްވުމަށް ޖޯ ބައިޑަން އެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނީ ޑިސެމްބަރު މަހުގައެވެ. ބައިޑަންގެ ވާއަތަށް ވެކްސިން ޖައްސަވާފައިވާއިރު، މިކަން ކޮށްފައިވަނީ ޑެލަވެއަރ ސްޓޭޓްގެ ނިވާކްގައި ހުންނަ ކްރިސްޓިއާނާކެއަރގެ ކްރިސްޓިއާނާ ހޮސްޕިޓަލުގައެވެ.

78 އަހަރުގެ ބައިޑަން މި ބައްޔަށް "ހައި-ރިސްކް" ކެޓަގަރީގައި ހިމެނޭއިރު، އެ މަނިކުފާނު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވި މަންޒަރު ލައިވްކޮށް ބްރޯޑްކާސްޓް ކޮށްފައިވާއިރު ދެވަނަ ޑޯޒް ޖައްސަވާ މަންޒަރު ވެސް ވަނީ އާއްމުންނާ ހިއްސާ ކުރައްވާފައެވެ.

އެމެރިކާގެ ސިޔާސީ ގިނަ ފަރާތްތަކެއް ދަނީ ކޮވިޑް-19 ވެކްސިން ޖަހަމުންނެވެ. އެގޮތުން އެގައުމުގައި ނައިބް ރައީސް މައިކް ޕެންސް ގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ނެންސީ ޕެލޯސީ ވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައެވެ.

ޖެނުއަރީ 20 ގައި ބައިޑަން ރައީސްކަމާ ހަވާލުވަޑައިގަންނަވާއިރު، އެންމެ ބޮޑު އިސްކަމެއް ދެއްވަން ލިސްޓް ކުރައްވާފައި ހުރި ކަންތައްތަކުގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރަން ކުރެވެން ހުރި މަސައްކަތްތައް ހިމެނެއެވެ. މީގެ ތެރޭގައި، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 50 މިލިއަން މީހުންނަށް ވެކްސިން ޖެހޭވަރަށް 100 މިލިއަން ޑޯޒް ބެހުން ހިމެނެއެވެ.

އެމެރިކާއަކީ ދުނިޔޭގައި ކޮވިޑް-19 އެންމެ ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ގައުމަށް ވީއިރު އެގައުމުގައި ކޮވިޑް ޖެހިގެން މިހާތަނަށް 3،74,500ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

ޗެކް ރިޕަބްލިކްގެ މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ

27 ޖެނުއަރީ 2018
ޗެކް ރިޕަބްލިކްގެ މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ
28 ޑިސެމްބަރު 2017

ސޫދާނުގެ ރައީސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލު ކުރުމަށް އެންގި އެންގުމަށް ތުރުކީގެ ރައީސް ޖޯކު ޖައްސަވައިފި

28 ޑިސެމްބަރު 2017
ސޫދާނުގެ ރައީސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލު ކުރުމަށް އެންގި އެންގުމަށް ތުރުކީގެ ރައީސް ޖޯކު ޖައްސަވައިފި
28 ޑިސެމްބަރު 2017

ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ

28 ޑިސެމްބަރު 2017
ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ
26 ޑިސެމްބަރު 2017

ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: މިހާރުގެ ނައިބް ރައީސްއާ ދެކޮޅަށް ކުރީގެ ފުޓްބޯޅަ ތަރި

26 ޑިސެމްބަރު 2017
ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: މިހާރުގެ ނައިބް ރައީސްއާ ދެކޮޅަށް ކުރީގެ ފުޓްބޯޅަ ތަރި
19 ޑިސެމްބަރު 2017

ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރިޔާސީ ދެވަނަ ދައުރަކަށް ސެބަސްޓިއަން ޕިނޭރާ އިންތިޚާބުވެއްޖެ

19 ޑިސެމްބަރު 2017
ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރިޔާސީ ދެވަނަ ދައުރަކަށް ސެބަސްޓިއަން ޕިނޭރާ އިންތިޚާބުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު